Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އިދިކޮޅުގެ ޖަލްސާ ބާއްވަން ހުއްދައެއް ނުނަގާ: އެޗްޑީސީ

އިދިކޮޅުގެ ޖަލްސާ ބާއްވަން ހުއްދައެއް ނުނަގާ: އެޗްޑީސީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ހުއްދައެއް ނަގައިފައި ނުވާ ކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އެއްވެސް ސަރަޙައްދެއްގައި ހަރަކާތެއް ހިންގޭނީ އެ ކޯޕަރޭޝަންގެ ހުއްދަ ހޯދައިގެން ކަމަށާއި ޕީޕީއެމްއިން ކުރިއަށް ގެންދަން ނިންމައިފައިވާ ހަރަކާތަށް އަދި ހުއްދަ ނުނަގާ ކަމަށެވެ.

އުސޫލުގެ ތެރެއިން ހަރަކާތް ހިންގަން ކޮންމެ ފަރާތަކަށް ވެސް ހުއްދައަށް އެދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

އެނގިފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގައިފައެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅުގެ ފަރާތުން "ކޮތަރުކޮށި" ނަމުގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފައިވާ ކަމަށާއި އެ ޖަލްސާ އޮންނާނީ ހިޔާ ފްލެޓްތަކުގެ މެދުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް