ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އަހަންނާ.. އިންނަން ކެރޭނެތަ؟.." ހިތަށް ވެރިވި ބަސްތައް ރުހައިމްއަށް ދުލުން ބޭރުކޮށްލެވުނީ އެއްވެސް ވިސްނުމެއް ނެތިއެވެ. ރުހައިމްގެ ސުވާލާއެކު މުސްކާން ލައިލައިހުރި ނޭވާ ހީވީ ތާށިވީހެންނެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައީ ކުއްލިއަކަށެވެ.

Ads by STELCO

ބަސްހުއްޓިފައި މުސްކާން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލައިފައިވެސް އޭނާއަށް އެހިތްވަރެއް ނުލިބުނެވެ. ރުހައިމްއަށް ބަލަން އިންދައި އޭނާ މުސްކާންގެ ނަމުން މަޑުމައިތިރި ރާގަކަށް ގޮވައިލިއެވެ. ބުނެވުނު އެއްޗެއް އޭނާއަށްވެސް އިހުސާސުވީ ފަދައެވެ. ނުވިސްނައި ބުނެވުނު އެއްޗަކުން މުސްކާން ހިތްހަމަނުޖެހުނީ ކަމުގައި ރުހައިމް އަށް ހީވިއެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް އޭނާގެ މޫނުމައްޗަށް ވެރިވީ މުސްކާންގެ ޚަބަރެއް ނުވުމުންނެވެ.

"އައި އެމް ސޮރީ.. އަނެއްކާ މުސްކާންގެ ހަޔާތުގަ ޚާއްސަ ކުއްޖަކު ހުރީތަ؟ އަހަންނަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއް ދޯ.." ދެމެދަށް ވެރިވެފައިއޮތް ނުތަނަވަސްކަން ފިލުވައިލަން ރުހައިމް މަސައްކަތް ކުރިއެވެ.

"ނު... ނޫން... އެހެންނެއް ނޫން.." ތުރުތުރުއަޅަމުންދިޔަ ދެއަތްތިލަ ޖޯޑު ކޮށްލަމުން މުސްކާން ބުންޏެވެ.

"ދެން ކީއްވެ އެއްޗެކޭ ނުބުނީ؟ އަހަންނަކީ މީހަކު ކައިވެނިކުރަން ބޭނުންވާނެފަދަ ޒުވާނެއް ނޫން ދޯ.. ކާކު ބޭނުންވާނީ ދެލޮލަށް ނުފެންނަ.."

"ހައިމް ޕްލީޒް.. ތިހެން ނުބުނޭ.. ހައިމް ތީ ކޮންމެ އަންހެންކުއްޖަކުވެސް އުފަލުން ގަބޫލުކުރާނެފަދަ ޒުވާނެއް.." ރުހައިމްގެ ވާހަކަތައް ހުއްޓުވަމުން އަވަސް އަވަހަށް މުސްކާން ވާހަކަދެއްކިއެވެ.

"މުސްކާން ވެސްތަ؟" ލާނެތް ރާގަކަށް ރުހައިމް އަހައިލިއެވެ.

"ދެން ތި ވާހަކަ ބާއްވަބަލަ.. ހައިމްގެ ދިރިއުޅުމުގަ އެއްވެސް ޚާއްސަ ކުއްޖަކު ނެތްތަ؟" ލަދުގަތްވަރުން މުސްކާން ބޭނުންވީ އަވަހަށް މައުޟޫ ބަދަލުކޮށްލާށެވެ. އެކަން ވިސްނުނު މީހަކު ފަދައިން ރުހައިމް ލުއިކޮށް ހިނިތުންވެލިއެވެ.

"ދޮގު ހަދާކަށް ނެތިން.. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު ހުރޭ.. އެކަމަކު.."

"އެކަމަކު.." ހިތް އަވަސްވެފައި އިނދެ މުސްކާން ބުނެލީ ރުހައިމް އެހިސާބުން ވާހަކަ މެދުކަނޑައިލުމުންނެވެ.

"އެކަމަކު.. އަހަންނަކަށް ދުވަހަކުވެސް ދެން އެލޯތްބެއް ނުލިބޭނެ.. އަހަރެން އެކުއްޖާދެކެ އިންތިހާއަށް ލޯބިވިއަސް.. އައި ލޮސްޓް ހަރ ފޯރއެވަރ މުސްކާން.. މިލޯތްބަށް އިއުތިރާފުވެސް ނުވެވެނީސް.. އެކުއްޖެއްގެ އެއްވެސް މައުލޫމާތެއް އަހަންނަކަށް ނޭނގޭ.. ހޯދާނެ ފުރުސަތެއްވެސް ނުލިބެނީސް އަހަރެން މިއަދު މިހުރީ ނުކުޅެދޭ މީހަކަށްވެފަ.. ދެން ދުވަހަކުވެސް އަހަންނާ އޭނަ ދިމާވާނެކަމެއްވެސް ނޭނގެ.." ރުހައިމްގެ އަޑުގައިވި ހިތްދަތިކަމުން މުސްކާންގެ ހިތަށް އަސަރުކުރިއެވެ. އިވުނު ވާހަކަތަކުން އިތުރަށް ހިތް ޒަޚަމްވުން ނޫންހެންކަމެއް ނުވިއެވެ. އެހިތުގެ މިލްކުވެރިއަކީ އޭނާ ނޫންކަން ޔަގީންވުމުން ހިތަށް އިންތިހާއަށް ތަދުވިއެވެ. ހިތަށް ވިސްނައިދޭން އުޅުނަސް އެހިތް ދިޔައީ ގިސްލައި ރޮމުންނެވެ. ރުހައިމްގެ ހިތާ ހަމައަށް އޭނާއަށްވުރެ ކުރިން އެހެން ކުއްޖަކުވަނީ ވާސިލް ވެފައެވެ. ކިތަންމެ ބޭނުންވިއަސް އެއީ ބަދަލުނުކުރެވޭނެ ހަގީގަތެކެވެ. އުނގުމަތީގައި އޮތް ދެއަތްތިލަ މުށްކަވައިލެވުމާއެކު އެވާހަކަ ނުދެއްކުނު ނަމައޭ މުސްކާންގެ ހިތަށް އެރިއެވެ.

ފޯނުގެ ސްކްރީނުން ގަޑި ބަލައިލަމުން ގެއަށްދަނީ ކަމުގައިބުނެ އިންތަނުން މުސްކާން ތެދުވިއެވެ. ފަނޑު ހިނިތުންވުމަކާއެކު ރުހައިމް ބޯޖަހައިލީއެވެ. ވަކި ހިސާބަކަށް މުސްކާންއަށް ދެވުނުތަނާ، އޭނާގެ ނަމުން ރުހައިމް ގޮވައިލުމުން، މުސްކާން ހުރި ފިޔަވަޅުމަތީގައި ހުއްޓި މަޑު ހޫން އެއް ލައްވައިލިއެވެ.

"ތިދަނީ އަހަރެންގެ ސުވާލަށް ޖަވާބު ނުދީއެއްނު.." މުސްކާންގެ އަޑުއައި ދިމާއަށް ކަޅި ހިންގައިލަމުން ރުހައިމް ބުނެލިއެވެ.

"ކޮން ސުވާލެއް.." ނިތަށް ރޫއަރުވައިލަމުން މުސްކާން އަހައިލީ ހަގީގަތުގައިވެސް ރުހައިމް ބުނި އެއްޗެއް ނުވިސްނިގެންނެވެ.

"މުސްކާންގެ ކިބައިން އަހަރެން ކައިވެންޏަށް އެދުނީ މަޖަލަކަށް ނޫން.. އެއީ ހަގީގަތުގަވެސް ސީރިއަސްކޮށް ބުނި އެއްޗެއް.. އަހަންނަށް ކޮންމެވެސް ޖަވާބެއް ދޭނެކަމުގަ ހީކުރިން.." ޖެހިލުންވިއަސް އެކަން ފައުޅުވިޔަކަ ރުހައިމް ނުދެއެވެ. އެވަގުތު މުސްކާންގެ މޫނަށް އަރައިފައިބާނެ ކުލަވަރު ފެންނާނެ ނަމައޭ ރުހައިމްގެ ހިތަށް އެރިއެވެ. އެހެނަސް އެއީ އޭނާއަށް ލިބޭނެ ނަސީބެއް ނޫންކަން ވިސްނުމާއެކު ރުހައިމް އިސްޖަހައިލިއެވެ.

"އަހަރެން... ވިސްނާލަން.. ކުޑަ ވަގުތުކޮޅެއް ބޭނުންވޭ..." ހިންދިރުވައިލަމުން މުސްކާން ބުނެލީ އަޅައަޅައިގަންނަމުންނެވެ. "އެންމެ ރަނގަޅު.. މުސްކާންއަށް އެއްވެސް މަޖުބޫރުކަމެއް ނެތް.. އަހަރެން މުސްކާންގެ ޖަވާބަކަށް އިންތިޒާރު ކުރާނަން.." ބޯޖަހައިލަމުން ރުހައިމް ހަދިޔާކޮށްލީ ފަނޑު ހިނިތުންވުމެކެވެ.

ރުހައިމް އޮތް ކޮޓަރީ ތެރެއިން ނުކުމެވުމާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން މޭގައި މަޑުމަޑުން މުސްކާން ފިރުމައިލިއެވެ. ކުރިއަށް ހިނގައިގަތްއިރު އެދެމެދުގައި ދެކެވުނު ވާހަކަތައް މުސްކާންގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. ރުހައިމްގެ އެދުން ގަބޫލުކުރަންވީ ތޯ އަމިއްލަ ނަފުސާ އެނާ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ. އެހިތުގައި ރުހައިމްއަށްޓަކައި އޮތް ޖަޒުބާތުތައް ގޮވަމުންދިޔައީ ރުހައިމްގެ އެދުން ގަބޫލުކޮށް އޭނާއާ ކައިވެނިކުރުމަށެވެ. ދެފަރާތަށް ބޯހޫރައިލެވުމާއެކު މުސްކާންއަށް ނިތުގައި އަތްހިންގައިލެވުނީ ބޮލަށް ބާރުކުރަމުންދިޔަ ވަރުންނެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނިދަން އުނދަގޫވެފައި އޮތް މުސްކާން މަޑުމަޑުން އެނދުން ތެދުވިއެވެ. ކަރުހިއްކައި ގަނެފައި ހުރުމުން އެނދުގެ އެއްއަރިމަތީގައިހުރި ކަބަޑު މަތީގައިހުރި ފެންފުޅިއަށް މުސްކާން ބަލައިލިއެވެ. ފުޅީގެ މެދަކާ ހަމައަށް ފެން ހުއްޓެއްކަމަކު އެވަގުތު މުސްކާންގެ ހިތް އެދުނީ ފިނި ފެންފޮދެއް ބޯލުމަށެވެ. ސިކުނޑިވެސް އޭރުން ތާޒާވެދާނެ ކަމުގައި އޭނާގެ ހިތް ބުނެލިއެވެ.

ބުރުގާ ބޮލަށް މަހައިލުމާއެކު ކޮޓަރިން މުސްކާން ނުކުތީ ދެފަރާތަށް ނަޒަރު ހިންގައިލުމަށްފަހުއެވެ. ކުދިކުދި ފިޔަވަޅުތަކެއްގައި އައިސް ބަދިގެއަށް ވަންނަމުން ލައިޓްތައް ދިއްލައިލިއެވެ. އަލަމާރީ ތެރެއިން ފިނި ފެންފުޅިއެއް ނެގުމާއެކު ތައްޓަކަށް ފެންފޮދެއް އަޅައިލިއެވެ. އެވަގުތު ފަހަތުން މީހަކު އޭނާގެ ހަށިގަނޑުގައި ބާރަށް ބައްދައިގަތެވެ. ލިބުނު ސިހުމާއެކު މުސްކާންގެ އަތުން ބިއްލޫރި ފުޅި ދޫވެ ތަށިމުށިގަނޑު މަތީގައި ޖެހުމާއެކު ތަޅައިގެންދިޔައެވެ. ބާރު އަޑުފަށްގަނޑާއެކު މުޅި ގޭތެރެވެސް ގުގުމައިގެން ދިޔަފަދައެވެ.

މަސްތުގެ ހާލުގައިހުރި ލުހާމްއަށް އެއިން އަޑެއް ނީވޭ ކަހަލައެވެ. އޭނާ ގަދަހަދަމުންދިޔައީ މުސްކާންގެ ހަށިގަނޑުން ކުޑަނަމަވެސް އުފަލެއް ލިބޭތޯއެވެ. ދެލޮލަށް ކަރުނަތައް ޖަމާވުމާއެކު ލުހާމްގެ ނަމުން ގޮވައިލަމުން މުސްކާން އާދޭސްކޮށްލިއެވެ. އެހެނަސް ބަދިގޭގައިހުރި ކުޑަ ކައުންޓަރާލައި މުސްކާން ފިއްތައިލުމާއެކު ގަދަކަމުން އޭނާގެ ބުރުގާ ލުހާމް ބޭލުވިއެވެ. އަދި ޝިކާރައަކަށް ދަހިވެތިވެފައިހުރި ސިންގާއެއް ފަދައިން މުސްކާންއަށް ހަމަލާއަކަށް ފަހު ހަމަލާއެއްދޭން ފެށިއެވެ. މުސްކާންގެ ދެއަތުގައި ހިފައި ބާރުކޮށްލުމާއެކު އެއޮމާން ކަނދުރާގައި ލުހާމް ބޮސްދިނެވެ. ދުވި މީރުވަހުން އޭނާގެ މުޅި ނަފުސަށްވެސް ހަމަޖެހުން ލިބިގެންދިޔައެވެ. ތެޅިގަންނަމުން އުޅަނބޮށީކޮޅުން ލުހާމްގެ ބަނޑުގައި ވިއްދުމަށްފަހު ދުރަށް ކޮށްޕައިލަން މުސްކާން މަސައްކަތް ކުރިއެވެ.

"ދެން އިތުރަކަށް ކެތެއްނުވާނެ.." އެއްއަތުން މުސްކާންގެ ދެއަތް ހިފަހައްޓައިލަމުން އަނެއް އަތުން ލުހާމް އުޅުނީ މުސްކާންގެ ހެދުން މައްޗަށް ހިއްލޭތޯއެވެ. ނޫނެކޭ ކިޔައި ބާރަށް ހަޅޭއްލަވައި ގަނެވުމާއެކު މުސްކާންއަށް ރޮވުނީ ގަނެފައިހުރި ބިރެއްގެ ސަބަބުންނެވެ. މުސްކާންގެ ބާރު ހަޅޭކާއެކު ދުވެފައި ކަހަލަ ގޮތަކަށް ޒުލޭހާ އައިސް ބަދިގޭ ދޮރުމައްޗަށް އެރިއެވެ. ލުހާމްހެ ނަމުން ބާރަށް ގޮވައިލަމުން އޭނާ ބަލާކަށްނުހުރެ އައިސް ފަހަތުން ލުހާމްގެ ގައިގައި ބާރަށް ތަޅައިގަތެވެ. ޒުލޭހާގެ ޒީލަގަދަ އަޑުއިވުމުން ލުހާމަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. މުސްކާންގެ ގައިން ދޫކޮށްލަމުން ލުހާމް އިސްދަށަށް ޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. ލުހާމްގެ އަތްދަށުން މިނިވަންވުމާއެކު ތިރިއަށް ވެއްޓިފައިއޮތް ބުރުގާ ނަގައި އަވަހަށް މުސްކާން އެޅިއެވެ. އޭރު ބަދިގޭ ދޮރުމަތީގައި ދެލޯ ބޮޑުކޮށްލައިގެން އެދިމާއަށް ބަލަން ދީމް ވެސް ހުރީ ގަބޫލުނުކުރެވިފައެވެ. ލުހާމް އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގައިފާނެ ކަމަކަށް ކުޑަކޮށްވެސް އޭނާ ހިއެއްނުކުރެއެވެ.

"ލުހާމް ކަލޭ މޮޔަވީތަ؟" ރުޅިއައިސްގެންގޮސް ޒުލޭހާ ތުރުތުރުއަޅަމުން ދިޔައެވެ. ތަންކޮޅެށް ދުރަށް ވެއްޓި ތެޅިފައިއޮތް ބިތްލޫރި ފުޅިން ފެށިގެން އެތަނަށް ވެރިފައިހުރި ފެންތަކަށް ދާންދެން ޒުލޭހާ ނަޒަރު ހިންގައިލިއެވެ.

"ދަ..ދައް..ތާ.. ލުހާމް.. އަހަ.. އަހަރެން.." ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ އުޅުނަސް މުސްކާނަށް އެކަން ކާމިޔާބެއް ނުވިއެވެ. އަޑުގައިވި މަޑު ތުރުތުރާއެކު ނަފުސަށް ލިބިފައިވި ސިހުމުގައި އޭނާ ބިރުންގޮސް ރޫރޫއަޅަމުންދިޔައެވެ. ދެލޮލުން ހޫނު ކަރުނަތައް ފައިބަމުންދިޔައިރު ދުލުން ބަޔާންކުރަން ނުކުޅެދުނު ވާހަކަތައް އެކަރުނަތައް ހާމަކޮށްދޭ ކަހަލައެވެ. އޭނާގެ އެއްވެސް ކުށެއްނެތްކަމުގައި ބުނުމަށް ހިތްއެދެމުންދިޔައެވެ. ޒުލޭހާ ކިޔައިފާނެ އެއްޗަކާ މެދު މުސްކާނަށް ވިސްނެމުން ދިޔައީ އިންތިހާއަށެވެ. މުސްކާންގެ ހާލު ފެނި ފުރަތަމަ ފަހަރަށް ދީމްގެ ހިތް ހަމްދަރުދީވާގޮތް ވިއެވެ. މުސްކާން ހުރި ފަދަ ހާލެއްގައި އޭނާ ހުރި ނަމަ ޚުދު އޭނާއަށްވެސް ވާނީ އެފަދަ ގޮތެއްކަމުގައި ވިސްނުނެވެ. މުސްކާނާ މެދުގައި އޭނާއަށް ކަންތައްކުރެވިފައިވި ގޮތާމެދު ވިސްނައިލެވުމުން ތުންފިއްތައިލަމުން ދީމް އިސްޖަހައިލިއެވެ.

"ހޫން.. ކަލޭ ނުބުންޏަކަސް އަހަރެންގެ ދެލޮލަށް ފުނުނޭ.. މީ ހުސް ކަލޭގެ ކަންތައް.. މަގޭ ދަރި ވާވައްދައި އެސޮރުގެ ހިތް ގޯސްކުރި މީހަކީ ކަލޭކަން ޔަގީން.. ފިރިހެނުން ކުރިމަތީ ތިއްތި ދައްކަން އުޅެންޏާ މިހުރިހައި ކަމެއްވެސް ވާނެ.. ކަލޭގެ ސުންޕާކަމުން މަގޭ ދަރިންވެސް ހަލާކުވަނީ.." އަލިފާނުގެ ބެލުމަކުން މުސްކާނަށް ބަލައިލަމުން ޒުލޭހާ ހަޅޭއްލަވައިގަތެވެ. ޒުލޭހާގެ ބަސްތަކާއެކު ލުހާމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މާކުރިންވެސް ޒުލޭހާ އޭނާ ކުށްވެރިނުކުރާނެކަން ލުހާމަށް ޔަގީންވެއެވެ. ބޭނުންކޮށްފައިވާ ޑްރަގްސްގެ ސަބަބުން އެއްހަމައެއްގައި ހުންނަން އޭނާއަށް ދަތިވެފައިވިއެވެ. ދެފަރާތަށް އެއްލެމުން ދިޔައިރު ޒުލޭހާ އޭނާގެ އަތުގައި ހިފައިލައިގެން ހުރީ ލުހާމް ވެއްޓިދާނެތީ ވިސްނައިގެންނެވެ.

"ނު..ނޫން.. ދައްތާ.. އަހަ.."

"ހުއްޓާލާ... ތި މުޑުދާރު އަނގައިން އެއްވެސް އެއްޗެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން.. ކަލޭ އައުމުގެ ކުރިން އަހަރެންގެ ލުހާމަކީ ނުލާހިކު ހެޔޮވިސްނޭ ރަނގަޅު ކުއްޖެއް... ކަލޭ މުޅިން އެސޮރު މަގުފުރައްދައިފި... ބޮޑު އުނދަގުލެކޭ.. އެންމެ ހިނދުކޮޅަކުވެސް މިގޭގަ ތި ސުންޕާގަނޑު ހުންނާކަށް އަހަރެން ބޭނުމެއްނޫން.. އުޅޭނެ ތަނެއް ހޯދައިގެން މިތަނުން ދާން އުޅޭ.. އަހަންނަށް ހެޔޮ ކަލޭ މަގުމަތިވިއަސް.. ތި މުސީބާތުން އަހަންނާ އަހަރެންގެ އާއިލާ ސަލާމަތްކުރަން ބޭނުމީ.. ހަނދާން ކުރާތި.. މިއިން އެއްވެސް ވާހަކައެއް މުހުސިނާ ހަމައަށް ގޮސްފިނަމަ އަހަރެން ކަންތައްކުރާގޮތް މާރީއްޗެއް ނުވާނެ.. ދެންވެސް އިތުރު ބޮނޑިއެއް ނުބޮވެނީސް މިތަނުން ރައްކާވާން އުޅޭ... އައި ގޮތަކަށް މިގެއިން ދާކަށްވެސް އުޅުނު އެއްޗެއް ނޫނޭ މީކީ.. މަގޭ ދަރި ހައްލައިފަ އަދި ހިތުން އެސޮރު ކުށްވެރިކުރަން އެބައުޅެއެއްނު.." ޒުލޭހާގެ އިހާނެތި ބަސްތައް އަޑުއެހުން މުސްކާނަށްވީ ބޮޑު ވޭނަކަށެވެ. ރައްކައުތެރިކަމަށް އެދި ދާނެ އެއްވެސް ތަނެއް އޭނާގެ ނެތެވެ. މިއަދު އަޅައިލަން ހުރި މީހަކީވެސް ޒުލޭހާއެވެ. އެހެނަސް އޭނާއަށްވެސް މުހިންމުވީ އަނިޔާ ލިބުނު ފަރާތަށްވުރެ އަނިޔާވެރިވި ފަރާތެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެއީ އޭނާގެ ދެލޮލުގެ ކޮއެ ފަދަ ލޯބިވާ ދަރިވިއްޔާއެވެ. އެގޭގެ ހަތަރުފާރު ތެރެއިން އޭނާ އަށް ދެން އެއްވެސް ހިމާޔަތެއް ނުލިބޭނެކަން ވިސްނުނު ހިނދު މުސްކާންގެ ހިތް ފަޅައިގެންދިޔަ ކަހަލައެވެ. އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުމާއެކު މީހަކަށް ބަލައިލުމެއްވެސް ނެތި އެތަނުން ނުކުންނަން އޭނާ ދުއްވައިގަތެވެ. ދޮރުމަތީގައިހުރި ދީމް އެއްފަރާތަކަށް ޖެހިލީ މުސްކާނަށް ތަންދެއްކުމުގެ ގޮތުންނެވެ. އޭރު ކަންބޮޑުވުން އެމޫނުން ސާފުކޮށް ފައުޅުވާން ހުއްޓެވެ. ޒުލޭހާއަށް އޭނާ ބަލައިލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ފުރަތަމަ ފަހަރަށް މުސްކާންއާ މެދުގައި އޭނާއަށް ފުންކޮށް ވިސްނައިލެވުނެވެ.

ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތުމާއެކު ގިސްލަގިސްލައިފައި މުސްކާނަށް ރޮއެގަނެވުނެވެ. މިއަދު އެކަރުނަތަކަށް އެއްވެސް ނިމުމެއް ނެތެވެ. ހިތުޖެހިފައިވީ އެއަށްވުރެ ބޮޑަށެވެ. އެކަނިވެރިކަން ހަފަރާތުން ވަށައިލުމާއެކު ލޯބިވާ މައިންބަފައިންމަތިން އޭނާ ހަނދާންވާގޮތް ވިއެވެ. އެމީހުން ދިއައިރު އޭނާވެސް ނުގެންދިޔައީ ކީއްވެ ހެއްޔެވެ؟ މި އަނިޔާވެރި ދުނިޔެއަށް އޭނާ ބިކަވެ ގިނަވާން ދޫކޮށްލީ ކީއްވެހެއްޔެވެ؟ އޭނާގެ އޮތީ ކޮން ކުށެއްހެއްޔެވެ؟ ކައިރީގައި އޮތް ބާލީހުގައި ހިފައި މުސްކާނަށް ބާރުކޮށްލެވުނެވެ. ޒުލޭހާގެ ބަސްތައް އެހިތް މުޅިން ކޮށައި ފޮތިފޮތި ކޮށްފިއެވެ. އެފަދަ ދަށުދަރަޖައަކަށް އޭނާ ވައްޓައިލަންވީ ކީއްވެކަމެއް މުސްކާންއަކަށް ނުވިސްނުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް އެގޭގައި ދެން އޭނާއަކަށް ކެތެއްނުވާނެއެވެ. މަގުމަތިވިއަސް ހެޔޮކަމަށް އެގެއިން ނުކުންނަން މުސްކާންގެ ޟަމީރު ގޮވައިލިއެވެ. އެގޭގެ ހަތަރު ފާރުތެރޭގައި އޭނާއަށްވީ ހަމައެކަނި އަނިޔާއެވެ. ކަރުނައާއި ހިތްދަތިކަމެވެ. އެކަނިވެރިކަމާއި ބިރުވެރިކަމެވެ. އިންސާނަކަށްވީތީ އޭނާއަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް ނޫންހެއްޔެވެ؟ އެވަގުތު ރުހައިމްގެ ބަސްތައް މުސްކާންގެ ސިކުނޑީގައި ގުގުމައިގަތެވެ. ކޮންމެ ގޮތެއްވިއަސް ހެޔޮކަމަށް ރުހައިމްއަށް އާނބަސް ބުނުމަށް މުސްކާންގެ ހިތާއި ނަފުސު އެހިނދު ނިންމިއެވެ. އޭނާއަށް އޮތީ ﷲ އަށް ވަކީލުކޮށްލުމަށްފަހު ކުރިއަށް ދިއުމެވެ. އަބަދުވެސް އޭނާގެ މައްޗަށް ރައްކައުތެރިވާނެ ފަރާތެއްކަމުގައި އޭނާގެ ވެރި ރައްބު ވޮޑިގެންވެއެވެ.

* * * * *

"އަހަރެން ގޮތެއް ނިންމައިފިން.." ރުހައިމް ގާތުގައި އިން މުސްކާން ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ. "އަހަރެން މީނީ އަޑުއަހަން.." ބޯޖަހައިލަމުން ރުހައިމް ވެސް ބުނެލީ ހަމަ އެހައި މަޑުންނެވެ.

"އަހަރެން.. ހައިމްއާ.. އިންނަން ޤަބޫލު.." އިސްޖަހައިލުމާއެކު މުސްކާން ބުނެލިއެވެ. އެއަޑު އިވިފައި ރުހައިމްގެ އަވަސްވަމުން އައި ހިތަށް ލިބުނީ ފިނިކަމެވެ.

"ޔަޤީންތަ؟ ތީ އެންމެ ފަހުގެ ނިންމުންތަ؟" ރުހައިމް އަހައިލީ އިތުރަށް ޔަޤީންކުރަން ބޭނުންވެފައި އިނދެއެވެ. މަޑު ހޫމް އެއް ލައްވައިލުމާއެކު މުސްކާނަށް ރޮވުނީ އިތުރަށް ކެތްކުރަން ދަތިވެގެންނެވެ. ގިސްލަގިސްލައިފައި މުސްކާން ރޯންފެށުމުން ރުހައިމް ކަންބޮޑުވާގޮތްވިއެވެ. ތަކުރާރުކޮށް ކިހިނެއްވީތޯ އޭނާ ސުވާލުކުރަމުންދިޔައެވެ. އެހެނަސް ދުލުން އެންމެ ލަފުޒެއްވެސް ބޭރުކޮށްލަން ނުކުޅެދިފައި މުސްކާން އިނީއެވެ. އެތައްފަހަރަކު އެތައް ގޮތަކަށް ރުހައިމް އާދޭސްކުރުމުން އެންމެ ފަހުން ހިތްވަރުކޮށްފައި ރޭގެ ހާދިސާ މުސްކާން ކިޔައިދިނެވެ. އޭރުވެސް އެހިތަށް ލިބިފައިވި ސިހުން އެއްކޮށް ފިލައިނުދެއެވެ. ޒުލޭހާގެ ރަހުމުކުޑަ ބަސްތައް ހަނދާންވުމާއެކު މުސްކާން އިތުރަށް ހިތުޖެހޭގޮތްވިއެވެ. އެވާހަކަތައް އަޑުއަހަންއިން ރުހައިމްއަށް ދަތްކުނޑި ވިކައިލުމާއެކު މުށްކަވައިލެވުނެވެ. ދެބުމަގޮށްޖެހުމާއެކު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފައުޅުވެލިއެވެ.

"ދެން އެންމެ ދުވަހަކު ކީއްކުރަން، އެންމެ ހިނދުކޮޅަކުވެސް ތިފަދަ އަނިޔާވެރި ތަނެއްގަ މުސްކާން ހުންނާކަށް އަހަންނަކަށް ނުރުހެވޭނެ.. އެއްވެސް ކަމެއް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން.. އަންނަ ހަފުތާގަ އަހަރެން ހޮސްޕިޓަލުން ދޫކޮށްލާނޭ ދޮންބެ ބުނި.. އޭގެ ކުރިންވެސް ހަމަޖައްސަންޖެހޭ ހުރިހައި ކަމެއް ނިންމޭތޯ އަހަރެން ބަލާނަން.. އިރާދަ ކުރެއްވިއްޔާ ވީ އެންމެ އަވަހަކަށް އަހަރެމެންގެ ކައިވެނި ކުރެވޭނެ.. އެދުވަހަކަށް ތައްޔާރުވެގެން މުސްކާން ހުރޭ.. ތިނަރަކައެއްފަދަ ތަނުން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން މުސްކާން ސަލާމަތްކުރާނަން.." ރުހައިމްގެ އަޑުގައިވީ އަޖައިބެއްފަދަ ސާބިތުކަމެކެވެ. އެއަޑުއިވިފައި މުސްކާންގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ކަރުނައިގެ ތެރެއިން ރުހައިމްގެ މޫނަށް ބަލަން އިންއިރު، މުސްކާންގެ ހިތުގެ ތެޅުން ހިނދެއް ހިނދަކަށް އަވަސްވަމުން އައިކަންވެސް އޭނާއަށް އިހުސާސުނުވިއެވެ.

* * * * *

މާޔޫސްވީމާ މޫނުން އެނގޭނީ...

ދީވާނަ ވާކަން އިންސާނުން އެނގޭނީ...

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދޭނީ...

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ...

* * * * *

(ނުނިމޭ)

  1. ޭސަންމަ

    ޢަޅޭ… ހަާދަ ރީއްޗޭ… ކިޔާހިތުން އިންދަ އެނިމުނީ… ނެކްޓް ޕާޓް ކޮން ދުވަހަކުން…. ❤

  2. ާައައިސާ

    ވަރައް ވަރައް ރީތި ވާހަކައެއް ވަރައް ފުރިހަމަ….

  3. ވަރަށް ރީތި ވާހަކައެކެވެ.

  4. ސާޔާ

    ވަރަށް ރީތި