ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި

ރާއްޖެއަށް މިދުވަސްކޮޅު ކުރަމުން އަންނަ ވިއްސާރައިގައި ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ގަޑިއަކު 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ 16:00އިން 22:00އާ ހަމައަށެވެ.