Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޭސީސީގެ މެންބަރުން ޖަވާބުދާރީވާން 5 ދުވަސް

އޭސީސީގެ މެންބަރުން ޖަވާބުދާރީވާން 5 ދުވަސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ހުށަހެޅި މައްސަލައިގައި އެ ކޮމިޝަންގެ މެންބަރުން ޖަވާބުދާރީ ވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަަދު ފަސް ދުވަހުގެ މުހުލަތެއް ދީފިއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް އެ ކޮމިޓީން ފާސް ކުރުމުން، ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ގަވާއިދުގައި އޮންނަ ގޮތަށް އެކަން އިއުލާންކޮށްފައެވެ.

އެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ނިންމުމަކަށް ވީ އޭސީސީގެ މެންބަރުން ލިއުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދިނުމަށެވެ. އެއީ، އެ ނޫން ގޮތަކަށް ކުރިއަށް ގެންގޮސްފި ނަމަ ޕްރޮސެސް މާ ދިގު ވެދާނެތީ ކަމަށް މެންބަރުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމުގެ އިތުރުން ، އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް