މިސްކިތަކަށް ބޮޑުކަމުގޮސް، ދެ މިސްކިތަކަށް ގެއްލުންދިން މައްސަލައެއް

އައްޑޫސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް، އެހެން ދެ މިސްކިތަކަށް ގެއްލުންދިން މައްސަލައެއްގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސްފައިވާ ކަމާއި އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދީފައިވާކަމުގެ މައްސަލައެއް މިއަދު ފަތިހު 5:45 ހައިއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ކޮމެންޓް