ޚަބަރު

އަރަބިއްޔާ ސްކޫލަށް ހުޅުމާލެއިން އިތުރު އިމާރާތެއް، މިހާރު ހުރި އިމާރާތް މަރާމާތު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި އަރަބި މަންހަޖަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ކަމަށްވާ އަރަބިއްޔާ ސްކޫލުގެ މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އެ އިމާރާތާ އެކު ހުޅުމާލެއިން އިތުރު އިމާރާތެއް ކަނޑައަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

އަރަބިއްޔާ ސްކޫލް މިހާރު ހިންގާ އިމާރާތުގައި ރެނދުލައި، އެތަން ވަނީ ނޫޅެވޭ ހާލަތަށް ހަލާކުވެފައެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރަން ނިންމައިފައެވެ.

ނަމަވެސް އަރަބިއްޔާގެ ބެލެނިވެރިން އެކަމާ ހިތްހަމަ ނުޖެހި ބުނީ، އެހެން ސްކޫލަކާ ޝެއާވާ ގޮތަށް ދަރިވަރުން ނުފޮނުވާނެ ކަމަށެވެ.

އެޑިއުކޭޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް އަރަބިއްޔާއަށް ހާއްސަ ކުރުމަށް ނިންމައިފައިވާ ކަމަށެވެ.

އަދި އަރައްބިޔާ ސްކޫލް އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް، އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަހު އިމާރާތް އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ބެހެއްޓުމަށް ވެސް ވަނީ ނިންމައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!