ޚަބަރު ސިޔާސީ

އިންޑިއާ އައުޓު ގޮވާ މީހުންގެ ކަންފަތްމަތީގައި ޖަހަންޖެހޭ: ފަލާހު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މެމްބަރު މުހައްމަދު ފަލާހު

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ ކެމްޕެއިންގައި "އިންޑިއާ އައުޓް" ގޮވާ މީހުންގެ ކަންފަތްމަތީގައި ޖަހަންޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފަލާހު މިފަދައިން ވިދާޅުވީ މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ މާލެ ސިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިންޑިއާ އައުޓު ކެމްޕެއިނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އެފަދަ ކެމްޕެއިނަކީ ތަހުޒީބު ގައުމެއްގައި ހިންގާނެ ކެމްޕެއިނެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެ މަނިކުފާނަކީ ތަހުޒީބު ބޭފުޅެއް ނޫން ކަމަށާއި ތަހުޒީބު އެ ބަސް ދަންނަ ބޭފުޅެއް ނަމަ "މޭމަތީގައި ބޮޑުކޮށް އިންޑިއާ އައުޓު ޖަހައިގެން އަތިރިމައްޗަށް ނިކުމެ" ނުހުންނަވާނެ ކަމަށެވެ.

"އެހެން ނަމަ މިރާއްޖޭގެ ރައްޔިތުންނަށް އެވަރު ބޮޑު ގެއްލުމެއް ނުދޭނެ. ނިކަން ބައްލަވާ އަޅުގަނޑުމެން 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ނަޝީދަށް ނުހައްގުން ހުކުމް ކޮށްފައި އިންޑިއާއަށް އަރުވައިލާ އިނގިރޭސިވިލާތަށް އަރުވައިލާ ބަހައްޓައިފައި ކޮމަންވެލްތުން ވަކިވާން ފާސްކުރީ" ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ ގުޅިގެން އޭރު ދަރިވަރުންނަށް ލިބެމުންދިޔަ ލޯނުތައް ވެސް ހުއްޓުނު ކަމަށެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާގެ އެތައް ކުދިންނަށް ވެސް އޭގެ ގެއްލުން ލިބުނު ކަމަށާއި މިސަރުކާރުން އަލުން ކޮމަންވެލްތާ ގުޅުނީ އެތައް މަސައްކަތެއް ކޮށްގެންކަމަށް ފަލާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް މިފެންނަނީ އެފަދަ މަންޒަރެއް ކަމަށާއި އެހެންކަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ފަދައިން އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށެވެ. އަދި އެހެން ގޮވާ ނަމަ އެފަދަ މީހުންގެ ކަންފަތްމަތީގައި ޖަހަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

"އެނޫން ގޮތަކަށް ނުހުއްޓުވޭނެ. އެކުރަން ޖެހޭނެ ކަމެއް މިހާރު. އެއީ އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކާ ގުޅުންހުރި ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ ކޮންމެ ފަދަ ބޮޑު ގެއްލުމަކަށް އެހީތެރިވާން އޮތީ އިންޑިއާ" ފަލާހު ވިދާޅުވިއެވެ.

ފަލާހު ގޮވައިލެއްވީ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް އެފަދައިން ގޮވާ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅާށެވެ.

Ads by Allied Insurance
  1. ާއަނެއްް ދިވެހިި ރާއްޖެ

    ކޮބާތޯޯ ހިޔާލުު ފާޅުކުރުމުގެެ މިިނިވަންކަންް…

  2. ޖާނޭ

    ފަލާހެއް ކަމަކު މީހުންނަށް ހަމަލަޑެން ހިތްވަރު ދިނުމަކީ ޓެރަރިޒަމް. ޤާނޫޏި ކުށެއް

  3. މުދިމްބެ

    ކަލޭ …މޫނު މަތީ ޖަހަން ވީނުން ބަކަރި…!

  4. އޮޅުވާލި ވޯޓު

    ކަލެޔަކައް މިކަމެނުހުއްޓުވޭނެ އެމްޑީޕީ ކިޔާލާދީނީ ޖަމާތުން ފާސްކުރާއެއްޓަކީ ރައްޔަތުން ބަލާގަންނައެޗެނޫން ބަކައްޓާ

  5. ބޯގަމާރު

    މިކަހަލަ އަނިޔާވެރިކަމަށް ގޮވާ މީހުން ހައްޔަރުކުރުމަށް ޕޮލިސް އެމްވީ އަށް ގޮވާލަން. މިކަހަލަ މޮޔަ ހިމާރުން މިއުޅެނީ ދީނާދުރު ޕާޓީގަ

  6. ކަންފަތް

    ފަލާހު ކަލޭ އަމިއްލައަށް ކަލޭ ކަންފަތްމަތީ ޖަހާ… ޤައުމިއްޔަތު ދަސްކުރަން ފަލާހް ޕްރީސްކޫލަށް ދާންވީނު..

  7. ގޭންގް

    ކްރައިމް ގޭންގް ގެ ގޭންގް ސްޓަރ ނުކުތީތަ؟ ތިއާލާތުންނަށް ކުރެވޭ ނީ ތިކަން! އެކަމަކު އަހަރެމެން ގައިހަ ޖަހައިފިއްޔާ ވީއްލާ ލާނީ.