ޔުނިފޯމް އެޅި ސިފައިން ތިބުމަކީ އިންޑިއާގެ މިލިޓަރީ ޕްރެޒެންސް ރާއްޖޭގައި އޮތުމެއް ނޫން: އަލީ ޒާހިރު
އިދިކޮޅުން ބުނާ ފަދަ އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް ރާއްޖޭގައި ނެތް ކަމަށާއި ޔުނިފޯމް އެޅި ސިފައިން ނުވަތަ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު ރާއްޖޭގައި ތިބުމަކީ މިލިޓަރީ ޕްރެސެންސެއް ނޫން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން މިރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އިދިކޮޅުންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެންޕެއިނެއް ކުރިޔަށް ގެންދަމުންނެވެ.
މިކަމާ ގުޅިގެން މިރޭ އަލީ ޒާހިރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ކެމްޕޭންގެ ނަމާއި، އެކެމްޕޭންގައި ހިންގާ އަމަލާއި އަދި އެހަރަކާތް ރާވައިގެން އުޅޭ މީހުންގެ ނިޔަތާއި ދިމާނުވާ ކަމަށެވެ. މިގޮތުން އިންޑިއާ އައުޓް މާނަ ކުރަނީ ކިހިނެއްތޯ އަލީ ޒާހިރު ވަނީ ސުވާލު އުފައްދަވައިފައެވެ.
އެ ސުވާލުގެ ޖަވާބުގައި، އިންޑިއާ އައުޓް ކިޔަނީ، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ ތިބުމަށް ކަމަށް ޕްރޮގްރާމް ހުށަހަޅައިދޭންއިން ނޫސްވެރިޔާ ވިދާޅުވުމުން، އަލީ ޒާހިރު ވިދާޅުވީ، އިދިކޮޅުން ބުނާ ފަދަ މިލިޓަރީ ޕްރެޒެންސެއް ރާއްޖޭގައި ނެތް ކަމަށެވެ.
"ރާއްޖޭގައި އެ ސިފަކުރާ ގޮތަށް މިލިޓަރީ، ރާއްޖޭގައި އޮތް ނަމަ އަޅުގަނޑުމެންނަށް ފެންނާނެ. ބޭރު ޤައުމެއްގައި އެހެން ޤައުމެއްގެ ސިފައިންގެ މީހަކު ހުރުމަކީ، ނުވަތަ ޔުނިފޯމް އެޅި މީހަކު ހުރުމަކީ އެއީ އެއްވެސް ހާލެއްގައި، އެ ޤައުމުގައި އެހެން ޤައުމެއްގެ މިލިޓަރީ ޕްރެޒެންސްވުމެއް ނޫން" އަލީ ޒާހިރު ވިދާޅުވީ، މިއަދު ރާއްޖޭގެ ސިފައިން ވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޔުނިފޯމްގައި ތިބި ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ ރާއްޖޭގެ މިލިޓަރީ ޕްރެޒެންސް އެހެން ޤައުމެއްގައި އޮތުން ނޫން ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
"2018ގެ ނޮވެންބަރުގެ ކުރިން ވެސް މި ރާއްޖޭގައި އިންޑިއާގެ ސިފައިން ކޮންމެ ވެސް ސިފައެއްގައި ތިބި އިނގޭތޯ. އިންޑިއާގެ ސިފައިންނޭ މިދެންނެވީ ޔުނިފޯމް އެޅި، ނުވަތަ ސިފައިންގެއަށް ނިސްބަތްވާ ބަޔަކު އުޅުނު. އަބަދުވެސް އުޅޭ. އެއީކީ އާ ކަމެއް ނޫން."
އަލީ ޒާހިރު ވިދާޅުވީ، ރައީސް މައުމޫންގެ ޒަމާނުއްސުރެ، އިންޑިއާގެ ސިފައިން އެކިކަންކަމުގައި ހަރަކާތްތެރިވާ ކަމަށާއި ދިވެހި ސިފައިންނަށް ތަމްރީން ދިނުމާއި ކޭންޕްތައް ހިންގުމާއި، މިލިޓަރީ ހޮސްޕިޓަލުތަކުގައްޔާއި، ކޯސްޓް ގާޑްގެ މަރާމާތް ކުރުން ފަދަ ވަކިވަކި ކަންކަމުގައި އަބަދުވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. އަދި ވަކި ޓާސްކަކަށް، ދިވެހިސިފައިންގެ ކޮމާންޑްގެ ކޮންޓްރޯލް ދަށުން ޓެކްނިކަލް ސަޕޯޓް ދޭން ތިބި ބަޔަކު ރާއްޖޭގައި ތިބި ކަމަށާއި ނަމަވެސް އެއީ އިންޑިއާގެ މިލިޓަރީ ޕްރެޒެންސް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"އެ ބޭފުޅުން އެ ލޭބަލް ކުރާ ގޮތަށް ތިބި ނަމަ އަޅުގަނޑުމެންނަށް ފެންނަން އޮންނާނެ. އަޅުގަނޑުމެންނަށް ތަނެއްގައި ފޮރުވިފައި ތިބި ބަޔަކަށް ނުވާނެ ދެއްތޯ އެއީކީއެއް. އެމީހުން ޔުނިފޯމް އަޅައިގެން، ބަޑި ހިފައިގެން، ބޫޓު ޖަހަމުން ހިނގާތަން ވެސް ފެންނާނެ ނޫންތޯ. ނުވަތަ އެމީހުންގެ ފަރާތުން އަޅުގަނޑުމެންގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ، މިނިވަންކަމާއި އިސްތިޤްލާލަށް ބުރުއަރާކަންކަން ވެސް ފެންނާނެ ނޫންތޯ. ކީއްވެގެންތޯ" އަލީ ޒާހިރު ވިދާޅުވިއެވެ.
ބަލަ މިއީ 21 ވަނަ ގަރުނު.ދިވެހިންނަކަށް އޮޅުވައެއް ނުލެވޭނެ. ގައުމު ތަކުގައި ސިފައިންގެ މީހުން ތިބޭ ގޮތާއި ރާއްޖޭގައި އެތިބޭ ގޮތާއި ތަފާތު.ވަގު އެއްބަސް ވުން ހަދައިގެން ރާއްޖޭގެ މިނިވަން ކަން ގެއްލޭ ގޮތަށް ތިބޭތީ އެކަމުގެ ކަންބޮޑު ވުމުގެ ވާހަކައޭ މިދައްކަނީ. ޔާމީނަކީ ވެސް ވަގެއް ކެރަފާ އަންނި އާއި އިބޫ ސާލިހަކީ ވެސް ވަގެއް.
ސެއިޚުގެ ތާޖުއަޅުއްވައިގެން އަދިވެސް ތިމަސައްކަތް ކުރައްވަނީ ރައްޔަތުންނަށް އޮޅުވާލައްވަތޯ ސެ..ޅި ތިބުނީ ހަމަ ރަގަޅަށް މީ 21 ވަނަގަރުނެއް ނޫން މަޤާމުގެ ދަހިވެތިކަމުގައި ސެއިޚް އިމްރާނޭ ތަފާތެއް ވެސް ނެތް ޤައުމު އަޅުވެތިކަމުގެ ދަށަށްދިޔަސް ދީންވިއްކާލިއަސް މަޤާމުއޮތިއްޔާ އެނިމުނީ ދެއްތޮ؟
އެހެނާވީމަ މިވެރިން ރައީސް އޮފީހުގައި މިތިބޭ ތިބުމަކީވެސް ވެރިކަން އޮތުމެއް ނޫންތާ! ވިޒިޓަރޭމެން އަވަހަށް ތިތަނުން ނުކުމެ ތިތަން ތާހިރުކޮށް ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރަން އަވަހަށް ރައްޔިތުންނާ ޙަވާލުކުރޭ!
ފިތުނަވެރިންގެ ކެހިވެރިދަލުގެ މަޅިއަށް ހިޔޮވިސްނޭ ދިވެހި ރައްޔަތަކު ނުވަންނާނެ،، ފިތުނަވެރިން ނަށް ނަމަނަމަ ގައުމުދެކެލޯބިވާ ރައްޔަތަކު ޖާގަނުދޭތި، އެއީ ހުއްދަކަމެއްނޫން،،،
ޢެއްވެސް ޤައުމެއްގެ ސިފައިން މިތާ ވަޡަންވެރި ވެގެން އުޅެގެން ނުވާނެ އެއީ ބަލާ ގަނެވޭނެ ކަމެއް ނޫން. ސިފައިން ގެ މީހެއްގެ ހައިސިއްޔަތުން މިބުނީ
ރާޖޭގަވެސް ޔުނޭފޯމު އެޅިއޮފުސަރުންނެތްނޫތަ ތިބީ ޔާމީނަން އެގޭމިދުވަސް އަންނާނެކަން އެހެންވެޔާމީނު ވަންކަމެތްނުކުރެ މެންދުރުގެ އިރުއެގޭފަދައިންއެއޮތީއެގޭކަންނޫތަ އަބަފު އަބަދު.ޔާމޭނު ވަންކަންކުރެޔޭ ކިޔަނީ