ބޮލީވުޑް މުނިފޫހިފިލުވުން

ކުދިކުދި ކަންކަން ވެސް ބޮޑުކޮށްލާތީ ހައިރާންވޭ، ހަމަޖެހިލަބަލަ: ޕްރިޔާންކާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Priyanka Chopra, left, and Nick Jonas arrive at the 62nd annual Grammy Awards at the Staples Center on Sunday, Jan. 26, 2020, in Los Angeles. (Photo by Jordan Strauss/Invision/AP)

ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް މިހާރު ފިޔަޖަހަމުން އަންނަ ތަރި ޕްރިޔާންކާ ޗޯޕްރާއަކީ، އޭނާ ކޮށްލާ ކުޑަކުޑަ ކަމަކުން ވެސް ޚަބަރުތަކުގެ ފަލަ ސުރުޙީއިން ޖާގަ ހޯދާ ކުޅަދާނަ ފަންނާނެކެވެ.

Ads by MWSC

އެގޮތުން އޭނާ ލާ ހެދުންތަކާއި، ދާ ތަންތަނުގެ އިތުރުން މީސް މީޑިއާގައި ކޮށްލާ ޕޯސްޓުތަކުގެ ޚަބަރުތައް ވެސް ވަރަށް ހަލުވި ސްޕީޑުގައި ދައުރުވަމުން ދެއެވެ.

މިފަދައިން މި މަހުގެ ތެރޭގައި އެންމެ ގަދަޔަށް ފެތުރުނު އެއް ޚަބަރަކީ ޕްރިޔާންކާގެ އިންސްޓަގްރާމް އެކައުންޓުގެ ނަން ބަދަލު ކުރި ޚަބަރެވެ.

ލަވަކިޔުންތެރިޔާ ނިކް ޖޯނަސް 2019ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު، ޕްރިޔާންކާ އެންމެ ފުރަތަމަ ކުރި އެއް ކަމަކީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގެ ނަން "ޕްރިޔާންކާ ޗޯޕްރާ ޖޯނަސް"އަށް ބަދަލު ކުރުމެވެ. ނަމަވެސް މި މަހު ކުރީކޮޅު ޕްރިޔާންކާ ވަނީ އެ އެކައުންޓުން "ޖޯނަސް" ކަނޑައިލައި، މީހުންގެ ހިތްތަކުގައި ސުވާލު އުފައްދައިފައެވެ.

ފިރިމީހާގެ ނަން އިންސްޓަގްރާމް އެކައުންޓުން ކަނޑައިލުމުން ބައެއް މީހުން ބުނަމުން ދިޔައީ، ޕްރިޔާންކާއާއި ނިކްއާ ދެމެދު މައްސަލަ ޖެހި އެ ދެމީހުން ވަރި ވަނީ ކަމަށެވެ.

ދާދި ފަހުން "އީ ޓައިމްސް"އަށް މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރިޔާންކާ ބުނީ، ކުދިކުދި ކަންކަން ވެސް މީހުން ބޮޑު ކޮށްލާތީ ހައިރާންވާ ކަމަށެވެ. އަދި ފިރިމީހާއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އިންސްޓަގްރާމްގައި އޮތް ނަން ބަދަލު ކުރީ އޭނާގެ ޓްވިޓާ އެކައުންޓާ އެއްގޮތް ކުރަން ކަމަށް ވެސް ބުންޏެވެ. ޕްރިޔާންކާ އޭނަގެ ފޭނުން ކައިރީގައި އިތުރަށް ބުނީ އެކަހަލަ ކަންކަމާ ނުވިސްނުމަށާއި ހަމަޖެހިލުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!