ޚަބަރު އިޖުތިމާޢީ

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 90،000 އާ ގާތަށް، ރިކޯޑް އަދަދެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 90،000އާ ގާތްކޮށްފިއެވެ.

Ads by STELCO

އެ ގައުމުން ބުރާސްފަތި ދުވަހު 88،000 މީހުން ކޯވިޑް-19އަށް ފައްސިވެފައިވާއިރު، މިއީ ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ކޮވިޑް-19އަށް ފައްސިވި ދުވަހެވެ.

ފްރާންސްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހޮސްޕިޓަލުތަކުގައި އިތުރު 179 މީހުން ކޮވިޑް-19ޖެހިގެން މަރުވެފައިވާކަމަށް ތާފާސް ހިސާބުތަކުން ހާމަކޮށްފައި ވެއެވެ. އިންޓެންސިވް ކެއަރ ޔުނިޓްތަކުގައި ތިބި ކޮވިޑް-19ގެ ބަލިމީހުންގެ ޢަދަދު ވަނީ 3208އަށް އަރައިފައެވެ.

ފްރާންސްގައި ކޮވިޑް ވެކްސިން ބޫސްޓަރ ކެމްޕެއިން މިހާރު ވަނީ ފަށައިފައެވެ. ކޮވިޑްގެ ފަސްވަނަ ރާޅު އެ ޤައުމަށް އަރާނެކަމަށް ލަފާކުރެވޭތީ އެންމެން ވެސް ބައްޔަށް ސަމާލުކަން ދިނުމަށް އެ ގައުމުގެ ހެލްތް ކެއަރއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފްރާންސްގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުންދާ ނަމަ އެކަން ޙައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފަރަންސޭސި ސަރުކާރުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް  ހަރުކަށި، އަދި އާންމުންނަށް ދަތިވާނެ ގޮތަށް ފިޔަވަޅުތައް ނޭޅުމަށް ވެސް އެ ގައުމުގެ ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!