ޚަބަރު

މަބްރޫކް ކައިވެނި ބައްލަވައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުންތަކުން އާންމުންގެ ސަމާލުކަން ލިބިގެންދިޔަ، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކައިވެނި ބައްލައްވައިގެންފިއެވެ.

Ads by Sosun Fihaara

މައުލޫމާތު ލިބިފައިވާ ގޮތުގައި، 33 އަހަރުގެ މަބްރޫކް ކައިވެނި ބައްލަވައިގެންފައި ވަނީ ތައިލެންޑް މީހަކާއެވެ. މަބްރޫކް ވަނީ ކައިވެނި ބައްލައިގަތްކަން އޭނާގެ އަމިއްލަ ފޭސްބުކް އައިޑީގައި ހާމަކުރައްވައިފައެވެ. މި ވަގުތު މަބްރޫކް ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ގިނަ ބައެއްގެ ތެރޭގައި މަބްރޫކް މަޤްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ. 2020ވަނަ އަހަރު ކޮވިޑް-19 ރާއްޖެއަށް އައުމާއެކު، ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މަބްރޫކް ވަނީ ނޫސްވެރިންނާ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަނޑަރ ސެކްރެޓަރީގެ މަޤާމުގައި ހުންނެވުމަށް ފަހު، މިއަހަރު ފެށުމާއެކު، މަބްރޫކަށް ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުކަން ދެއްވައިފައެވެ. އެއާ އެކު، ސަރުކާރާގެ ޚަބަރުތައް ގެނެސްދެއްވުމަށް މަބްރޫކް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!