ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގެ މަޝްރޫއުތައް ހަވާލުކޮށްފި

ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ މިއަދު ހަވާލުކޮށްފިއެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ، މާކެޓެކް މޯލްޑިވްސް، އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.
މިއަދު ހަވާލުކުރި މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން 900 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޚަރަދުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުތައް ހަވާލު ކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމްކުރަން ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން 16 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ވަނީ ހަވާލުކޮށްފައިވެއެވެ.