އަދާލަތު ޕާޓީން އަނާރާ ވަކިވެއްޖެ

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަނާރާ ނައީމް އަދާލަތު ޕާޓީގެ މެންބަރު ކަމުން ވަކިވެއްޖެއެވެ.
އަނާރާ ވިދާޅުވީ އަދާލަތު ޕާޓީން ވަކިވާން ނިންމާ އެކަން މިއަދު އެ ޕާޓީއަށް އަންގައިފައިވާ ކަމަށެވެ. އަނާރާ ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
އަނާރާ ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ސިޓީއެއް ފޮނުވައި ޕާޓީން ވަކިކޮށް ދިނުމަށް އެދިފައެވެ. ވަކިވާން ބޭނުންވާ ސަބަބެއް އަނާރާ ވިދާޅުވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހައިތަނަށް އަދާލަތު ތަމްސީލުކުރި ހަމައެކަނި މެންބަރަކީ އަނާރާއެެވެ.