Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ ޖީލެއް އުފެއްދުމަށް: ފައިސަލް

އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ ޖީލެއް އުފެއްދުމަށް: ފައިސަލް

އިސްލާމް ދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށް އެފަދަ ދަރިންތަކެއް މުޖުތަމަޢުގައި އުފެއްދުމުގެ މަސައްކަތަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއްކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށް ދިޔަ 34ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

Advertisement
HDC — Sidebar (box)

އަދި އެމަނިކުފާނު ވަނީ މަދަރުސާތަކާއި، ދަރިންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުން ވެސް ހެޔޮލަފާ، މަސައްކަތްތެރި، ޤާބިލު، ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ޤުރުއާން ކިޔަވައިދެއްވުމަށާއި އިސްލާމީ ތަރުބިއްޔަތު ކުދިންނަށް ދިނުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އެ ގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމީ ޤުރުއާން މުބާރާތެއް އިންތިޒާމުކޮށް ހިންގުމުގެ މަޤްޞަދަކީ ވެސް ވަރަށް ސާފު މަޤުޞަދެއް ކަމަށާއި އެއީ ތުއްތުކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުން ކަމުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވައިލައްވަމުން އެ މަނިކުފާނު ވަނީ އެއްބައިވަންތަކަމާ އެކު ޤައުމު ކުރިއެރުވުމަށް ނަޞޭހަތްތެރިވެލައްވައިފައެވެ.

އެމަނިކުފާނު ވަނީ ﷲގެ އިރާދަފުޅުން ދުވަހަކު ވެސް މި ލޮބުވެތި ފަސްގަނޑު ދެމި އޮތްހައި ހިނދަކު މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހައި ހިނދަކު، އިސްލާމްދީނުގެ ނޫރު އަދި އަލިކަން ދުވަހަކު ވެސް ފިލައިގެނެއް ނުދާނެ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ޤަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަމުގައި ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް