ޚަބަރު

ކޮވިޑަށް ފައްސި އަދަދު އިންޑިއާގައި ދުވާލަކު 100އިން މައްޗަށް

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން
An attendant is seen next to a patient who recovered from the Covid-19 coronavirus and now infected with Black Fungus, a deadly fungal infection at the Netaji Subhash Chandra Bose Medical College in Jabalpur on May 21, 2021. (Photo by Uma Shankar MISHRA / AFP) (Photo by UMA SHANKAR MISHRA/AFP via Getty Images)

އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު 1000އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by STELCO

ދިއްލީއިން ބުރާސްފަތި ދުވަހު 1313 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ފާއިތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި އެއް ދުވަހުން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. އެ ސަރަޙައްދުން ކޮވިޑަށް ފައްސިވި ރޭޓް 1.73 ޕަސެންޓަށް ވަނީ އަރައިފައެވެ. އަދި އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް ބައެއްގެ ކިބައިން އޮމިކްރޮން ވޭދަނަތައް ފެނިފައިވާ އިރު، އެ ވޭރިއެންޓަށް ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގައިފައެވެ.

ކޮވިޑް ވޭދަނަތައް ކޮންޓޯލް ކުރުމުގެ ގޮތުން އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (އޭ.އައި.އައި.އެމް.އެސް)އިން ވަނީ ކްލިނިކްތަކަށް ޒިޔާރަތްކުރާ މީހުންނާއި އެޑްމިޓްކުރާ މީހުން ވެސް މަދުކޮށްފައެވެ. ނަމަވެސް މިހާރު ހައްދައިފައިވާ އެޕޮއިންޓްމަންޓްތަކަށް ޑޮކްޓަރަށް ދެއްކޭނެކަމަށް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ގްރޭޑް ރެސްޕޮންސް އެކްޝަން ޕްލޭންގެ ދަށުން އަޅައިފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު އެ ގައުމުގައި އަމަލުކުރަން ފަށައިފައިވާ އިރު މެޓްރޯ ސްޓޭޝަންތަކުގައި، ހާއްސަކޮށް ބިޒްނަސް ސެންޓަރުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ކައިރީގައި ދަތުރުކުރުމަށް ހަދާ ދިގު ކިއުތަކަށް އެ ގައުމުގެ ސަރުކާރުން ވަނީ އައު ޓްރެވަލް އެޑްވައިޒަރީއެއް ވެސް އިއުލާން ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!