ޚަބަރު ޝަރުޢީ ދާއިރާ

ނިމިދިޔަ އަހަރު 67އިންސައްތަ މައްސަލަ ނިންމީ ޑިސްޕިއުޓް މަރުހަލާއިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިމިދިޔަ 2021ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 67 އިންސައްތަ މައްސަލަ ނިންމައިފައި ވަނީ ކޯޓަށް ނުގޮސް، ޑިސްޕިއުޓް މަރުހަލާގައި ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ސިވިލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރު އެ ކޯޓަށް 4،616 މައްސަލައެއް ހުށަހެޅިއެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން އޮންނަ ޑިސްޕިއުޓް މަރުހަލާއަށް ދިޔަ 3،299އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 2،365އަށް ވުރެ ގިނަ މައްސަލަ ޝަރީއަތް ހިންގުމެއް ނެތި ވަނީ ހައްލުވެފައެވެ.

އެ ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، 2021 ވަނަ އަހަރު ހުށަހެޅި މައްސަލަތަކަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިންމައިފައިވެއެވެ. އެއީ 2020 ނިމުނުއިރު ބާކީ ހުރި މައްސަލަތަކާ އެކު 4،643އަށް ވުރެ ގިނަ މައްސަލައެވެ. މިދިޔަ އަހަރު ނިމުނުއިރު 2،729އަށް ވުރެ ގިނަ މައްސަލަ ބާކީ އެބައޮތެވެ.

ނިމިދިޔަ އަހަރު އެކި މައްސަލަތަކުގައި 252 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވިއެވެ. އަދި 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރަނީގެ ގޮތުގައި ސިވިލް ކޯޓުން ބަލައިގެންފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!