ޚަބަރު

ހަތަރުހާސް ފްލެޓް އަޅަނީ 18 ފްލޯގެ 16 ޓަވަރުގައި:އެފްޑީސީ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

ހަތަރު ހާސް ފްލެޓް އަޅަނީ އަށާރަ ފްލޯގެ ސޯޅަ ޓަވަރުގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

Ads by MWSC

އެފްޑީސީއިން މިއަދު ބުނެފައިވާ ގޮތުގައި މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ސޯޝަލް ހައުސިންގައި 4000 ފްލެޓު އަޅަނީ އަށާރަ ފްލޯ ހިމެނޭ ސޯޅަ ޓަވަރުގައެވެ. ދެވަނަ ފިޔަވަހީގައި އެޅުމަށް ކަނޑައެޅިފައިވާ މި 4000 ޕްލެޓުގެ ޓަވަރުތައް އަޅަން ނިންމައިފައި ވަނީ އެކި ސަރަހައްދުގައި ކަމަށާއި ކައިރިކައިރީގައި ހުންނާނީ ގިނަވެގެން ގާތްގަނޑަކަށް ތިން ފްލެޓްކަމަށް ވެސް އެޗްޑީސީއިިން  ބުނެއެވެ.

ޖުމްލަ 32 ޓަވަރު ހިމެނޭ މި މަޝްރޫއުގައި ތިން ކުންފުންޏަކަށް ހަވާލުކޮށްފައި ވަނީ ސޯޅަ ޓަވަރެވެ.މި ފްލެޓްތައް އަޅަން ހަވާލުކޮށްފައިވާ ތިން ކުންފުންޏަކީ ޖޭއެެއެމްސީ ޕްރޮޖެކްޓްސް ، ނޭޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކުންފުނި (އެންބީސީސީ) އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އެވެ.

ފެބްރުއަރީ ފަހުކޮޅު ނުވަތަ މާރޗް ކުރީކޮޅުގައި ދެހާސް ފްލެޓްގެ ބިންގާ އަޅާނެކަމަށް އެފްޑީސީއިން ބުނެއެވެ.އަދި ހަމަ އެހެންމެ އެ ތަނުގެ ޑިޒައިނާ ގުޅޭ ބައެއް ކަންކަން ކުރިއަށްދާ ކަމަށާއި ނަމަވެސް ސްޓްރަކްޗާ ވަނީ ނިމިފައިކަމަށް ވެސް ބުނެއެވެ.

މާލޭ ސަރަހައްދުގައި ފަނަރަ ހާހާއި ތޭރަ ހާހާ ދެމެދުގެ އަދަދަކަށް ފްލެޓް އެޅުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. މި ދައުރުގެ ތެރޭގައި މި ފްލެޓްތަކުގެ މަސައްކަތް ފަށައި ބޮޑުބައެއް ނިންމޭނެ ކަމަށް ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!