ޚަބަރު

ހަތަރު ސުކޫލެއްގެ ފީ އުރީދޫ އެމްފައިސާއިން މިހާރު ދެއްކޭނެ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން
ފޮޓޯ: ކިންޑާ ޕްރީސްކޫލް

އުރީދޫ އެމްފައިސާ ބޭނުންކޮށްގެން މިހާރު ހަތަރު ސުކޫލެއްގެ ފީ ދެއްކޭނެގޮތް ހަމަޖައްސައިދީފިއެވެ.

Ads by STELCO

އުރީދޫ ޑިޖިޓަލް ވޮލެޓް އެމްފައިސާ މެދުވެރިކޮށް ބިލަބޮންގ ހައި އިންޓަނޭޝަނަލް ސުކޫލް ، ކެންގަރޫ ކިޑްސް ، ފިންލެންޑް އިންޓަރނޭޝަނަލް ސުކޫލު އަމީރު އަހުމަދު ސުކޫލުގެ ފީ ދެއްކޭނެ ކަމަށް އުރީދޫން މިއަދު ބުންޏެވެ.

އެގޮތުން އެމްފައިސާއަށް ލޮގިންވެ ސުކޫލު ހިޔާރުކޮށް އެޑްމިނިސްޓްރޭޝަން ނަންބަރު އަދި ޕިން ޖެހުމަށް ފަހު އެންމެ ކުރީގެ ފީ ހިޔާރުކޮށް އޯޓީޕީ ނަންބަރު ޖެހުމަށް ފަހު ކުރިއަށް ދިޔުމުން ފީ ދެއްކޭނެ ކަމުގައި  އުރީދޫން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްފައިސާ މެދުވެރިކޮށް މާލީ މުއާމަލާތްތައް ހިންގޭނެ ގޮތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އުރީދޫން ބުންޏެވެ.

ބޭނުން ވަގުތެއްގައި ފައިސާ ޖަމާކޮށް ، ބޭނުންވާ އެކައުންޓަކަށް ފައިސާ ފޮނުވައި ވަރަށް ގިނަ ހިދުމަތްތަކަށް ފައިސާ ދެއްކުމަކީ އުރީދޫ އެމްފައިސާއިން ފާހަގަ ކޮށްލެވޭ ހިދުމަތްތަކެވެ. އަދި ހަމަ އެހެންމެ ހަތަރު ސުކޫލެއްގެ ފީ އެމްފައިސާއިން ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ފަސޭހައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!