ޚަބަރު

ހޯމް ސޯލާ ޕްރޮގްރާމާ އެކު ރައްޔިތުން ކަރަންޓަށް ކުރާ ޚަރަދު ކުޑަ ވެގެންދާނެ: ސައީދު

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

ހޯމް ސޯލާ ޕްރޮގްރާމާއެކު ކަރަންޓަށް ކުރާ ޚަރަދު ކުޑަވެގެން ދާނޭކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ހޯމް ސޯލާ ޕްރޮގްރާމްއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު  ވިދާޅުވީ، އިއްޔެ ފެށި ދިޔަ ހޯމް ސޯލާ ޕްރޮގްރާމަކީ ސީދާ ރައްޔިތު މީހާއަށް ލުއި ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމަކީ ދިވެހި ސަރުކާރު ބަޖެޓުން 20 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ފެނަކައިން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

ހޯމް ސޯލާ ޕްރޮގްރާމް ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭފުންފުޅުވާ ފަރާތްތަކުގެ ގޭބިސީގެ ދިރާސާއެއް ފެނަކައިން ފުރަތަމަ ކުރައްވާނެ ކަމަށެވެ. އަދި އެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އަރާ ވަރާއި، އެ ގެއެއްގެ ފުރާޅުގެ ފެންވަރަށް ބެލުމަށް ފަހު ސޯލާ ސިސްޓަމް ހަރުކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިކަން ކުރާނެ ގޮތަކީ ކޮންމެ ރަށެއްގެ ވެސް މިކަމަށް އެދޭ ބަޔަކު އެދުނީމަ އަޅުގަނޑުމެން އެގެޔަށް ބޭނުން ވަނީ ކިހައި ހަކަތައެއްތޯ ބެލުމަށް ފަހު، އަޅުގަނޑުމެން ކަނޑައަޅަނީ އެ ގެޔަކަށް ބޭނުން ވަނީ ދެކިލޯ ވޯޓު ތިން ކިލޯ ވޯޓު ފަސްކިލޯ ވޯޓު ތޯ. އެހެންވީމަ އެކަމަށް ހިނގާނެ ހަރަދެއް އަޅުގަނޑުމެން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމަށް ފަހު ދެ އަހަރާއި ތިން އަހަރާއި ފަސް އަހަރުދުވަހަށް އެ އަރާ ފައިސާއެއް ބަހާ ގޮތަށް ހަމަޖައްސައިގެން ހިންގާ ޕްރޮގްރާމެއް މި ޕްރޮގްރާމަކީ"  ސައީދު ވިދާޅުވީ، މި ޕްރޮގްރާމްގެ އަގުތައް މި ހަފްތާގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

ސައީދު ވިދާޅުވީ މި ޕްރޮޖެކްޓަށް އޮތް އެންމެ ބޮޑު ހުރަހަކީ ބިމުގެ ޖާގައިގެ ހުރަސް ކަމަށެވެ. އެހެން ނަމަވެސް ދުުރު މުސްތަޤްބަލުގައި ބިން ހިއްކައިގެން ވެސް މިކަން ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

Ads by HDC
  1. ބަލަ ކޮންމެ ގެޔަކަށް ކުޑަ ޖަނަރޭޓަރަށް ދީގެން ކަރަންޓު ލާންވީ ނުންތަ ކުރީގަވެސް އުޅުނީ އެގޮތަށް ކޮންމެ ގެޔަކުން ފުޅިބައްތި އަމިއްލަ ޖަނަރޭޓަރު ނުންތޯ ؟