Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ސިއްޕެ އެމްއެންޕީ ކެނޑިޑޭޓަށް: ފެއްސޭ، ތީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން

ސިއްޕެ އެމްއެންޕީ ކެނޑިޑޭޓަށް: ފެއްސޭ، ތީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން

ކޮމަންޑޫގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީން (އެމްއެންޕީ) ނެރެފައިވާ ކެނޑިޑޭޓަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކެނޑިޑޭޓެއް ނޫން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ސިއްޕެ ވަނީ އެމްއެންޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.

މިގޮތުން ވިދާޅުވީ، އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމާއި ނައިބު ރައީސް އަބްދުﷲ ރިޔާޒަކީ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ބައެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގައި ތިބިއިރު، ޤާސިމްގެ ސަބަބުން ކުޑަވެސް ހިއްސާއެއް ސަރުކާރުގައި އޮވެދާނެ ކަމަށާއި ނަމަވެސް އަމިއްލަ ޕާޓީ ހެދި ހިސާބުން އެކަން ވެސް ބަދަލުވި ކަމަށް ސިއްޕެ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ޓިކެޓްގައި ވާދަކުރާ ޢަބްދުލް ޙަންނާނެގެ ކެމްޕެއިން ފެށުމުގެ ގޮތުން ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދަނގެތި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ކެނޑިޑޭޓް އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ އެ ދާއިރާގެ ކުރީގެ މެންބަރު މަރުޙޫމް ހުސެއިން ވަހީދުގެ ވައުދުތައް ފުއްދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ މަޝްރޫއުތަކަށް އެމްއެންޕީގެ މެންބަރު އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

[caption id="attachment_134403" align="alignnone" width="1024"]<img class="wp-image-134403 size-large" src="https://cdn.dhen.mv/wp-content/uploads/2022/01/FIb0kW4VIAEHgZh-scaled-1-1024x683.jpeg" alt="" width="1024" height="683" /> ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްއެންޕީގެ ކެނޑިޑޭޓް[/caption]

މިކަމަށް ރައްދު ދެއްވަމުން ސިއްޕެ ރޭ ވިދާޅުވީ މި ސަރުކާރާ އެމްއެންޕީއާ އެއްވެސް ގުޅުމެތް ނެތް ކަމަށެވެ.

"ކާނަލް ނާޒިމަކަށް ނުނިންމޭނެ... ތީ މި ސަރުކާރާ ބެހޭ ބައެއް ނޫން. އަބްދުﷲ ރިޔާޒް ވެސް، އަދި ނާޒިމް ވެސް އަޅުގަނޑުމެންނާ ކުޑަވެސް ގުޅުމެއް ނެތް. އެ ކެނޑިޑޭޓްގެ ވެސް ގުޅުމެއް ނެތް. ފެއްސޭ، ދުރަށްދޭ. އަޅުގަނޑުމެންނާ ގާތް ނުވާތި." ސިއްޕެ ވިދާޅުވީ އެމްއެންޕީން ޙައްޤު މިންވަރު ހޯދަން ކަމަށް ބުނެ ނިކުތީ، ބަޣާވާތް ކުރި ބަޔަކާއެކުގައި ކަމަށެވެ.

"ޙައްޤު މިންވަރު ހޯދަން ނިކުންނާށޭ ތިމަންނައާ އެކީގައި. ބުނިއިރު އެ ޙައްޤު މިންވަރު ހޯއްދަވަން ނިކުތް ބޭފުޅުން، ތި ހިތްވަރުގަދަ ރައްޔިތުން ތިބޭފުޅުން ޤާއިމް ކުރި ވެރިކަން ބަޣާވާތްކޮށްފައި."

ސިއްޕެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކައިރީ ވޯޓަށް އަހަނީ ލަދެއް ނެތި ކަމަށެވެ. އެއީ އެ ޕާޓީން، ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ޝަމްސުއްދީން ރަދުން އިން ފެށިގެން މިއަދާ ހިސާބަށް، ގާބުރިއެއް ވެސް މި ކޮމަންޑުއަށް އިތުރުވެފައި އޮތީ އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި. ޗެލެންޖްކޮށްފައި މި ދަންނަވަނީ، އެހެން އެއްވެސް ވެރިކަމެއްގައި ނާންނާނެ." ސިއްޕެ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް