ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފި

އިންޑޮނޭޝިއާއަށް އެރި ބާރުގަދަ ތޫފާން "ރާއީ"ގެ ސަބަބުން އެ ޤައުމުގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފިއެވެ.
ޕައިލަޓު ތަމްރީނު ހެދުމަށް ޓަކައި އެ ޤައުމަށް ދިޔަ ދިވެހި ދަރިވަރުން ދިރިއުޅެމުން ދިޔަ ސޭބޫ ސިޓީއަށް ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން އެ ދަރިވަރުން ދިރިއުޅެމުން ދިޔަ ތަނުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި އަސާސީ ބައެއް ހިދުމަތްތައް ވެސް ހުއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ޑިސެމްބަރު މަހު ސޭބޫއަށް އެރި އެ ތޫފާނުގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ދަރިވަރުން ރައްކާތެރި ސަރަހައްދަކަށް ބަދަލުވުމަށް އެންސްޕާއާއި ޒަކާތު ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ކޮންމެ ދަރިވަރަކަށް 200 ޑޮލަރު ދީފައިވެއެވެ.
ބައެއް ދަރިވަރުން ބުނެފައި ވަނީ، އެ ދަރިވަރުން ތަމްރީން ހަދަމުން ދިޔަ ސަރަހައްދުގައި އަދިވެސް ހިދުމަތްތައް ރަނގަޅަށް ގާއިމުކުރެވިފައި ނުވާތީ ރައްކާތެރި އެހެން ސަރަހައްދެއްގައި ދަރިވަރުންގެ ތަމްރީން ފެށުމަށް އެ ކުދިން ކިޔަވަމުން ދިޔަ ސްކޫލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.