އެޑްވަޓޯރިއަލް

ސީޝާގެ ލ.ގަމުގެ އައުޓްލެޓަށް މުވައްޒަފުން ހޯދަން އިޢުލާންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލ. އަތޮޅުގައި ހުންނަ ސީޝާގެ ޝޯ ރޫމް-- ފޮޓޯ: ޝީޝާ

ހޮންޑާ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒް ކުންފުނި ޝީޝާގެ ލ.ގަމުގައި ހުންނަ އައުޓްލެޓަށް މުވައްޒިފުން ހޯދަން އިއުލާންކޮށްފިއެވެ.

Ads by MWSC

ޝީޝާގެ ގަމު ފިހާރައަށް އެ ކުންފުނިން މުވައްޒަފުން ހޯދަމުން ދަނީ ސޭލްސް ރިޕްރެޒެންޓޭޓިވް، އަދި ސޭލްސް އެކްޒެކެޓިވްގެ މަޤާމަށެވެ.

ސޭލްސް އެގްޒެކެޓިވްއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ބެޗްލާސް ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.  އަދި ސޭލްސް ރިޕްރެޒެންޓޭޓިވްއަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކަކީ، އޭ ލެވެލް ދެ މާއްދާއިން އޭ ގްރޭޑް ނުވަތަ އޯ ލެވެލް ހަތަރު މާއްދާއިން ފާސްވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.

އިއުލާން ކޮށްފައިވާ ވަޒީފާތަކަށް މުސާރަ ކަނޑައަޅާނީ ލިބިފައިވާ ތައުލީމީ ސަރޓިފިކެޓް އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.

މި ދެ މަޤާމަށް ކުރިމަތި ލާން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން، ވަޒީފާގެ އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހުއެ ކުންފުނީގެ މެއިލް ފޮނުވުމަށް އެ ކުންފުނިން އެދިލައްވައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!