ޚަބަރު

ވަޒީރުންނާއި އެމްޑީޕީގެ މަޖިިލިސް މެންބަރުން ކޮމަންޑުއަށް

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ވަޒީރުންނާއި އެމްޑީޕީގެ އިސް ވެރިން މިއަދު ކޮމަންޑުއަށް ވަޑައިގަންނަވަނީ

ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަފުދެއް ށ.ކޮމަންޑޫއަށް މިއަދު ވަޑައިގެންފިއެވެ.

Ads by MWSC

މިއަދު ހެނދުނުގެ ވަގުތެއްގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ ހިމެނެއެވެ. އަދި ހެންވޭރު އުތުރުދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު ވެސް އެ ޓީމްގައި ހިމެނިވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ ސެޝަންގެ ރައީސްގެ މަގާމު ފުރުއްވާ ޝާހިދު ރާއްޖެ ވަޑައިގެންފައި ވަނީ ޗައިނާގެ ހާރިޖީ ވަޒީރަށް މަރުހަބާ ދެންނެވުމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ވިޔަފާރިވެރިޔާ ހުސައިން ވަހީދަކީ ރައީސް އިބްރާހިމް މުހައްމަދު ޟާލިހާއި އެެމްޑީޕީގެ ވަރަށް ގިނަ އިސްބޭފުޅުންގެ ވަރަށް ގާތް އެކުވެރިއެކެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ފެބްރުއަރީ ފަހެއްގައި ބާއްވާ އެ ދާއިރާގެ ބައި-އިލެކްޝަން ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަފުދެއް މިދިޔަ ހަފުތާގައިވެސް އެ ދާއިރާއަށް ވަޑައިގަތެވެ.

އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ރާޝިދަށް ކެމްޕެއިން ކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ދާއިރާއަށް ގިނަ ވައުދުތަކެއްވެފައެވެ. އޭގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލުމާއި ކޮމަންޑޫ ކައިރީ ރިސޯޓެއް ތަރައްގީކުރުމާއި ފޯކައިދޫ ބިން ހިއްކާ ގޯތި ދިނުމުގެ ވައުދު ހިމެނެއެވެ.

Ads by HDC
  1. ބޮޑޭ

    ކިތަންމެވަރަކައްދިޔަސް ދެނެއްދިވެހިރއޔަތުންނެއްގުބޯނެހެއްދޭނެެ
    ކޮމަންޑޫދާއިރާގެރައްޔަތުންނަސާބަސް