ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"ސާމިއްތަ ވާހަކަ ދައްކައި ނިމެންދެން އަހަންނަށް މަޑުކޮށްލެވުނު ނަމަ.. އެވަގުތު ސާމިއްތަ ބުނަން އުޅުނު ވާހަކަތަކަކީ އެއީ ކަންނޭނގެ.. އެކަމަކު އަވަސް އަރާފަ ހުރިވަރުން އަހަންނަށް އެފުރުސަތު ސާމިއްތައަށް ނުދެވުނީ.. އެހެންނޫންނަމަ އައުމުގެ ކުރިން މިހުރިހައި ކަމެއް އެނގުނީސް.. މިހައި ބޮޑު ޝޮކެއް ނުލިބުނީސް.. އެކަމަކު... ހަގީގަތުގަވެސް ހައިމް އޭނާއާ ކައިވެނިކުރީތަ؟ ދެލޮލަށް އެސޫރަ ނުފެންނަނީސްތަ؟ އެއީ ކާކުކަން ނުވެސް އެނގޭއިރުވެސްތަ؟ އަހަރެން އައީމަ ހައިމް އެހާ އުފާވިހެނެއް ހިއެއްނުވޭ.. މީ ހުސް އެއަންހެނާގެ ޖާދޫކަންނޭނގެ.. އަހަންނަށް ޔަގީން ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާ އެ މަސައްކަތް ކުރަނީ ހައިމްގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގަން... އެހެންނޫންނަމަ ލޮލަށް ނުފެންނަ މީހަކާ އިންނަން ހަމައިގަ ހުރެ ނުރުހުނީސް.. ފެންނަހާ މީހަކަށް އިތުބާރުކުރަން ވެދާނެތަ.. އަހަރެން އޭނާގެ މަގުސަދު ހާސިލް ވިޔަކަ ނުދޭނަން.. އާން.. ހައިމްއާ އޭނާއާ ދެމެދު މާ ވަރުގަދަ ގުޅުމެއް ނުއުފެދެނީސް ކޮންމެވެސް ގޮތަކުން އެދެމީހުން ދުރުކުރަން އެބަޖެހޭ.. ހައިމް އޭނާއަށް ވަރަށް އިތުބާރު ކުރާހެން ހީވަނީ.. އަހަރެން ޖެހޭނީ އެ އިތުބާރު ފުނޑުފުނޑުވާ ވަރުގެ ކަމެއް ކުރަން.. ކޮންމެ ގޮތެއްވިއަސް ހެޔޮ.. އަހަރެން ހުއްޓާނީ މިކަން ކާމިޔާބު ކޮށްފަ.. މުސްކާން.. ހައް.. ކަލެއަށް ޖެހޭނީ ހައިމްގެ ދިރިއުޅުމުން ދާން.. އެވެސް.. ނުހަނު ހިތި ގޮތަކަށް.." ސިކުނޑިއަށް ވެރިވަމުންދިޔަ ޚިޔާލުތަކާއެކު ވިހަ ހިނިތުންވުމެއް އޫޝާގެ ތުންފަތުގައި ދުވެލިއެވެ. ވާރޭގެ ކުދިކުދި ތިކިތަކަށް ބަލަން ހުރިއިރު މަޑުމަޑުން އެހިތަށް ހަމަޖެހުން ވެރިވެގެން އައެވެ.

Ads by Sosun Fihaara

* * * * *

ދެމަފިރިން ވާހަކައިގައި އެނދުގައި އޮށޯވެލައިގެން ތިބިއިރު ވެހެމުންދިޔަ ވާރޭގެ ހިތްގައިމު ރާގުން ހިތަށް ހަމަޖެހުން ލިބިފައިވިއެވެ. އޫޝާ އާއި މެދު ހިތުގައި އުފެދިފައިވާ ވަހުމްތައް ރުހައިމްއާ ހިއްސާކުރުމަށް ކިތަންމެ ވަރަކަށް އޭނާގެ ހިތާއި ނަފުސު އެދެމުންދިޔަ ނަމަވެސް މުސްކާން އެއިން އެއްވެސް ވާހަކައެއް ނުދެއްކީ އެއީ އޭނާއަށް ކުރެވެމުންދިޔަ ހީއަކަށް ވެދާނެތީއެވެ. އޫޝާއަކީ އޭނާއަށްވުރެ މާކުރިން ރުހައިމް އާއި ކާއިލްގެ ދިރިއުޅުމާ ގުޅިފައިވާ ކުއްޖެއްކަން ފަހަރެއްގައިވެސް އޭނާ ހަނދާން ނައްތައެއް ނުލައެވެ. އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް އޭނާއަށް ދެކެވިއްޖެނަމަ، އެކަމުން ނުކުމެދާނެ ނަތީޖާއަކާ މެދުގައި މުސްކާންއަށް ވިސްނުން ހިންގައިލެވުނެވެ.

ފިކުރުތަކުގެ ކަނޑުގައި ފީނަމުން ދަނިކޮށް ކުއްލިއަކަށް ޖަހައިލި ބާރު ގުގުރިއާއެކު ކަރުބުޑުން ހަޅޭއްލަވައިގަންނަމުން ސިހިފައި އޭނާއަށް ގާތުގައިއޮތް ރުހައިމްގެ ގައިގައި ހިފައިގަނެވުނެވެ. މުސްކާންގެ އެކުއްލި ހަރަކާތާއެކު ރުހައިމް އަށްވެސް ލިބުނީ ސިހުމެކެވެ. މަޑުމަޑުން މުސްކާން ގަޔާލައި ބާރުކޮށްލަމުން ކިހިނެއްވީތޯ އޭނާ އަހައިލީ ކަންބޮޑުވެފައި އޮވެއެވެ. އޮވެވުނީ ރުހައިމްގެ ދެއަތު ތެރޭގައިކަން މުސްކާންއަށް އިހުސާސުވީ އެހައި ގާތުން އެފިރިހެންވަންތަ އަޑު އިވުމުންނެވެ. ތުންފަތުގައި ދަތްއަޅައިލުމާއެކު ރުހައިމްއާ ދުރުވެލަން މުސްކާން އުޅުނެވެ. އެއާއެކު ވަގުތުން އެހަށިގަނޑުގައި ހިފައި ރުހައިމް އިހުނަށްވުރެ ބާރުކޮށްލިއެވެ. އަނެއްކާވެސް އޭނާ ކުރިން ކުރި ސުވާލު ރުހައިމް ތަކުރާރުކޮށްލީ މުސްކާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުންނެވެ.

ގުގުރައިލި އަޑު އިވިފައި މާބޮޑަށް ސިހުނީކަމުގައި މުސްކާން ބުނެލީ ލަދުން އޮވެއެވެ. ހަމައެކަނި ސްވެޓްޕޭންޓެއްގައި އޮތް ރުހައިމްގެ ތަނަވަސް މޭމަތީގައި ބޯއަޅައިގެން އޮންނަން ވުމުން މުސްކާންގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އެ ފިރިހެންވަންތަ މޭމަތީގައި ފަޅައިފައިހުރި ކުދިކުދި އިސްތަށިތަކުގައި މުސްކާންއަށް އަތްހިންގައިލެވުނީ ބޭއިޚުތިޔާރުގައެވެ. މުސްކާންގެ އެހަރަކާތާއެކު ރުހައިމް އަށްވެސް ކުރެވުނީ ބަޔާންކުރަން ދަތި އިހުސާސެކެވެ. އޭނާ ގާތުގައި އޮތްހައި ހިނދެއްގައި މުސްކާން ބިރުގަންނަން ނުޖެހޭނެކަމަށްބުނެ ލުއިލުއިކޮށް މުސްކާންގެ އިސްތަށިގަނޑުގައި ރުހައިމް ބޮސްދިނެވެ. ދުވި މީރުވަހުން އޭނާއަށް ދެލޯމަރައި ބާރުކޮށްލެވުނީ ހިތަށް ކުރުވި ފޮނި އަސަރުންނެވެ. ހިތުގައި މުސްކާންއާ ގުޅުވައި އުފެދެމުން އައި އެދުން ވަރުގަދަވެލިއެވެ. އެވަގުތުކޮޅު މުސްކާންގެ މޫނަށް އަރައިފައިބާނީ ކޮންފަދަ ކުލަވަރެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު ރުހައިމްއަށް ތުންފަތުގައި ދަތްއަޅައިލެވުނީ ކުރެވެމުންދިޔަ ވަރުގަދަ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ބޭނުންވެފައި އޮވެއެވެ. ލަސްލަހުން މުސްކާންގެ ބުރަކަށީގައި ފިރުމައިލަމުން ރޭގަނޑުގެ ސަލާމް އޭނާ ކޮށްލިއެވެ. އަދި ދެލޯމަރައިލުމާއެކު އޭނާގެ ބޯ ކުޑަކޮށް ގުދުކޮށްލަމުން މުސްކާންގެ ބޮލުގައި މަޑުމަޑުން ވިއްދައިލިއެވެ. ހަރަކާތެއްވެސް ކޮށްލަން ނުކެރިފައިއޮތް މުސްކާން ވެސް ރޭގަނޑުގެ ސަލާމް ކޮށްލުމާއެކު ދެލޯމަރައިލީއެވެ. ރުހައިމްގެ އެގާތްކަމުން އޭނާގެ މުޅިހަށިގަނޑުގައި ވަނީ ފާޑެއްގެ ހީލިކެރުވުމެއް އުފެދިފައެވެ. ކަރަންޓުގެ އޮއެވަރެއް ހަށިގަނޑުގެ އެކި ހިސާބުތަކުގައި ދަތުރުކުރަމުން ދިޔަ ފަދައެވެ. ލުއި ހިނިތުންވުމެއް މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި ވީއިރު، ލޯބިވާ ފިރިމީހާގެ އެގާތްކަމުން މުސްކާންއަށް ލިބިފައިވީ އުފައުވެރިކަން އެއްވެސް ފޮރުވުމެއްނެތި މޫނުމަތިން ފައުޅުވާން ހުއްޓެވެ.

* * * * *

ޖެހިގެންއައި ދުވަހު ހަވީރު، ދުއްވާ ގޮނޑީގައި ރުހައިމް ބައިންދައިގެން މުސްކާން މިސްރާބުޖެހީ އެގެއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ޕާރކްއަކާ ދިމާއަށެވެ. ހިނގަމުންދިޔައިރު ވަށައިގެން ފެންނަމުންދިޔަ މަންޒަރުތައް އޭނާ ރުހައިމް އަށް ސިފަކޮށްދެމުންދިޔައެވެ. މުސްކާންގެ ވާހަކަތައް އަޑު އެހުމުގައި ފޫހިކަމެއްނެތި ރުހައިމް އިންއިރު އޭނާގެ ތުންފަތްވަނީ ދެފަރާތަށް ދެމިލާފައެވެ. އޭނާ ހިތްހަމަޖައްސައި ދިނުމަށްޓަކައި މުސްކާން ކުރަމުންދިޔަ މަސައްކަތުން ރުހައިމްގެ ހިތުގައި މުސްކާން އަށްޓަކައިވި ޤަދަރު އެތައް ގުނައެއް އުފުލިގެން ދިޔައެވެ. ދެލޮލަށް ނުފެނުނަސް، އޭނާގެ ހިތަށް މުސްކާން ބަޔާންކޮށްދެމުންދިޔަ ކޮންމެ ކަމެއް ސިފަވާކަހަލައެވެ.

ޕާރކަށް ވަނުމަށްފަހު މީހުންތަކާދުރު އެއްފަރާތުގައި ހުރި ބެންޗެއްގައި މުސްކާން އިނށީދެލީ އޭނާއާ ކުރިމަތިވާނެފަދައިން ރުހައިމްގެ ގޮނޑި ބެހެއްޓުމަށް ފަހުއެވެ. ކޮނޑުގައި އަޅުވައިގެންހުރި އަތްދަބަހުން، އައި މަގުމަތީގައި އޭނާ ގަތް ސާމާނުތައް ނަގައި ބެންޗުގެ އެއްފަރާތުގައި ބަހައްޓައިލިއެވެ. އެތަނުން ބިސްކޯދު ޕެކެޓެއް ކަނޑައިލަމުން ރުހައިމްގެ އަނގައަށް އޭގެން އެތިކޮޅެއްލެވީ ނުހަނު ލޯބިންނެވެ. އަނގަޔާ ކައިރިކޮށްލެވިފައިވި މުސްކާންގެ އަތުގައި ރުހައިމް ފިރުމައިލިއެވެ. އަދި އޭނާއަށްޓަކައި ކޮށްދެމުންދިޔަ ކޮންމެ ކަމަކަށް ޝުކުރުވެރިވީ ހިތުގެ ފުންމިނުންނެވެ. ރުހައިމްގެ އަތުގައި ފިރުމައިލަމުން އެއްޗެއް ބުނަން އަނގަހުޅުވައިލި ވަގުތު ތަންކޮޅެއް ދުރުން ރުހައިމްގެ ނަމުން މީހަކު ގޮވައިލި އަޑު އިވިފައި އެދިމާއަށް މުސްކާން ބަލައިލިއެވެ. އެވަގުތު ދަވަމުން ކަހަލަ ގޮތަކަށް އެދިމާއަށް އަންނަމުންދިޔަ އޫޝާ ފެނި މުސްކާންގެ މޫނު މިލައިގެންދިޔައެވެ. ރުހައިމް ގޮވައިގެން އޭނާ ބޭރަށް އައީ ދެމަފިރިން އެކުގައި ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުންވެފައި ހުރުމުންނެވެ. ނަމަވެސް ދެން އެހިތުގެ އެދުން ހާސިލް ނުވާނެކަން ވިސްނި އޭނާއަށް ތުންފިއްތައިލެވުނެވެ.

"ހައިމް... މިތަނަށް އަންނަމުން އަންގައިވެސް ނުލަމެއްނު... އަހަރެން ވެސް މިއުޅެނީ ތި ބިލްޑިންގްގަ ވިއްޔަ.. ބޭރަށް ދާނަމަ ގުޅާލައިފަ ބުނެލާނަމަ.. އަހަރެންވެސް ފޫހިވެގެން ނުކުމެ ހިނގަމުން މިތަނަށް އާދެވުނީ.. އެއްފަހަރުވެސް ހިއެއްނުކުރަން ހައިމް ފެނިދާނޭ.. މާ ރަނގަޅު ގޮތެއްނު މިވީ.." މުސްކާންގެ ހުއްދައެއްވެސް ނެތި އޭނާ އިން ބެންޗުގެ އެއްފަރާތުގައި ހުރި ހުސްތަންކޮޅުގައި އިނށީދެލަމުން އޫޝާ ބުނެލިއެވެ. މޫނަށް ވައްތަރެއް ޖައްސައިލުމާއެކު މުސްކާން އިސްޖަހައިލިއެވެ. އޫޝާގެ ވާހަކަތަކުގައި އޭނާ އެއްގޮތަކަށްވެސް ބައިވެރިނުކުރާކަން މުސްކާންއަށް ފާހަގަވުމުން އުނދަގޫ އިހުސާސެއް ކުރެވިގެން ދިޔައެވެ. އޭނާ ދެކެ އޫޝާ ގަޔާނުވާންވީ އެއްވެސް ސަބަބެއް މުސްކާންއަކަށް ނުވިސްނުނެވެ.

"އަހަރެން ގޮވައިގެން މިތަނަށް އައީ އަހަރެންގެ އަނބިމީހާ.. ދޯ މުސް.." ގަސްދުގައި މުސްކާން ބާކީކޮށްލަން އޫޝާ ބޭނުންވަނީކަން ވިސްނި ރުހައިމް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. މުސްކާން އަށް ދޯ ދިނީވެސް އޫޝާގެ އެ ބޭނުން ހާސިލްވިޔަ ނުދިނުމަށްޓަކައެވެ. އޭނާ ހުންނަ ތަނެއްގައި އެކަކަށްވެސް އޭނާގެ އަނބިމީހާ ބާކީކޮށްނުލެވޭނެކަން އަންގައިލި ފަދައެވެ.

މޫނަށް ނުބައި ގޮތެއް ހަދައިލުމާއެކު މުސްކާންއަށް ވާހަކަދައްކާނެ ފުރުސަތެއްނުދީ އޫޝާ ވާހަކަދައްކަން ފެށިއެވެ. "އޭނާއެއް ނެތް މިތަނުގައެއް.. ހައިމް މިތަނަށް ގެނެސްފަ އެކަނި ހާލަށް ދޫކޮށްފަ އެދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެ.." މުސްކާންއާ ނަޒަރު ސީދާކޮށްލަމުން އޫޝާ ބުނެލި ވާހަކަތަކުން މުސްކާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެވަރުގެ ބޮޑު ދޮގެއް އޫޝާ ހަދަންވީ ކީއްވެކަމެއް މުސްކާންއަކަށް ނޭނގުނެވެ. އޭނާގެ ކުރިމަތީގައި އޭނާއޭ ކިޔައިގެން އެވަރުގެ ދޮގެއް ހަދަން ކެރުނު މީހަކަށް އޭނާ ނެތްތަނެއްގައި އެއަށްވުރެ ވެސް ބޮޑު ދޮގެއް ހަދަން ކެރިދާނެކަން ޔަގީނެވެ. އޫޝާގެ އަމަލުތަކަށް ސަމާލުވާން އެހިނދު މުސްކާންގެ ހަވަނަ ހިއްސު އަންގައިލިއެވެ. އޫޝާގެ ނިޔަތް އޭނާއާ މެދުގައި ރަނގަޅު ނޫންކަން ވިސްނުމުންނެވެ.

"ނުވާނެ އެހެންނެއް.. މިދެލޮލަށް ނުފެނުނަސް، އަހަރެންގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް މުސްކާންއަށް އަހަރެން އިތުބާރު ކުރަން.. ދުވަހަކުވެސް އެކަނިވާން އަހަރެން ދޫކޮށްނުލާނެކަން އެއީ ޔަގީންކަމެއް.." ރުހައިމްގެ ވާހަކަތަކުން މުސްކާންއަށް ހިތްވަރެއް ލިބުނެވެ. ރުހައިމްގެ އަތުގައި ހިފައިލަމުން އެކަމަށް އެއްބަސްވެލަމުން އޭނާ އެތަނުގައި އެބަ އިނިން ކަމުގައި ބުނެލިއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު މުސްކާންގެ އަތްތިލައަށް ރުހައިމް ފިތައިލިއެވެ.

"ތީ ހީވާގޮތް.. އެއްވެސް މީހަކަށް ތިހައި ބޮޑަށް އިތުބާރު ކުރާކަށް ނުވާނެ.. އަނދިރިކަން ހަފަރާތުން ވަށައިލާ ހިނދު އަމިއްލަ ހިޔަނިވެސް އަހަރެމެން ދޫކޮށް ފިލާކަން ނޭނގޭތަ.." މަލާމާތުގެ ހިނިތުންވުމަކާއެކު އޫޝާ މުސްކާންއަށް ބަލައިލިއެވެ. އަދި ޖޯޑުކޮށްލެވިފައިވި ދެމަފިރިންގެ އަތްތިލައަށް ލަސްލަހުން އޭނާގެ ދެލޯ އަމާޒުކޮށްލިއެވެ.

"އެނީވޭސް.. އަހަރެން އެހެން ބުނީ ސަމާސައަކަށް.. ހައިމްއަށް އެފަދަ ސަމާސާ ކަމަކުނުދާނެކަން މިހާރު އެނގިއްޖެ. އެހެންނު ވާނީ.. ކައިވެނިކޮށްގެން ތިއުޅެނީ ބޯދާ ޒަމާނުގެ ބޯދާ ޚިޔާލުތަކަށް ތަރުހީބުދޭ މީހަކާވިއްޔަ.. ދުވަސްކޮޅަކުން ހައިމްގެ ވިސްނުންވެސް ހުންނާނީ އެހެން.. ތީކީ ކުރިން އަހަރެން ދަންނަ ހައިމް އެއް ނޫން.." އިންތަނުން ތެދުވަމުން އެހެން ބުނެލުމަށްފަހު އެތަނުން ދިއުމަށް އޫޝާ މިސްރާބުޖެހިއެވެ. ހަގީގަތުގައި އެދެމެދުގައިވި ވަރުގަދަ އިތުބާރާއި ގުޅުން ދެކެން އޭނާގެ ހިތަށް ކެތްނުވީއެވެ. އިތުރަށް އެތަނުގައި މަޑުކުރަން ވެއްޖެނަމަ ޒަޚަމްވެ ލޭއޮހިގެންދާނީ އަމިއްލަ ހިތުންކަން ވިސްނި އެތަނުގައި އިންނަން އޭނާ ބޭނުންނުވީއެވެ. މުސްކާންގެ ނަން ރުހައިމްގެ ދުލުން ބޭރުވެގެންދާ ކޮންމެ ވަގުތަކު އެދެލޮލުން ފައުޅުވެލާ އާދަޔާ ޚިލާފު ކުލަވަރު އޫޝާގެ ހިތަށް ތަދުކުރުވިއެވެ. މާ ގިނަ ދުވަސްތަކެއް އެމަންޒަރުތައް ބަލަން އޭނާއަށް ކެތްނުވާނެކަން ގައިމެވެ. ކޮންމެވެސް ގޮތަކުން އެދެމެދުގައިވި އިތުބާރުގެ، ބޯފާރުގައި ރެނދުލައްވަން އޭނާ ބޭނުންވެއެވެ. އޭރަށް ބަލަބަލައިހުއްޓައި އެފާރުގެ ދުވަސް ހިނގައިދާނެއެވެ. ދެމެދުގައިވި ވަރުގަދަ ގުޅުން ނެތިދާނެއެވެ. އެއްގޮތުން ނޫނީ އަނެއްގޮތުންވިއަސް އެކަން ކުރަން އޭނާ ނިންމިއެވެ.

"އޫޝާގެ ވާހަކަތަކަށް މާބޮޑަށް އަޅައިނުލިއްޔާ ރަނގަޅުވާނީ.. އޭނާގެ ވާހަކަތައް އަބަދުވެސް ހުންނާނީ އެގޮތަށް.. ކުރިންވެސް އޫޝާގެ މިޒާޖު ހުންނާނީ އެހެން.." މުސްކާންގެ އަތްތިލައިގައި ބޮޑުވައި އިނގިލީގެ ނުފުށުން ފިރުމައިލަމުން ރުހައިމް ބުނެލިއެވެ. އެއީ އެވަރުކަމެއް ނޫނޭ ބުނެ މުސްކާން ހިނިތުންވެލީ ގަދަކަމުންނެވެ. ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ދާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވެމުންދިޔައީ އިންތިހާއަށެވެ. އެޚިޔާލުތަކާ ދުރުވެލަން އުޅުނެއްކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރުހައިމް އޭނާއަށް ގޮވައިލީ މާ މަޑުން އިންނަން ފެށުމުންނެވެ. އެފިކުރުތަކާ ދުރުވެލަން މުސްކާންއަށް މަޖުބޫރުވީ ފަދައެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ވަށައިގެންވި މާހައުލަށް އޭނާ ދެލޯ ހިންގައިލިއެވެ. އެއްފަރާތުގައި ދުވެދުވެފައި އުޅެމުންދިޔަ ކުޑަކުދިންތަކެއް ފެނުމުން މުސްކާންއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އެކުދިންގެ މައުސޫމު ހަރަކާތްތަކުން ނުތަނަވަސްވެފައިވި ހިތާއި ނަފުސަށް ހަމަޖެހުން ގެނުވިއެވެ. ފަނޑު ހިނިތުންވުމަކާއެކު އެކުދިންގެ ލޯބިވެތި ހަރަކާތްތަކުގެ ވާހަކަ ގާތުގައި އިން ރުހައިމްއަށް މުސްކާން ސިފަކޮށްދޭން ފެށިއެވެ. ގެއްލިފައިވި ދިރުމާއި ޖޯޝު މުސްކާންގެ އަޑުން ފައުޅުވެލުމުން ހަމަޖެހުމުގެ ނޭވާއެއް ރުހައިމްއަށް ދޫކޮށްލެވުނެވެ. ހިނިތުންވެފައި މުސްކާންގެ ވާހަކަތައް އަޑުއަހަން އިންއިރު އެދެލޯ ކުރިމަތީގައި ސިފަވެލީ ކުޑަ ކުޑަ އާއިލާއެކެވެ. އޭނާ އާއި މުސްކާންގެ އިތުރުން އެދެމީހުންގެ ލޯބި ލޯބި ދެކުދިންނެވެ. މޫނު ސިފަކުރަން ނޭނގުނެއް ކަމަކު އެފަދަ ލޯބިވެތި ގުޅުމަކަށް އެހިތް އެދެމުންދިޔަކަން ގައިމެވެ. މުސްކާންގެ އަތްތިލައަށް ފިތައިލުމާއެކު ރުހައިމްގެ ހިނިތުންވުން ފުންވެލިއެވެ. ކޮންމެވެސް ދުވަހަކުން އެހިތުގެ މުރާދު ހާސިލްވާނެކަމާމެދު އޭނާ ޝައްކެތް ނުކުރެއެވެ.

* * * * *

ކޮޓަރީގެ މެދުގައި ދެފަރާތަށް ހިނގަމުންދިޔަ އޫޝާގެ މޫނުގައިވީ ނުރުހުމުގެ އަސަރެވެ. ރުހައިމްގެ ބަސްތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ ކެތްނުވާ ވަރަށެވެ. އޭނާގެ ކުރިމަތީގައި ރުހައިމް މުސްކާން ދިފާއުކުރިކުރުން އެއްގޮތަކަށްވެސް އޫޝާއަކަށް ކަމަކުނުދިޔައެވެ. ނިތްކުރީގައި ކަނައަތްތިލަ ހިންގައިލުމާއެކު ކަރުބުޑުން ނުރުހުމުގެ އަޑެއް ލައްވައިލަމުން އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ހަދާނެ ގޮތަކާ މެދުގައި ފިކުރުހިންގުމުގައި ވަގުތުކޮޅެއް އޫޝާ އޮތެވެ. އިރުކޮޅެއްފަހުން އެސިކުނޑިއަށް ވެރިވި ޚިޔާލާއެކު ދެލޯވިދައިގަތެވެ. ކުރިން އެކަމާ މެދުގައި އޭނާއަށް ވިސްނައިނުލެވުނީ ކީއްވެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. ވިހަ ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު އޮތްތަނުން ތެދުވަމުން އެއްފަރާތުގައި އޮތް ފޯނަށް އޫޝާ ނަޒަރު ސީދާ ކޮށްލިއެވެ. ލަސްލަހުން ފޯނު ނެގުމާއެކު އޭގެން ނަމްބަރެއް ހޯދައިލަމުން ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖަހައިލިއިރު އެދެލޮލުން ފައުޅުވަމުންދިޔައީ ކެތްތެރިކަން ކުޑަކަމެވެ.

"ޖީން.. އައި ނީޑް ޔޯ ހެލްޕް.." އެކޮޅުން ހަލޯއޭ ބުނެލުމާއެކު ލަހެއްފަހެއްނެތި އޫޝާ ބުންޏެވެ.

(ނުނިމޭ)

ނޯޓް: މި ވާހަކަ އަޕްލޯޑް ވާނީ ކޮންމެ ބުދަ އަދި ހުކުރު ދުވަހުއެވެ.

Ads by Allied Insurance
  1. ކިޔުންތެރިޔާ

    ވާނެބާ ދޯ

  2. ތި ގޮތައް ތިކަން ވިއްޔާ ވ ރަނގަ

  3. މި ހަފްތާ ބުދައިގަ ގެނެސްދިނިއްޔާ ދެންް ގެނެސް ދޭނީ އޭގެ އނެއް ހަފްތާ ހުކުރުގަ..

  4. ފާޒު

    ަި މިއަދުގެ ބައިގެ އިންތިޒާރުގަ މިހުރީީ ނައު.