Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޝަރުޢީ ދާއިރާ

ނާޒިމް ސައްތާރުގެ ރައްދު:ތުހުމަތުތަކަކީ ދޮގެއް!

ނާޒިމް ސައްތާރުގެ ރައްދު:ތުހުމަތުތަކަކީ ދޮގެއް!

ޤާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބަލަން ފެށުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަން ފަށައިފައި ވަނީ ރިހިވެއްޔާ ގުޅިގެމް ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި، މަައްސަލަ ބައްލަވާ ގާޟީ ޓެގްކޮށް ސޯޝަލް މީޑިއާގައި މައްސަލައާ ގުޅުން ހުރި ވާހަކަތައް ދައްކަމުންދާތީއެވެ.

އެގޮތުން އެ ކައުންސިލުގެ ފަރާތުން މި މައްސަލަ ބަލާ ޕެނަލްގެ ޗެއާޕަރސަން އަލީ ޝަރީފް ސޮއި ކުރައްވައި، ނާޒިމް ސައްތާރަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާގެ އެފަދަ އަމަލަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލުތަކެއް ކަމަށާއި އެއީ ވަކީލުންގެ ސުލޫކާ ހިލާފު އަމަލުތަކެއްކަމަށް ބުނެ މަހާލް ޓުއަރސްގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝިހާމްގެ ފަރާތުން ބާ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެހެންކަމުން ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލުމަށް ބާ ކައުންސިލުން ނިންމަވައިފައިވާކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

މި މައްސަލައިގައި ނާޒިމް ސައްތާރުގެ ފަރާތުން ހުށަހަޅަން ބޭނުންވާ ލިޔުންތަކާއި ހެކިންގެ މައުލޫމާތު މި މަހުގެ 19ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުމަށް ވެސް ބާ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން ނާޒިމް ސައްތާރު "ދެން"އަށް ވިދާޅުވީ، ރިހިވެލި މައްސަލައިގައި ދަށު ކޯޓުން އެ މައްސަލަ ބަލައި ނިމުނީ 31 އޯގަސްޓް 2021ގައި ކަމަށާއި ހައި ކޯޓުން މައްސަލަ ރެޖިސްޓްރީ ކުރީ 13 ސެޕްޓެމްބަރ 2021 ގައި ކަމަށެވެ.

"މި ދެމެދުގައި ކުރާ ޓްވީޓުތަކުން ނުފޫޒު ފޯރުވޭނެ މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ" ނާޒިމް ސައްތާރު ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު ޝަހީދަކީ ރިހިވެލި މައްސަލައިގެ ބެންޗުގައި އިންނެވި ފަނޑިޔާރެއް ނޫންކަން ވެސް ނާޒިމް ސައްތާރު ފާހަގަ ކުރެއްވިއެވެ.

ނާޒިމް ސައްތާރުގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅައިފައި ވަނީ، މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމްއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް