Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

އޮފިސަރުންނާއި ގައިދީން ފައްސިވެ، މާފުށީ ޖަލު ކުއްލި ހާލަތަށް

އޮފިސަރުންނާއި ގައިދީން ފައްސިވެ، މާފުށީ ޖަލު ކުއްލި ހާލަތަށް

ކ. މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް އިއްޔެ ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެންދަން ނިންމައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލުގައި ކޯވިޑް-19ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ސުންކު ނަގައިފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން 07 އޮފިސަރުންނާއި 104 ޤައިދީން އިއްޔެ ކޮވިޑަށް ފައްސިވެފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުޞޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މިއަދު ހަވީރު 4އިން ފެށިގެން މާފުށީ ޖަލު ކުއްލި ޙާލަތަށް ގެންނަން ނިންމައިފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މާފުށީ ޖަލު ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދުމީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް