Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަބްރޫކް ކޮވިޑަށް ފައްސިވެއްޖެ

މަބްރޫކް ކޮވިޑަށް ފައްސިވެއްޖެ

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ކޮވިޑް-19އަށް ފައްސި ވެފައިވާކަން ނޫސްވެރިންނަށް މިއަދު ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، އޭނާ މި ބައްޔަށް ފައްސިވީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށާއި ނޫސްވެރިންގެ ސުވާލުތަކަށް މިދުވަސްކޮޅު ޖަވާބު ނުދެއްވެނީ އެ ސަބަބާ ހެދި ކަމަށެވެ.

އަދި މިދުވަސްކޮޅު އޭނާ ހުންނެވީ ސަލާމުގައި ކަމަށާއި ސިއްޙީ ހާލުކޮޅު ރަނގަޅު ވީހާ އަވަހަކަށް މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ކޮވިޑް-19 ނޫސްވެރިންގެ ބައްދަލުވުންތަކުން އާންމުންގެ ސަމާލުކަން ލިބިގެންދިޔަ މަބްރޫކް ވަނީ ތައިލެންޑުގެ މީހަކާ މިދިޔަ މަހުގެ 24ވަނަ ދުވަހު ކައިވެނި ބައްލަވައިގެންފައެވެ. މަބްރޫކް ކައިވެނި ބައްލަވައި ގަތީ ރާއްޖެއިން ބޭރުގައިކަން ވެސް އެނގިފައިވެއެވެ.

އުމުރުން 33 އަހަރުގެ މަބްރޫކް ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ އެކު އުފެއްދި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހިސާބުންނެވެ. އެގޮތުން 2020ވަނަ އަހަރު ކޮވިޑް-19 ރާއްޖެއަށް އައުމާބއެކު، ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވައި މަބްރޫކް ވަނީ ނޫސްވެރިންނާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ވަރަށް ގާތުން މަސައްކަތް ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް