Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ނޮވެމްބަރު 3ގައި ނަމޫނާ ދެއްކެވި ފަސް ބޭފުޅަކަށް ޝަރަފުގެ އައްޑަނަ އަރުވައިފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ހިތްވަރުގަދަ ނަމޫނާއެއް ދެއްކެވި ފަސް ބޭފުޅަކަށް ނޮވެމްބަރު 3ގެ ޝަރަފުގެ ޚާއްސަ އައްޑަނަ…

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ހިތްވަރާ އެކު ހަނގުރާމަކުރެއްވި ފަސް ބޭފުޅަކަށް ޝަރަފުގެ އައްޑަނަ އަރުވައިފިއެވެ.

މި އައްޑަނަތައް ހަވާލުކޮށްދެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި ޝަރަފު އެރުވި ބޭފުޅުންނަކީ އެ ދުވަހު ސިފައިންގެ މައި މަރުކަޒުން ބޭރަށް ނުކުމެ، ދުޝްމަނުންނާ ދެކޮޅަށް ހިންގި 'ރެކީ ޕެޓްރޯލް' ތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން، އިސްލާމްދީނާއި ގައުމުގެ ދިފާއުގައި ލާމަސީލު ނަމޫނާއެއް ދެއްކެވި ބޭފުޅުންނެވެ.

ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

  • ސާޖަންޓް ފަސްޓް ކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް
  • ސްޓާފް ސާޖަންޓް (ރިޓަޔާޑް) ޙުސައިން ޢަލީ
  • ސާޖަންޓް ޙުސައިން މަނިކު
  • ކޯޕްރަލް ޢަބްދުﷲ ނަސީމް
  • ލާންސް ކޯޕްރަލް ޢަބްދުﷲ މުފީދް

މި ބޭފުޅުންގެ ތެރެއިން ޙުސައިން ޢަލީ އަކީ ފައިމަގުގައި ނުކުތް ރެކީ ޕެޓްރޯލްގެ ޓީމެއްގެ ލީޑަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޢަބްދުﷲ ނަސީމަކީ ޓާސްކް ފޯސް ތަމްރީނު ފުރިހަމަކުރައްވައި، ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މި ފަސް ބޭފުޅުންނަކީ ވެސް އެކި މުއްދަތުތަކުގައި ސިފައިންގެ ހިދުމަތުގައި ގައުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

މީގެއިތުރުން، ރޭގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ޤައުމީ ލަވަތައް ހިމެނޭ އައު އަލްބަމެއް ވެސް ނެރެދެއްވާފައެވެ. އަދި އެ އަލްބަމްގައި ހިމެނޭ ބައެއް ލަވަތައް ވަނީ މި ޖަލްސާގެ ތެރެއިން އިއްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް