ޚަބަރު

ހައުޑިގަލާއިން ގދ.އަތޮޅު ކައުންސިލުގެ މުވައްޒަފުން ބޭލުވި ވާހަކަ ފުލުހުން ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ގދ. ހައުޑިގަލާ | ފޮޓޯ: ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާ

ގދ. ހައުޑިގަލާގެ އިންސްޕެކްޝަން ހެދުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން އެ ރަށަށް ގޮސްފައި ވަނިކޮށް، ފުލުހުން ގޮސް މުވައްޒަފުން ރަށުން ބޭލުވި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

Ads by MWSC

"ދެން"އަށް މަޢުލޫމާތު ދެމުން ފުލުހުން ވިދާޅުވީ ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން އެ ރަށަށް ގޮސްފައި ވަނިކޮށް، އެ ރަށަށް އަރައިފައި ވަނީ ގަވާއިދާއި ޚިލާފަށް ކަމަށް ބުނެ، ފުލުހުން މެދުވެރިކޮށް އެރަށުން ބާލުވައިފައި ނުވާނެ ކަމަށާއި އެގޮތައް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. 

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން މިއަދު ވިދާޅުވީ އެ އިދާރާއާއި ގދ.ހައުޑިގަލާ ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފަރާތާ ދެމެދުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާއާއި އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެދުމުގެ މަތިން ގދ. ހައުޑިގަލާގެ އިންސްޕެކްޝަންއެއް ހެދުމަށް ހުވަދޫ އަތޮޅު ކައުންސިލްގެ ޓީމެއް މިއަދު ގދ.ހައުޑިގަލާގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިއަދުގެ އިސްޕެކްޝަން ހެދުމަށް ފުރުމުގެ ކުރިން ސިޓީ އަކުން އެރަށް ބަލަހައްޓާ ފަރާތަށް އެކަން އަންގާފައިވާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ ވިދާޅުވެފައެވެގދހައުޑިގަލާ ބަލަހައްޓަމުން ދަނީ ހަވަރު ސްޕޯޓްސްއިންނެވެ. 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!