ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

"އަހަރެން ބޭނުން ލޫޔާއާ ވަކިން ބައްދަލުކޮށްލަން.. މިބުނީ.. މަސައްކަތުގެ މާހައުލުން ދުރުގައި.. ލޫޔާއާ ދައްކާލަން ބޭނުންވާ ވާހަކަތަކެއް އެބަހުރި.. އުނދަގޫކަމަކަށް ނުވާނަމަ، އަހަންނާ ބައްދަލުކޮށްލެވޭނެތަ؟" ސީދާ މައުޟޫއަށް ދިއުން ކާއިލްއަށްވީ ދަތިކަމަކަށެވެ. ކާއިލްގެ ދުލުން ބޭރުވި ބަސްތަކާއެކު ސިހިފައި ލޫޔާއަށް އިސްއުފުލައި ބަލައިލެވުނެވެ. ހަތަރުކަޅި ބައްދަލުވުމާއެކު ކާއިލްގެ ފުން ދެލޮލުގައިވި ޖަޒުބާތުތައްފެނި، ރޯމަހެއް ފަދައިން ލޫޔާގެ ހިތް ތެޅިގަތީ ކުއްލިއަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކަށް އޭނާ ބަސްހުއްޓޭ ގޮތް ވިއެވެ. އެ ފުން ދެލޮލުގެ ޖާދޫގައި ޖެހި ނަފުސު ބެހިގެންދިޔަ ކަހަލައެވެ.

Ads by STELCO

"ލޫޔާ.." ބަހެއްވެސް ނުބުނެ ހުއްޓުން އަރައިފައި ލޫޔާ ހުންނަން ފެށުމުން ކާއިލް ގޮވައިލިއެވެ. ސިހިފައި އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން ލޫޔާ އިސްޖަހައިލީއެވެ. އަދި މަޑުމަޑުން ކާއިލްގެ އެދުމަށް އާނބަސް ބުނެލިއެވެ. ލޫޔާގެ ފަރާތުން ލިބުނު ޖަވާބާއި މެދުގައި ހިތްހަމަޖެހިފައި ހުރިކަން އަންގައިދިނީ ކާއިލްގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމެވެ. ތައްޔާރުވާންވީ ވަގުތެއް އޭނާ މެސެޖް ކޮށްލާނެކަމުގައި ކާއިލް ބުނެލިއެވެ. އަރުތެރެ ބެދި ވާހަކަ ދައްކަން ދަތިވެފައިވުމުން ލޫޔާ ހަމައެކަނި ބޯ ޖަހައިލީއެވެ. އިރުކޮޅަކު ލޫޔާގެ އެ ހިތްގައިމު ސޫރައަށް ބަލަން ހުރުމަށްފަހު އެތަނުން ދިއުމަށް ކާއިލް ހިނގައިގަތެވެ. އޭނާ ފަސްދީ ކާއިލް ދިއުމާއެކު އެހުރިހައިއިރު ހިފަހައްޓައިގެން ހުރި ނޭވާ ލޫޔާ ދޫކޮށްލިއެވެ. މޭގައި އޭނާއަށް ފިރުމައިލެވުނީ އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވަން ބޭނުންވެފައި ހުރެއެވެ. ހަށިފުރައި ނޭވައެއް ދޫކޮށްލުމާއެކު ލޫޔާއަށް ހިނިތުންވެވުނެވެ. އެހުރިހައި ދުވަހު އޭނާ ދެކެމުން އައި ހުވަފެން އަނެއްކާ ހަގީގަތަކަށް ވަނީ ބާވައެވެ. ކާއިލްގެ ބެލުމުގައިވި ތަފާތުކަން އޭނާ އަށް ފާހަގަވިއެވެ. އެދެލޮލުން އެކަނިވެސް ލޫޔާ އޭނާއަށް ޚާއްސަކަން ހާމަކޮށްދީފިއެވެ. ކާއިލްގެ ހިތުގައިވެސް އޭނާއަށްޓަކައި ކޮންމެވެސް އިހުސާސްތަކެއް ވާކަން ގައިމެވެ. ކުރެވެމުންދިޔަ ޚިޔާލުތަކާއެކު ލޫޔާގެ ކޯތާފަތަށް ޖަންބުކުލަ ފާއްދައިލިއެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު ލަދު ރަކި ގޮތަކަށް އޭނާއަށް އަޑު ވީއްލައި ހީނގަނެވުނެވެ.

* * * * *

އާދައިގެ މަތިން ރުހައިމް ގޮވައިގެން ހަވީރު ހިނގައިލަން ދިއުމަށްފަހު މުސްކާން އެނބުރި އައީ އިރުއޮއްސެން ކައިރިވުމުންނެވެ. އަރުންއާއެކު ރުހައިމް ކޮޓަރިއަށް ދިއައީ ވަރުބަލިވެފައިވުމުން އަރާމުކޮށްލަން ބޭނުންކަމުގައި ބުނެފައެވެ. ރުހައިމް ގޮސް ކޮޓަރިއަށް ވަނުމާއެކު މުސްކާން މިސްރާބުޖެހީ ކާއިލްގެ ކޮޓަރިއާ ދިމާއަށެވެ. މަޑުމަޑުން ކޮޓަރީ ދޮރުގައި ޓަކި ޖަހައިލަމުން މުސްކާން އަތުތެރޭގައި އޮތް ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އިރުކޮޅެއްފަހުން ކާއިލް ދޮރުހުޅުވައިލުމާއެކު އިސްއުފުލައި މުސްކާން ބަލައިލިއެވެ.

"މުސް.. ކިހިނެއްވީ އަނެއްކާ..؟" މުސްކާންގެ ފަހަތުން ގޭތެރަށް ނަޒަރު ހިންގައިލަމުން ކާއިލް އެއްސެވެ. އެހެންނާ އެގަޑިއަކީ މުސްކާން ރުހައިމް އާއެކު ވަގުތު ހޭދަކުރާ ގަޑިއެއްކަން އެހައި ދުވަސްވީއިރު ކާއިލް އަށް އެނގެއެވެ. ކުއްލިއަކަށް އެފަދަ ވަގުތަކު މުސްކާން އޭނާ ހޯދަން އައުމުން ސުވާލުއުފެދުނީ އެހެންވެއެވެ. ވަށައިގެން އޭނާއަށް ބަލައިލެވުނީ އަނެއްކާ ރުހައިމްއަށް ކަމެއް ވީ ކަމުގައި ހީކުރެވިފައެވެ. ކާއިލްއަށް ބަލައިލަމުން މުސްކާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ދޮންބޭ.. އަހަރެން ވާހަކައެއް ދައްކާލަން ބޭނުން.."

"ކަމެއް ގޯސްވީތަ؟" ސީދާ މުސްކާންގެ މޫނަށް ބަލަން ހުރެ ކާއިލް އަހައިލީ ކަންބޮޑުވެފައެވެ. އެއާއެކު މުސްކާން ދެފަރާތަށް ބޯހުރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"އެތެރަށް ވަންނަންވީނު.." މުސްކާން ބަލަން ހުރިގޮތުން އެއައީ ކޮންމެވެސް މުހިންމު ވާހަކައެއް ދައްކަން ކަމުގައި ވިސްނި ކާއިލް ބުންޏެވެ. އަދި ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވައިލަމުން އޭނާ އެއްފަރާތަށް ޖެހިލީ އެތެރަށް ވަންނަން މުސްކާންއަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ކޮޓަރިއަށް ވަނުމާއެކު އެއްފަރާތުގައި ހުރި ސޯފާގައި މުސްކާން އައިސް އިނށީނެވެ. ކޮޓަރީގެ ދޮރު ކައިރިކޮށްލަމުން ކާއިލް ވެސް އައިސް އެނދުގައި މުސްކާންއާ ކުރިމަތިވާނޭހެން އިނށީދެލިއެވެ.

* * * * *

އެކުވެރިއަކާއެކު ބޭރުގައި އުޅުމަށްފަހު ގެއަށް އައިސް ވަތް ދީމްގެ މޫނުމަތިން ފޫހިކަން ފައުޅުވެލީ ސިޓިންގްރޫމްގައި އިން ލުހާމް ފެނިފައެވެ. ވިސްނުމަކަށް ގެއްލިފައި އިން ލުހާމް ވެސް ދީމް ފެނުމާއެކު އެދިމާއަށް ބަލައިލިއެވެ. ލުހާމް އަށް ބަލައިލުމަށްފަހު ބަހެއްވެސް ކިޔުމެއްނެތި ދީމް ހިނގައިގަތީ އެތެރަށް ވަންނާށެވެ. އެވަގުތު ދީމްގެ ނަމުން ލުހާމް ގޮވައިލީ ސުވާލު އުފެދިފައި އިންފަދަ ގޮތަކަށެވެ. ފަހަކަށް އައިސް ދީމް އޭނާއާ ދުރުވެފައިވީ މިންވަރު ލުހާމްއަށް ވަނީ ފާހަގަވެފައެވެ. ކޮންމެހެން ބުނަން ޖެހިއްޖެ ވާހަކައެއް ނޫނީ ދީމް އޭނާއާ އިތުރު ވާހަކަތަކެއް ނުދައްކައެވެ. ސަބަބު ލުހާމްއަށް ނުވިސްނުނަސް، ދީމްގެ އެ ބަދަލުވެފައިވީ މިޒާޖާ އޭނާއާއި މުސްކާންއާ ދެމެދު އެރޭގައި ހިނގައިދިޔަ ހާދިސާއާ ކޮންމެވެސް ގުޅުމެއްވާކަމުގައި ލުހާމްގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އިންތަނުން ތެދުވަމުން ދީމްއާ ކުރިމަތިވާނޭހެން އޭނާ ހުއްޓުނެވެ. ހުއްޓުން އަރައިފައި، ހުރި ފިޔަވަޅުމަތީގައި ދީމް ހުންނަން ފެށުމުން އަނެއްކާވެސް ލުހާމް ގޮވައިލިއެވެ.

"ކިހިނެއްވީ..؟" ދީމްގެ އަޑުގައިވީ ރުންކުރު ކަމެވެ.

"ކޮންކަމަކާ ދޮންބެ ދެކެ ހިތްހަމަނުޖެހިގެން ތިއުޅެނީ؟ ދީމް ހިތްހަމަނުޖެހޭފަދަ ކަމެއް ދޮންބެއަށް ކުރެވުނީތަ؟" ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތް ޖަހައިލަމުން ލުހާމް އަހައިލިއެވެ.

"ތި ސުވާލު ކުރާއިރު ތީގެ ޖަވާބުވެސް ދޮންބެއަށް އެނގޭނެހެން އަހަންނަށް ހީވަނީ.." ހިތްހަމަނުޖެހިފައި ދީމް ބުންޏެވެ.

"އެނގޭނަމަކަ މި ސުވާލެއް ނުކުރީމުސް.. މުސްކާން ދިއަފަހުން ދީމް ހާދަ ބަދަލުވެއްޖޭ.." ދެބުމަ ހިތްލައިލަމުން ލުހާމް ބުނެލީ ފާޑަކަށެވެ.

"ކިހިނެއްވީ؟ މުސްކާން ނެތީމަ ދޮންބެގެ އަމާޒުފަތްގަނޑަކަށް އަހަރެން ހަދަން ބޭނުންވީތަ؟"

"ދީމް.." ދީމްގެ ވާހަކަހުރި ގޮތުން ލުހާމް ހިތްހަމަނުޖެހޭ ގޮތް ވިއެވެ. "މުސްކާންއާ ދޭތެރޭ އެފަދައިން ކަންތައް ކުރަން ކެރުނުއިރު ވަކި އަހަރެންނާމެދު އެހެން ކަންތައް ކުރަން ނުކެރޭނޭ ހީކުރާނީ ކިހިނެއް؟ ދޮންބެ ފެނުނަސް އަހަރެން ޖެހިލުންވޭ.. ނޭނގެ އަހަރެންނާ މެދުވެސް ތިސިކުނޑީގަ އެފަދަ ޚިޔާލުތަކެއް.."

"ހުއްޓާލާ.. ކީކޭ ކިޔަންތަ ދީމް ތިއުޅެނީ.. މުސްކާންއާ ދީމްއާ އެއްވަރެއް ނުވާނެ.. އެގިއްޖެތަ؟ އަހަރެން މީ ތި ހީކުރާހައި ނުލަފާ އިންސާނެއްވެސް ނޫން.." ދެއަތް މުށްކަވައިލުމާއެކު ލުހާމް ހަރުއަޑުން ބުނެލިއެވެ. ފަސްއެނބުރި ލުހާމްއަށް ދީމް ބަލައިލިއެވެ. އެދެލޮލުން ފައުޅުވާންހުރީ ފޫހިކަމެވެ. ލުހާމްއާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކަމެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު މޫނަށް ވައްތަރެއް ޖައްސައިލަމުން އެތަނުން ދިއުމަށް ދީމް އުޅުނެވެ.

"މިހުރިހައި ކަމެއްވެސް ވީ ދީމްގެ ސަބަބުން.. އަހަރެންގެ ސިކުނޑިއަށް އެފަދަ ޚިޔާލުތައް ވެރިވެފަ ހުއްޓަ އެއާ އެއްގޮތަށް އަމަލުކުރަން ހިތްވަރުދިން މީހަކީ ތީ.. އެދުވަހު މުސްކާންއޭ ކިޔައިގެން އެފަދަ ވާހަކަތަކެއް އަހަރެން ގާތު ނުދެއްކިނަމަ އަދިވެސް އަހަރެންނަށް މިހިތުގަވީ އެދުމާ އެއްގޮތަށް އަމަލުކުރަން ނުކެރުނީސް.. މުސްކާންއަކީ އެފަދަ ވިޔާނުދާ އަމަލުތައް ކުރާ މީހެއްކަން އެނގޭއިރު އޭގެ ބޭނުން ހިފުމަކުން ގޯހެއް އަހަންނަކަށް ނުފެނޭ... އެހުރިހައި ކަމަކީ މުސްކާންއަށް އާ ކަންކަމެއްވެސް ނޫން.. މިއީ ހުސް ދީމް އަހަންނަށް އޮޅުންފިލުވައިދިން ވާހަކަތަކެއްނު.. އެހައި ރުޅިއަންނަ މީހަކާމެދު މިއަދު ތިހާ ހަމްދަރުދީ ވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ.." ދަތްކުނޑި ވިކައިލަމުން ލުހާމް ބުނެލިއެވެ. ފަސްއެނބުރި އަނެއްކާވެސް ލުހާމްއަށް، ދީމްއަށް ބަލައިލެވުނީ އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި ހުރެއެވެ. ލުހާމްގެ ވިސްނުން އެހިސާބަށް ދިޔައީ އޭރު އޭނާއަށް އެފަދައިން ލުހާމް ގާތުގައި ވާހަކަދެއްކުނީމައި ހެއްޔެވެ؟ އެހެންވެއްޖެނަމަ އޭރު އޭނާއަށް ހީވީ މުޅިން ގޯސްކޮށް ހެއްޔެވެ؟ ލުހާމްގެ އަމަލުތަކުގައިވީ ލޯތްބެއް ނޫންހެއްޔެވެ؟ ވަގުތީ ކަރުހިއްކުން ފިލުވައިލުން ބާއެވެ. އޭރު މުސްކާންގެ ފަހަތުން ލުހާމް އެހައިވަރުން އުޅުނީ އެ އެދުން ފުއްދަން ހެއްޔެވެ؟ ނޭނގި ނަމަވެސް އޭނާއަށް ލުހާމްގެ އެ ޝައިތާނީ ވަސްވާސްތަކަށް ހިތްވަރު ދެވުނީ ބާއެވެ. އެހެނަސް އެދުވަހު އޭނާ ދެއްކި ވާހަކަތަކާއި މަންޒަރުތަކުގެ ހަގީގަތް އެނގެނީ ހަމައެކަނި އޭނާ އަށެވެ. މުސްކާންގެ މައުސޫމުކަން މީހަކު އޭނާއަށް އޮޅުންފިލުވައި ދޭކަށް ނުޖެހޭނެއެވެ. ހަގީގަތް އެނގިހުރެ މުސްކާންއާ މެދުގައި އޭނާއަށް އެހައިވަރަށް ހަމްދަރުދީ ވެވުނީ އެހެންވެއެވެ. ކުރެވުނު ކަންތައް ދީމްއަށް އިހުސާސުކުރެވުނީ އަދި ކިރިޔާއެވެ. ތުންފިއްތައިލުމާއެކު އޭނާއަށް އިސްޖަހައިލެވުނީ އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ވަރުންނެވެ. ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އެރޭގައި މުސްކާންގެ މޫނުމަތިން ފައުޅުވާންހުރި ހިތްކަތިލާފަދަ ވޭންދެނިވި އަސަރުތައް ދެލޯކުރިމަތިން ސިފަވެލުމުންނެވެ. އޭނާ އަކީ ވެސް އަންހެނަކަށް ވީއިރު، އެފަދަ ހާލަތެއްގައި އަންހެނަކަށް ކުރުވާނެ ބިރުވެރި އިހުސާސުތައް އޭނާއަށް ވިސްނެއެވެ.

ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ލުހާމްއަށް ދީމް ބަލައިލިއެވެ. ހަގީގަތް ލުހާމްގެ ކުރިމަތީގައި ހާމަކުރުމަށް އެދި އޭނާގެ މުޅި ޟަމީރު ގޮވަމުންދިޔައެވެ. މުސްކާންގެ އެއްވެސް ކުށެއްނެތި ލުހާމްގެ ފަރާތުން އެލިބުނު އަނިޔާގައި ނުސީދާކޮށްވިއަސް އޭނާއަށް ބައިވެރިވެވިއްޖެ ކަމުގައި ސިކުނޑި ބުނަމުން ދިއުމުންނެވެ.

"މުސްކާންގެ އެއްވެސް ކުށެއް ނެތް.. ކުށްކުރެވުނީ އަހަންނަށް.. ފަހަރެއްގަވެސް އަހަރެން ހިއެއް ނުކުރަން ދޮންބެ އެފަދަ ނަޒަރަކުން މުސްކާންއާ މެދުގައި ދެކޭ ކަމަކަށް.. އަހަރެން.. އަހަރެން ހީކުރީ.. ދޮންބެ މުސްކާންދެކެ.. ލޯބި ވަނީ ކަމަށް.. އެހެންވެ އަހަރެން ބޭނުންވީ ދޮންބެގެ ސިކުނޑިން އެ ޚިޔާލުނެރި މުސްކާންއާ މެދުގައި ދެކޭގޮތް ބަދަލު ކުރުވަން.. ފަހަރެއްގަވެސް.. މިފަދައިން ހުރިހައި ކަމެއް.. ބަދަލުވެ ހިނގައިދާނެ ކަމަށް އަހަރެން.. ކުޑަކޮށްވެސް.. ހިއެއް ނުކުރަން.." ތުރުތުރުއަޅަމުންދިޔަ ތުންފަތުގައި ދަތްއަޅައިލަމުން ދީމް ދުރަށް ނަޒަރު ސީދާކޮށްލީ ލުހާމްއަށް ބަލަން ނުކެރުމުންނެވެ. ކުއްލިއަކަށް ދީމް ދައްކަންފެށި ވާހަކަތަކުން ސުވާލުއުފެދިފައި ލުހާމް ހުއްޓެވެ. ދެބުމަ ގޮށްޖެހިފައިވީއިރު އޭނާ ހުރީ ދީމްގެ މޫނުން ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި ކަހަލައެވެ.

"ތި ބުނަން އުޅޭ އެއްޗެއް ނުވިސްނުނު.." ހިތްހަމަނުޖެހުން ލުހާމްގެ އަޑުގައިވިއެވެ.

"އެ ދުވަހު.. އަހަންނަށް ދޮންބެ ގާތު ދެއްކުނު ވާހަކަތަކާ.. އެރޭ ދޮންބެގެ ދެލޮލަށް ފެނުނު މަންޒަރަކީ.. އެއްވެސް ހަގީގަތެއް ނެތް ކަމެއް.. އެއީ.. ރޭވުމެއްގެ ދަށުން.. ކުރެވުނު ކަންތައްތަކެއް.. މުސްކާންއަށް އެއިން އެއްވެސް ކަމެއް ނޭނގޭނެ.. ހުރިހައިކަމެއްވެސް ކުރީ އަހަރެން.. މުސްކާންއަކީ ކުރިންވެސް ދޮންބެ ހީކުރިފަދަ މައުސޫމު ކުއްޖެއް.. އަހަރެން... އަހަރެން ހަމައެކަނި ބޭނުންވީ ދޮންބެގެ ހިތުގަ މުސްކާންއާ މެދު ނަފުރަތު އުފައްދަން.." ގިސްގެ އަޑު ދީމްގެ އަނގައިން ބޭރުވީ ބޭއިޚުތިޔާރުގައެވެ. އަނގަމަތީގައި އަތްއެޅުމާއެކު ލުހާމްއަށް ފުރަގަސްދެމުން ދީމް ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔަ ވަރުން އެއްވެސް މީހަކާ ކުރިމަތިލާނެ ވަރެއް އޭނާގެ ހަށީގައި ނެތެވެ. އިވުނު ވާހަކަތަކުން ލުހާމްއަށް ހީވީ އޭނާގެ ދެފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ގަނޑުވެފައި މީހާ ހުރިއިރު އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައީ މުސްކާންއާ ދިމާއަށް ކިޔުނު ވިޔާނުދާ އެއްޗިއްސާއި އެކަންކަން ދޮގުކޮށް މުސްކާން ރޮއެރޮއެފައި ދެއްކި ވާހަކަތަކެވެ. މޫނުގައި އަތްހިންގައިލެވުމާއެކު ސޯފާގައި ލުހާމްއަށް އިނށީދެވުނެވެ.

* * * * *

ކާއިލްއަށް ބަލައިލުމާއެކު ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަތުގައި އޮތް ފޯނު މުސްކާން ދިއްކޮށްލިއެވެ. އިންތަނުން ތެދުވެގެން އައިސް އެ ފޯނުގައި ހިފަމުން ސްކްރީނަށް ކާއިލް ނަޒަރު ސީދާ ކޮށްލިއެވެ. މުސްކާން ދެއްކި އެއްޗެއް ކިޔަމުންދިޔަ ވަރަކަށް މަޑުމަޑުން ކާއިލްގެ ނިތަށް ޖަމާވެފައިވި ރޫތައް ފިލަމުންދިޔައެވެ. ގަބޫލުނުކުރެވިފައި އޭނާއަށް މުސްކާންގެ މޫނަށް ބަލައިލެވުނެވެ. އޭރު ހިނިތުންވެލައިގެން މުސްކާން އިނީ ކާއިލްއަށް ބަލަހައްޓައިގެނެވެ. އެމޫނަށް ވެރިވި އަސަރުތައް ފެނި މުސްކާން ބޯޖަހައިލީ ޔަގީންކަން ދިނުމުގެ ގޮތުންނެވެ. ކާއިލްގެ ތުންފަތް ދެފަރާތަށް ދެމިލީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިތަށް ލިބުނު ފިނިކަމާއެކު ﷲ އަށް ޙަމްދުކޮށްލެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

(ނުނިމޭ)

Ads by Ooredoo
  1. މާމާ

    ވަރަށް ރީތި.. ތަންކޮޅެއް ކުރީ .ކިޔާހިތުން އިންދާ އެނިމުނީ

  2. ނައު ގެ ބޯއީފްރެންޑް .ހައިމް.

    މަ ވަރަށް ފޫހިވޭ ވާހަކަ ރީތިކޮށް ކުރިޔަށް ގެންގޮސް އަނެއްކާ ފަހަތައް ޖައްސަންޏާ �
    އެކަމަކު ވެސ ލަވްޔޫ ބޭބް