Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަނާ ތަކެތި އެންމެ ގިނައިން ވައްދައިފައި ވަނީ މާފުށީ ޖަލަށް

މަނާ ތަކެތި އެންމެ ގިނައިން ވައްދައިފައި ވަނީ މާފުށީ ޖަލަށް

ޖަލަށް ވެއްދުން މަނާ ތަކެތި އެންމެ ގިނައިން މިދިޔަ އަހަރު ވައްދައިފައި ވަނީ، މާފުށީ ޖަލަށްކަން ހާމަވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މުއައްސަސާއިން މިދިޔަ އަހަރު ހިންގި އޮޕަރޭޝަން ތަކުން، މާފުށީ ޖަލުން ވަނީ 332 މޮބައިލް ފޯނާއި، 244 ޗާޖަރާއި، 314.59 ގްރާމު މަސްތުވާތަކެއްޗާއި 282 ސިމް ކާޑު ފެނިފައެވެ.

މާފުށީ ޖަލުގެ އިތުރުން މި އޮޕަރޭޝަންތައް ވަނީ މާލެ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ވެސް ކުރިއަށް ގެންގޮސްފައެވެ.

Advertisement
HDC — Sidebar (box)

އެގޮތުން މިދިޔަ އަހަރު 23 މޮބައިލް ފޯނު މާލެ ޖަލުން ހޯދައިފައިވާ އިރު، އައްސޭރި ޖަލުން 51 ފޯނު ހޯދައިފައިވެއެވެ. މާލެ ޖަލުން މިދިޔަ އަހަރު 5 ފޯނު ޗާޖަރު ހޯދައިފައިވާ އިރު، އައްސޭރި ޖަލުން ވަނީ 24 ޗާޖަރު ހޯދައިފައެވެ.

މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް މާލެ ޖަލުން ފެނިފައެއް ނުވެއެވެ. އައްސޭރި ޖަލުން ވަނީ 394.18 ގްރާމް މަސްތުވާތަކެތި ހޯދައިފައެވެ. އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދިފައި ވަނީ ވެސް އައްސޭރި ޖަލުން ކަމަށް ކަރެކްޝަންސްގެ ހިސާބުތަކުން ހާމަވެއެވެ.

ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި މާލެ ޖަލުން ހޯދައިފައި ވަނީ 15 ސިމް ކާޑެވެ. އަދި އައްސޭރި ޖަލުން 36 ސިމްކާޑު ހޯދައިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް