Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދެން: މޯދީ

ރައީސް ސޯލިހަށް އަވަސް ޝިފާއަކަށް އެދެން: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު ވަނީ އެމަނިކުފާނު ކޮވިޑް-19އަށް ފައްސިވިކަން ހާމަކުރައްވައިފައެވެ. އެމަނިކުފާނު ބައްޔަށް ފައްސިކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުފުޅު ކުރެއްވުމުގެ ކުރިން، ރޭ ހެއްދެވި ޕީސީއާރް ޓެސްޓުގެ ނަތީޖާއިންނެވެ.

މޯދީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޞާލިޙަށް އަވަސް ޝިފާއަކަށް އަދި ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި އެމަނިކުފާނުގެ ހެޔޮ އެދުންތައް ވަނީ ދިވެހި ރައްޔިތުންނާއެކުގައި ކަމަށާއި، ކޮވިޑް-19އާއި ގުޅިފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ދިވެހި ރައްޔިތުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރައީސް ޞާލިހު ކުރައްވާ މަަސައްކަތަށް އިންޑިއާއިން އަބަދުވެސް އެހީތެރިވާނެކަމުގެ ޔަގީންކަން ވެސް މޯދީ ވަނީ އަރުވައިފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާ-ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ކޮވިޑް-19އިން ދިފާއުވާނެ ވެކްސިން އިންޑިއާއިން އެންމެ ފުރަތަމަ ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް