ދުނިޔެ

ހަތަރުވަނަ ޑޯޒާ އެކު އުމުރުން ދުވަސްވީ މީހުންނަށް ދެގުނަ ރައްކާތެރިކަން ލިބޭ: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ޓަކައި ވެކްސިންގެ ބޫސްޓަރު ދެވަނަ ޑޯޒް (ހަތަރު ވަނަ ޑޯޒް) ޖަހައިފައި ތިބި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޮޑު ރައްކާތެރިކަމެއް ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލުގެ ސިއްހަތާ ބެހޭ އިދާރާއިން އާއްމުކޮށްފައިވާ ޑޭޓާތަކަށް ހަވާލާދީ، އެ އިދާރާއިން ވިދާޅުވީ، ތިން ޑޯޒް ވެކްސިން ޖަހައިފައި ތިބި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވުރެ، ހަތަރު ޑޯޒް ޖަހައިފައި ތިބި މީހުން ކޮވިޑް-19 ޖެހިގެން ބޮޑު ވަރުވުމުން ހަތަރުގުނަ ރައްކާތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ބަލި ޖެހުމުން ދެގުނަ ރައްކާތެރިކޮށްދޭ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އިސްރާއީލުގެ ހެލްތު މިނިސްޓްރީ މި ޑޭޓާތައް އާއްމުކޮށްފައި ވަނީ އިސްރާއީލުގެ ޝެބާ މެޑިކަލް ސެންޓަރުން މިދިޔަ ހޯމަ ދުވަހު އާންމުކުރި ޕްރިލިމިނަރީ ދިރާސާއަކުން ހަތަރު ޑޯޒް ޖަހި ނަމަވެސް އޮމިކްރޮންއިން ސަލާމަތް ނުވެވޭނެ ކަމަށް ދައްކައިފައި ވަނިކޮށެވެ. އެ ދިރާސާގައި ބުނެފައި ވަނީ ހަތަރުވަނަ ޑޯޒާ އެކު ހަށިގަނޑުގައި އެންޓިބޮޑީސްތައް އިތުރުވި ނަމަވެސް، ބަލިން ފުރިހަމަ ރައްކާތެރިކަމެއް ނުލިބޭ ކަމަށެވެ.

އިސްރާއީލުން ފައިޒަރ ވެކްސިންގެ ހަތަރުވަނަ ޑޯޒް ދޭން ފަށައިފައި ވަނީ މިމަހުގެ ކުރީކޮޅުއެވެ.

Ads by Allied Insurance
  1. Anonymous

    ހެޔޮ ދެން ނުޖެހޭނެ

  2. ބައިމޫނާ

    ޜާއްޖޭގެ އިވިލް ވެކްސިން ގޭންގް

  3. މުޑޭ

    ސިއްހީދާއިރާގެ ވައިސްތައް ޖޯޑްކޮއްގެން ބަލިތައް އުފެއްދުން މަނާކުރަންޖެހެއެވެ. ބައިލޮޖިކަލް ހަތިޔާރު އުފެއްދާ ކުންފުނިތަކުގެ ސައިސްވެރިންނަށް ފާރަވެރި ބަޔަކު އިސްކޮއްތިބެންޖެހޭ؟ އަދި އެއްބައްޔަކައް އެއްޑޯޒައްވުރެ ގިނަވެކްސިން ނޫފެއްދޭ ގޮތް ހަމަނުޖައްސާފިނަމަ އިންސާާނުން ކޮވިޑްފަދަ ބޮޑެތިމުސީބާތައް ހުއްޓުވުމަކައް ގެނެވިދާނެ. ދުނިޔޭގައި ތިބި އެއްމެމުއްސަންދި ބިލިނިޔަރުން ހިއްސާއޮންނަ ފައިޒާ ކުންފުނިތަކުން ލިބޭނެ ނަފާތަކައް އެތިބީ ހައްދުފަހަނައަޅާފައެވެ.