ޚަބަރު އިޖުތިމާޢީ

މާފުށީ ޖަލުން ފައްސިވާ އަދަދު ގިނަ ވަނީ، ހަރަކާތްތެރި ވޭދަނައިގެ އަދަދު 51އަށް!

ރައުފާ ރަޝީދު ، ދެން އޮންލައިން

ކ. މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 51 މީހުން އެބަތިބި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

Ads by STELCO

އެ އިދާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މާފުށީ ޖަލުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ތިބީ 7 އޮފިސަރަކާއި 44 ގައިދީއެކެވެ. ފައްސިވި ގައިދީންނާ ގާތުން އެއްްތާވި މީހުންގެ ގޮތުގައި 210 ގައިދީއަކު ފާހަގަކުރެވި އެމީހުން ވަނީ އެކަހެރިކޮށްފައެވެ.

މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. މާފުށީ ޖަލުން އެންމެ ފުރަތަމަ ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.

އެގޮތުން އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!