ޚަބަރު

ކޮވިޑް ބަލީގައި އިތުރު މަރެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ބުނީ، މިއަދު ފަތިހު 3:04 ހާއިރު، ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 73 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ(އެޗްއެމްއެފް)ގައި ނިޔާވި އެ މީހާއަކީ ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 278 ވަނަ މީހާއެވެ.

އިއްޔެ އެކަނި ވެސް ރާއްޖެއިން 2،180 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!