Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

2.2.22: ރީތި ތާރީޚުގައި ވަރީގެ 17 މައްސަލަ

2.2.22: ރީތި ތާރީޚުގައި ވަރީގެ 17 މައްސަލަ

މިއަހަރުގެ އެންމެ ރީތި ތާރީޚު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ 2.2.22ގައި ވަރިއާ ގުޅޭ 17 މައްސަލައެއް ބަަލަން ފެމިލީ ކޯޓުގައި ތާވަލުކޮށްފިއެވެ.

މިއަދު ފެމިލީ ކޯޓުގައި 25 މައްސަލައެއް ބަލަން ތާވަލުކޮށްފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައީ ވެސް ވަރީގެ މައްސަލަތަކެވެ. އަދި މިއަދު ހެނދުނު 8:45ގައި އެންމެ ފުރަތަމަ ފަށައިފައި ވަނީ ވެސް ވަރީގެ މައްސަލައެކެވެ.

މިއަދު ތާވަލުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 12 މައްސަލައަކީ ވަރިވުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތަކެވެ. އަނެއް ފަސް މައްސަލައަކީ ވަރި ސާބިތުކުރުމާ ގުޅޭ މައްސަލަތަކެވެ.

Advertisement
Ooredoo — Square (box)

މި އަހަރުގެ މި ރީތި ތާރީޚުގައި 39 ކައިވެނި ކޮށްދިނުމަށް ވެސް ފެމިލީ ކޯޓުގައި ތާވަލު ކޮށްފައިވެއެވެ.

ފެމިލީ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 2،399 ކައިވެންޏެއް މިދިޔަ އަހަރު އެ ކޯޓުން ކޮށްދީފައިވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު 1،192 ވަރި ރަޖިސްޓްރީ ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް