ސިޔާސީ

ސަރުކާރާ ދެކޮޅަށް ނުކުންނަ ފެނަކައިގެ މުވައްޒަފުންނަށް ވަޒީފާ ދޭނަން: ނިމާލް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ފެނަކައިގެ ކުރީގެ އެމްޑީ ނިމާލު--

ސަރުކާރާ ދެކޮޅަށް ނުކުންނަ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

Ads by MWSC

ނިމާލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބޭރުގެ ނުފޫޒަށް އަޅުވެތިވެފައިވާ މި ކޮރަޕްޓް ސަރުކާރާ ދެކޮޅަށް ފެނަކައިގެ މުވައްޒަފުން ނުކުމެއްޖެ ނަަމަ، ޕީޕީއެމްގެ ވެރިކަމެއްގައި އެ މުވައްޒަފުންނަށް ވަޒީފާ ދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެން އޮތީ މަދު ދުވަސްކޮޅެއް ކަމަށާއި، ފެނަކައިން ވަޒީފާ ގެއްލިއްޖެ ނަމަ، މާ އުފާވެރި ފުރުސަތުތައް ލިިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ފެނަކައިގެ އެމްޑީކަން ކުރެއްވި ދުވަސްވަރުގެ ފޮޓޯއެއް ހިއްސާ ކުރައްވައި، ނިމާލު ކުރެއްވި ޓްވީޓުގައި އެނބުރި އަންނާނެކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނިމާލު މިހެން ވިދާޅުވިއިރު، ސަރުކާރާ ދެކޮޅަށް އަޑު އުފުލައިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އަލުން ވަޒީފާ އިޔާދަކޮށްދެއްވާނެ ކަމަށް ދާދި ފަހުން ރައީސް ޔާމީން އަބްދުލްގައްޔޫމު ވެސް ވިދާޅުވިއެވެ.

  1. މަޗޭ

    ތި…ނަން ރަގަޅު މުސާރައެއް ދެވުނީކީނޫން، ދެއްކޮން ،،، ވީދޭކަށް

  2. ގާދިރު

    ވެރިކަން ލިބެންްދެން ހަމައެކަނި ޕީޕީއެމްގެ ކުދިންނަށް ވަޒީފާ ދޭން މަޑުކޮށްލާ

  3. މަމީ

    ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުންނަން ގޮވުމަކީ ވަރަށް ރަނގަޅު ކަމެއްތ! ކިޔެކޭ ތިޔަ ކިޔެނީ ކޮޔާ!

  4. މިތުރު

    އައުޓް އެއްވުން ތަކުން ސައިޒު ރަންކޮޅާ ސާފު. އެނުރި އަންނަން ކުރަންޖެހޭ ވަރަށް ވޯކްސް އެބަހުރި، ފަސްޓަކަމަކީ ސްޕޯކް ޕާސަން ބަދަލު ކުރަންޖެހޭ، ދެން ޕީއެންސީގެ ލީޑަރަށް ލިޔަން ދަސްކޮށްދެއްވަން އެބަޖެހޭ