ޚަބަރު ސިޔާސީ

ދިރާސާ ނިމުމަށް ފަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ހަދާ ދިރާސާ ނިމުމަ ށްފަހު، އެދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭނު ޖަލްސާގައި މިއަދު ކޮމަންޑޫގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެއްޓެވުމަށް ބޭއްވި ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ކޮމަންޑޫގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމީ ކަމާ ގުޅޭ ދިރާސާތަކެއް ހެއްދެވުމަށްނފަހު އެ ދިރާސާގެ ނަތީޖާއަށް ބަލައިފައި ކަމަށެވެ. އެ ދިރާސާގެ ލިޔުން ވެސް ރައީސް ވަނީ މިޖަލްސާގައި ދައްކަވައިލައްވައިފައެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑިއާ ނުލައި 12،628 ރުފިޔާއިން 19،740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށާއި އެއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.

ކޮމަންޑޫގައި މިހާރު ކުރިއަށްދާ އެ ޖަލްސާގައި ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މިހާރު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލަކަށް މެއި މަހުން ފެށިގެން 32،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 13،000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ފަހު ދެން ބޮޑު ކުރާނީ ސިއްޙީ ދާއިރާގެ މުސާރަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރެވޭނީ ދިރާސާތަކަށްފަހު ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާއިރު، ފަންނީ މުވައްޒަފުންނާއި އެ ދާއިރާގެ އެހެން މުވައްޒަފުންގެ މުސާރަތައް ވެސް ބޮޑުވާނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކަރުގެ

    ހުސް ދަޅަ
    މާތްކަލާކޯ ނުހެއްލެތީ މި މީހުން ދައްކާ ވާހަކަތަކަށް
    ހެއްލުމަކީ ގެއްލުމެއ