ޚަބަރު ސިޔާސީ

ރޮޒައިނާ ޕީޕީއެމަށް: ރިޔާސީ ކެނޑިޑޭޓް އަވަހަށް ބަދަލުކުރޭ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް--

ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ނާކާމިޔާބު ވުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ކެނޑިޑޭޓް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވައިލައްވައިފިއެވެ.

Ads by MWSC

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ރައީސް ޔާމީން މިހާރު މިނިވަނެއްގެ ގޮތުގައި ހުންނެވި އިރު، އެމަނިކުފާނަށް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް ހުރަހެއް ވެސް ނެތެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ޕީޕީއެމް މިފަހަރު ބަލިވީ، ފެއިލްވެފައިވާ ބޭފުޅެއް ލީޑަރެއްގެ ގޮތުގައި ހުންނެވުމުން ކަމަށެވެ.

"ނެތް އިތުބާރެއްގައި ރައްޔިތުންނެއް ދެން، ރައީސް ޔާމީނަކަށް ވޯޓެއް ދޭކަށް ނެތް. މިހާރު ވެސް އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ރައީސް ޔާމީން ނުކުމެވަޑައިގެން އަޅުގަނޑުމެންނާ ޖެހިގެން އޮތް ގައުމަށް، އިންޑިއާ އައުޓް ކިޔައިފައި ނުކުމެ، އެ ހިންގަވާ ކަންތައްތަކާ ހެދި." އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ "އިންޑިއާ އައުޓް" ކެމްޕެއިން ސިފަ ކުރެއްވީ ހަޑި މުޑުދާރު އަަމަލެއްގެ ގޮތުގައެވެ. އަދި ވަކި ގައުމަކާ ޖައްސައިލައިގެން، ރައީސް ޔާމީން އުޅުއްވާ ގޮތަށް އެހެން ވެރިޔަކު ނޫޅުއްވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

އެމްޑީޕީން މިފަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑި ދިފާއު ކުރީ ހަނި ތަފާތަކުން ކަމުގައިވާއިރު، މިއީ ސަރުކާރުން ފޯރުވި ނުފޫޒުތަކަށް ބަލާއިރު، ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފައެވެ. އެ ކޯލިޝަނުން ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގި ކަންކަން ބަލާނެ މުއައްސަސާއެއް ވެސް ނެތުމުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ads by Allied Insurance
  1. ިއަހުމަދު

    ދިކަހަލަ ވަގުން ބަދަލު ކުރަންވީ ލަތެއް ނުކަނޭ އަކަ އަރުވާރު ހުރިހާ ވަގުން ނާ 1 މީހަކާ ހުރި ފަރަކު ބަލާ އޭގެ ފަހުން އަކަ އަރުވާ މީގެ ކުރިން ކަލޭ އަނިމެނޭ ކިޔާގެން ވެސް އެޖެހިކީ މިހާރު ލިބޭ ރުފިޔާ ހެދީ ދިއްތެލެނީ

  2. އަމާނީ

    ކަމަނާ ހަމަހޭގަތޯ ތިއިންނެވި 1402 ހަތަބަޔަށް 350 ރ ޔާމީން އެކަނި 1161 މިވަރުނޭނގޭ ބަޔަކު އަތްޖަހަންވާނެ ބޮޑިބަތްވެސްކަށްކަންވާނެ

  3. ނަދާ

    ރޮޒޭ ބުނަންތަ ކަލޭވި ނާޝިޒް އާއި އެމްޑީޕީ އިން ވެސް ވަކިވާން އެމްޑީޕީ ގައި ކަލޭއުޅުނަސް މަށެއް ކަލެއަކަށް ސަޕޯޓެއް ނުކުރާނަން މަވަރަށް ފޫހިވާ މީހެއްތި

  4. ޙަބީބު.

    ޕީޕީއެމްމޮޅުވީ ވަލުގެ ދެކޮޅައް ހަމަޔައް މީހުންލައިގެން ދެމީމަ މޮޅުވާ ބަޔަކު އަސްލު އެނގޭނީ ޔަމިނު އެކަނި އެއްކޮޅުގަހުރެ އިންޑިޔާގެ ބީޖޭޕީ އެމްޑީޕީ ޖޭޕީ އަދާލަތު އެމްއާއުއެމް ޑީއާރުޕީ ދެމީ އެވަރުންވެސް 200 ވޯޓު އިތުރުވެގެން ތިޔަތެޅިފޮޅެނީ ބޮޑެތިހައިމާކާ މަހާޖައްރާފާ ކަނދުފައްޗާ ދެކޮމަންޑޫގަ ޖަހާފަ ދެމީމަ ލަދުކޮބާ ވާހަކަ ދައްކަން

  5. ގޮފަޅު

    ރުޒޭނާވެސް އެމްޑިޕީ އިން ވަކިވެ އެކަނިމާއެކަނި ޕާޓީއެއްހިންގާ ބަލަ.! ލަދެއްނުގަނޭތަ ފާޑު ފާދަށް އަނގަ ހަލުވާކަށް މާތާހިރު މީހެއްނޫން ތީކީ، ތިގޮތަށް އަނގަފަތުރަ ފަތުރާތިއްބާ ނޫންބާ ޕީޕީއެމުން މާލެސިތީ ކައުންސިލ ބޮދު ތަނުން ނެގީ، އެހެން ވީމާ ތިޕާޓީގަނދު ވެސް ރައީސް ވެސް ވައްސަލާމް ބުނެފަ ފެއްސެން ވެއްޖެ ނޫންބާ، ރޔާމީނާ އަބަދު އަބަދު ޖެހިގަނެގެން ތި އުޅެނީ އަޅެ ފަހެ ތިމާގެ ފިރިމީހާ ދެކެ ފޫހިވެގެންތޯ، ރޔާމީން މާރަނގަޅުވީތޯ؟