ދިގު ރަށުގައި މިސްކިތެއް އެެޅުމަށް ބަޔަކާ ހަވާލު ކޮށްފި

އދ.ދިގުރަށުގައި މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މި މަސައްކަތް ހަވާލު ކޮށްފައިވަ ނީ އަލާފް ޕްރައިވެޓް ލިމިޓެޑާއެވެ. 7.3 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އިމާރާތް ކުރާ މި މިސްކިތަކީ 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ މިސްކިތެކެވެ.
މި މިސްކިތުގެ މަސައްކަތް ނިންމަން ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ހާއްސަ އިސްކަމެއްދޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.