ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ބޭރުގައި މަޑުކޮށްލައިގެންތިބި ރުހައިމްގެ އާއިލާއަށް އެޚަބަރު ދިނުމަށްފަހު ޗާލްސް މިސްރާބުޖެހީ އޭނާގެ ކެބިންއާ ދިމާއަށެވެ. ލިބުނު ޚަބަރާއެކު ރޮއެގަންނަމުން ރައުލާއަށް މާލިކްގެ މޭގައި ލައްވެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. އިތުރަށް އެންމެ ސިކުންތެއްވެސް ކެތްކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. މާލިކްއާ ދުރުވެލުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އައިސް ރުހައިމް އޮތް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

Ads by MWSC

ކޮޓަރީގެ ދޮރު ހުޅުވުމާއެކު އެދިމާއަށް ރުހައިމްގެ ނަޒަރު ދަތުރުކޮށްލިއެވެ. ނަމަވެސް ލޮލަށް ފެންނަމުންދިޔަލެއް ފުސްކަމުން ދޮރުމަތީގައި ހުއްޓިހުރީ ކާކުކަމެއް އޭނާއަށް ވަކިވާގޮތެއް ނުވިއެވެ. އޭނާއަށް ބަލަހައްޓައިގެން އިން ރުހައިމް ފެނުމާއެކު ރައުލާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނީ ގިސްގެ އަޑު އަނގައިން ބޭރުވެދާނެތީ ޖެހިލުންވީ ވަރުންނެވެ. ހާސްވެފައި ހުރި ކާއިލް އެއްފަހަރު ރައުލާއަށް އަދި އަނެއްފަހަރު ރުހައިމްއަށް ބަލަމުންދިޔައީ ކަންތައްވެދާނެ ގޮތަކާމެދު ފިކުރުކުރަމުންނެވެ. ރުހައިމްއަށް އެއީ ރައުލާކަން އެނގިއްޖެނަމަ ކަންތައް ގޯސްވެދާނެތީ އޭނާ ކަންބޮޑުވީއެވެ. އިޝާރާތުން މަންމައަށް އެވަގުތު އެތަނުން ދިއުމަށް ކާއިލް ބުނެލި ނަމަވެސް އެތަން ފެނުނުކަމަކަށް ރައުލާ ނުހެދިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ. ދަރިފުޅާ ދުރުގައި އިތުރަށް ހުންނަން ދަތިވީއެވެ. ކޮންމެ ފަދަ ގޮތަކަށް ކަންތައްވި ނަމަވެސް ރުހައިމްއާ ކުރިމަތިލާން އޭނާ ބޭނުންވިއެވެ. ހިތްވަރުކޮށްލައިފައި ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އޭނާ ރުހައިމްއަށް ގޮވައިލިއެވެ. އެއަޑުގައިވީ ކުލުނާ ލޯތްބެވެ. ވޭނާއި ކެކުޅުމެވެ. އެތައް ދުވަހަކު ހިތުގައި ފުނިޖެހިފައިވި ޝަކުވާއާއި ހިތްދަތިކަމެވެ. ހުއްޓުން އަރައިފައި ރުހައިމް އިންނަން ފެށުމުން އަނެއްކާވެސް ތުރުތުރުއަޅަމުންދިޔަ އަޑުން ރައުލާ ރުހައިމްއަށް ގޮވައިލިއެވެ.

ރައުލާގެ އަޑު ކަންފަތުގައި ޖެހުމާއެކު އެއީ ކާކުކަން ރުހައިމް ދެނެގަތެވެ. ވަގުތުން އޭނާ އިސްޖަހައިލީއެވެ. އެ މަންމައާ ކުރިމަތިލުމަށް އޭނާ ލަދުގަތީ ކަހަލައެވެ. ބަހެއްވެސް ނުބުނި ތަނުގައި ހަރަކާތެއްވެސް ކޮށްލާކަށް ރުހައިމް ނޫޅުނެވެ. ކަންބޮޑުވުން ކާއިލްގެ މޫނުން ފައުޅުވެލިއެވެ. ހަދާނެގޮތެއް ނުވިސްނިފައި އިސްތަށިގަނޑުގައި އޭނާއަށް އަތްފުނާ އަޅައިލެވުނެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވެމުންދިޔައީ އެނގިހުރެ ރުހައިމް ނުރުހޭފަދަ ކަމެއް ކުރެވުނީތީއެވެ. އެހެނަސް ދެން ކުރެވޭނެ އިތުރުކަމެއް ނެތެވެ. ކާއިލްގެ ތުންފަތް ހަރަކާތްކޮށްލީ އެއްޗެއް ބުނަން ކަހަލައެވެ. ނަމަވެސް އޭގެކުރިން ރައުލާ ވާހަކަދައްކަން ފަށައިފިއެވެ. ހިމޭންކަން ޚިޔާރުކުރަން ކާއިލްއަށް މަޖުބޫރުވީއެވެ.

ރޮވިފައި އިން ރައުލާ މަޑުމަޑުން އައިސް ރުހައިމް އިން އެނދުގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިނށީނަމުން ފުންނަޒަރަކުން ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ. އެތައް ދުވަހެއް އެ ދަރިފުޅާ ދުރުގައި އޭނާ ހޭދަކޮށްފިއެވެ. ހަމަލޮލަށް ލޯބިވާ ދަރިފުޅު ދުށުމުގެ ނަސީބު ނުލިބުނު ތަނުގައި އެދަރިފުޅުގެ އަޑު އަހައިލުމުގެ ނަސީބުވެސް އޭނާއަށް ނުލިބުނެވެ. ކާއިލްގެ ހިތް އެމީހުންގެ މައްޗަށް ސާފުކުރިއިރު ރުހައިމްގެ ހިތުގައިވީ ގިލަންވެރިކަމެވެ. އެހެނަސް އޭނާ ފެނުމުން ރުހައިމްގެ ފުށުން އެއްވެސް ނުރުހުމުގެ އަސަރެއް ފައުޅުނުވީތީ ރައުލާ ހައިރާންވިއެވެ. އެހެންނާ ރުހައިމްއަކީ އެމީހުންގެ ނަން އިވުނަސް ރުޅިގަދަވާ ކުއްޖެކަން ރައުލާއަށް އޮޅިފައެއް ނެތެވެ. ރުހައިމްގެ އެ ހިމޭންކަމުން ރައުލާއަށް ލިބުނީ އައު ހިތްވަރެކެވެ. ހިތުގައިވި ހުރިހައި އުދާހެއް ބޭރުކޮށްލުމަށް ނަފުސު އެދިގަތެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމާއެކު އޭނާ ރުހައިމްގެ ކޮނޑުގައި ފިރުމައިލިއެވެ.

"ދަރިފުޅާ.. އަދިވެސް މަންމަ ދެކެ ނުރުހިފަތަ؟ މަންމަ ގަބޫލުކުރަން.. އޭރު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. ނުރުހުންވެފައި ތިބުމުގެ ހައްގު ދަރިފުޅުމެން ދެކުދިންނަށްވެސް އެބަ އޮތް.. އެކަމަކު.. އެކަމަކު.. މި ނިކަމެތި މަންމައަށް މަޢާފުކޮށްދީ... މަންމައަށް ކުރެވުނު ކުށަށް ތިހާބޮޑު ސަޒާއެއް ނުދީ.. ދަރިފުޅުމެންގެ ދިރިއުޅުމާ.. މަންމަ ވަކި.. ނުކުރޭ... ތިދެކުދިންނަކީ މަންމަގެ މިލްކިއްޔާތުގައިވާ އެންމެ އަގު ބޮޑު ޚަޒާނާ.. އޭރު އެކަން މަންމައަށް ނުވިސްނުނީ... ދިރިއުޅުމުގެ ހަގީގީ ފޮނިކަމާ އޭގެ ފުރިހަމަ މޭވައަކީ ދަރިންކަން ނޭނގުނީ... މަންމަ އަކީ ވެސް އިންސާނެއް... ކުރެވުނީ ކުށެއް... ކޮށްގެން ނުވާނެ ވަރުގެ ކުށެއްކަން ވިސްނޭ.. އެކަމަށްޓަކައި މަންމަ ދެރަވެ ލަދުވެތިވޭ... އަމިއްލަ ނަފުސު ކުށްވެރިކޮށް މިދެލޮލުން ކަރުނަ ނުއޮހޮރޭ އެންމެ ދުވަހެއްވެސް ނުދޭ... ދަރިފުޅުމެން ދެކުދިންދެކެ ވެސް މަންމަ އިންތިހާއަށް ލޯބިވަން... މަންމައަށް ހެޔޮ ވިސްނުން މާތް ރަސްކަލާނގެ މިންވަރުކޮށްދެއްވައިފި... މަންމަގެ ކުށަށް ތައުބާ ވެއްޖައިން.. ހެޔޮނުވާނެ ދަރިފުޅާ.. މަންމައަށް މަޢާފުކުރޭ.. އާދޭސްކުރަން.." ރުހައިމްގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށްލުމާއެކު ގިސްލަ ގިސްލައިފައި ރައުލާ ރޮއިގަތެވެ. މައިވަންތަކަމުގެ ޖަޒުބާތުތައް އުތުރި އެރުމާއެކު އެދެލޮލުން ކަރުނައިގެ ސިފައިގައި ބަންޑުންވަމުން ދިޔައެވެ.

ހިމޭންކަމާއެކު ރައުލާގެ ވާހަކަތައް އަޑުއަހަންއިން ރުހައިމްގެ ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެތް ވެއްޓުނުކަން އޭނާ ނުދެނަހުއްޓެވެ. މަންމަގެ ވާހަކަތަކުން އެހިތަށްވެސް އަސަރުކޮށްފިކަން ގައިމެވެ. އެއާއެކު ކަންފަތް ބުޑުގައި މުސްކާންގެ ވާހަކަތައް ގުގުމައިގަތީ ކެތްނުވާ ވަރަށެވެ. މުސްކާންގެ ވާހަކަތަކުން ރުހައިމްގެ ހިތުގައި މައިންބަފައިންގެ މައްޗަށް އުފެދިފައިވި ގިލަންވެރިކަން އައީ މަޑުމަޑުން ފުހެވެމުންނެވެ. އިސްވެ އެމީހުނަށް ގުޅަން ނުކެރުމުން އެހުރިހައި ދުވަހު ހިމޭނުން ހުރީއެވެ. އެމީހުނާމެދު ޚުދު އޭނާއަށްވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނި ލަދުވެތިކަމުން ނަފުސު ވަށައިލީއެވެ. ރައުލާ ފެނުމާއެކު އޭނާ އިސްޖެހީ އެހެންވެއެވެ. ބަހެއްނުބުނެ އިން ރުހައިމްގެ އަނގައިން ގިސްގެ އަޑު ބޭރުވީ ކުއްލިއަކަށެވެ. ވާހަކަދައްކަން ދަތިވެ އޭނާއަށް ރޮވެމުންދިޔައީ މާޒީގެ އެކި ދުވަސްތައް ހަނދާންވެ ހިތަށް ކުރަމުންދިޔަ އަސަރެއްގެ ސަބަބުންނެވެ. އެއަޑު އިވުމާއެކު ރައުލާގެ ހިތަކަށް ކެތެއްނުވިއެވެ. އިންތަނުން ތެދުވުމާއެކު ރުހައިމްއާ ގާތްވެލަމުން އެވަރުގަދަ ހަށިގަނޑުގައި އޮޅުލައިގަތެވެ. ދަރިފުޅާއޭ ކިޔައި ރުހައިމްގެ ނިތުގައި އޭނާ ބޮސްދިނެވެ. މެޔާލައި އެދަރިފުޅު ފިއްތައިލުމާއެކު ރައުލާގެ ރުއިންވެސް ބާރުވެލިއެވެ. ފުރަތަމަ ފަހަރަށް އެމަންމަގެ ގާތްކަން އިހުސާސުވެ ރުހައިމްގެ މުޅި ނަފުސަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތިވާފަދަ ފިނިކަމެކެވެ. ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވެލިއެވެ. ނެތެމުންދިޔަ ހަމަޖެހުން އެނބުރި އައި ފަދައެވެ. އެގާތްކަމާއި ލޯތްބަށް އެދި އޭނާ ކިހައި ދިގު އިންތިޒާރެއް ކުރިހެއްޔެވެ. މިއަދު އެހިތުގެ އެންމެ ކުޑަކުޑަ އެދުންވެސް ﷲ ފުރިހަމަކޮށްދެއްވައިފިއެވެ. ހިންދިރުވައިލުމާއެކު ލަސްލަހުން ދެއަތްގެނެސް ރައުލާގެ ކޮނޑުގައި ރުހައިމް ވަށައިލިއެވެ. އެ މަންމަގެ އަތުތެރޭގައި އޭނާ ހަމަޖެހިލީ ކުޑަކުއްޖަކު ފަދައިންނެވެ. ޅައުމުރުގައި ނުކުރެވުނު އިހުސާސެއް ކޮށްލުމުގެ ފުރުސަތު ލިބުމުން އެހިތަށް ލިބިފައިވީ އަޖައިބެއްފަދަ އުފަލެކެވެ. އެމީހުންގެ ފަހަތުގައި އެމަންޒަރުބަލަން ހުއްޓިހުރި ކާއިލްގެ ލޮލުންވެސް ކަރުނަ އޮހެމުން ދިޔައެވެ. ދުވަހަކުވެސް ރުހައިމްގެ ފުށުން ފެންނާނެކަމަށް އުއްމީދުވެސް ނުކުރާފަދަ އަމަލެއް ފެނުމުން ކާއިލްގެ ހިތަށްވެސް ހަމަޖެހުން ގެނުވިއެވެ. މައިންބަފައިންގެ މައްޗަށް އޭނާ ހިތް ސާފުކޮށްފިކަން އެކުޑަކުޑަ އަމަލުން އެކަނިވެސް ހެކިދެއެވެ. ތަންކޮޅެއްކުރިން ރުހައިމް ގާތުގައި މުސްކާން ދެއްކި ވާހަކަތައް މަތިން އެވަގުތު ކާއިލް ހަނދާންވިއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނީ ރުހައިމްގެ ފުށުން އެފެނުނު ހެޔޮ ބަދަލަކީ މުސްކާންގެ ސަބަބުން އައި ބަދަލެއްކަން ވިސްނިފައެވެ. ހެއްދެވި ފަރާތަށް އޭނާއަށް ޙަމްދުކޮށްލެވުނެވެ.

ރައުލާ އެކޮޓަރިއަށް ވަތްފަހުން މާ ގިނައިރުވާން ފެށުމުން މާލިކް ހާސްވިއެވެ. ރުހައިމްގެ އަމަލުތައް ހުންނާނެގޮތެއް ނޭނގި ކަންބޮޑުވާން ފެށުމުން ހިތްވަރުކޮށްފައި އެކޮޓަރީގެ ދޮރު އޭނާ ހުޅުވައިލިއެވެ. ދެލޮލަށް ފެނުނު މަންޒަރު ގަބޫލުކުރުން އޭނާއަށްވީ ދަތިކަމަކަށެވެ. ފިކުރުތަކުން ހިތް ބިރުގަނެފައިހުރި ސާމިޔާވެސް މާލިކްގެ ފަހަތުން ކޮޓަރީތެރަށް ބޯދިއްކޮށްލިއެވެ. މާލިކްއެކޭ އެއްފަދައިން ސާމިޔާއަށްވެސް ލިބުނީ ހައިރާންކަމެވެ. ދުރުގައި ހިނިއައިސްފައި ހުރި ކާއިލްއަށް އެދެމީހުން ބަލައިލިއެވެ. އެއާއެކު ކާއިލް ބޯޖަހައިލީ ފެންނަމުންދިޔަ މަންޒަރުގެ ތެދުކަން ޔަގީންކޮށްދޭ ފަދައަކުންނެވެ. ދުރުގައި ކެތްކުރުން މާލިކްއަށްވެސް ވީ ދަތިކަމަކަށެވެ. ރުހައިމްއަށް ގޮވައިލަމުން އޭނާ ކުރިއަށް ޖެހިލިއެވެ. މާލިކްގެ އަޑާއެކު ރައުލާގެ ހަށިގަނޑުން ދޫކޮށްލަމުން އެދިމާއަށް ރުހައިމް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެތަންފެނި ހުރިފިޔަވަޅުމަތީގައި މާލިކްއަށް ހުއްޓެވުނެވެ. އުޅެވެމުންދިޔައީ ހުވަފެނެއްގައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލިއެވެ. އެހައި ބޮޑު ބަދަލެއް ރުހައިމްއަށް އަތުވެދާނެކަމުގައި ގަބޫލުކުރުންވީ ދަތިކަމަކަށެވެ. ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ.

"މަންމަ އާއި ބައްޕަގެ މައްޗަށްވެސް އަހަރެންގެ ހިތް ހެޔޮ.. އޭރު ވިސްނާނުލައި އެފަދައިން އަމަލުތައް ބެހެއްޓުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން.. އަހަންނަށްވެސް މަންމަ އާއި ބައްޕައާމެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން... އެކަމަށްޓަކައި ތިދެމީހުންގެ ކިބައިން މަޢާފަށް އެދެން... އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އެފަދަ ގޮތަކަށް ތިއިން އެކަކާމެދުވެސް ނުހިތާނަން.." ރައުލާގެ އަތުގައި ހިފައިލަމުން ރުހައިމް ބުނެލީ މަޑުމަޑުންނެވެ. ފުޅާހިނިތުންވުމެއް ރައުލާގެ ތުންފަތަށް ވެރިވުމާއެކު ރުހައިމްގެ ބޮލުގައި ފިރުމައިލިއެވެ. ކާއިލްއަށް ގޮވައިލުމަށްފަހު ގެނެސް ރައުލާއާއި ޖެހިގެން ހުސްޖާގަ ހުންނާނެހެން ރުހައިމް އިން އެނދުގެ މަގަތުގައި ބެއިނދުމަށްފަހު އެދެމެދުގައި މާލިކް އިނށީނެވެ. އަދި ފުން ނަޒަރަކުން ދެފަރާތުގައި ފުރާފުރިހަމަވެ ޒުވާނުންނަށް ވެފައިތިބި އޭނާގެ ދެފިރިހެން ދަރިންނަށް ބަލައިލިއެވެ. ފަޚުރުވެރިކަން އެދެލޮލުން ފައުޅުވާން ހުއްޓެވެ. ދެކުދިން ގާތްކޮށްލުމާއެކު އެދެކުދިންގެ ގައިގައި އޭނާ ބައްދައިލީ ނުހަނު ލޯބިންނެވެ. އެކުޑަކުޑަ އާއިލާ އެތައް ދުވަހަކަށްފަހު ފުރިހަމަވެގެން ދިޔަ ހިނދު އެމަންޒަރުބަލަން ދުރުގައި ސާމިޔާއަކަށް ވެސް ކެތެއްނުވިއެވެ. ﷲ އަށް ޙަމްދުކޮށްލުމާއެކު އެދިމާއަށް އޭނާ ހިނގައިގަތީ ހިނިއައިސްފައި ހުރެއެވެ.

* * * * *

ހަފުތާއެއްފަހުން ގެއަށް ދިއުމުގެ ހުއްދަ ރުހައިމްއަށް ލިބުނެވެ. ފާއިތުވެ ދާންފެށި ދުވަސްތަކާއެކު އޭނާގެ ލޮލުގެ ފެނުންވެސް އައީ ލަސްލަހުން ސާފުވަމުންނެވެ. އެތަނުން ގެޔެއް ކުއްޔަށް ހިފީ އެއާއިލާ އެކުގައި ތިބެން ބޭނުންވުމުންނެވެ. ދެމަސްވަންދެން ރުހައިމްގެ ޗެކަޕްސް އޮންނާނެ ކަމުގައި ޗާލްސް ބުނެފައިވުމުން އެނބުރި ރާއްޖެ ދިއުމަށް އެމީހުން ގަސްދުކުރީ އެކަންތައް އެއްކޮށް ނިމުމުންނެވެ. ރުހައިމްގެ އޮޕެރޭޝަން ކާމިޔާބުވި ޚަބަރު ދިނަސް އެމީހުން އެނބުރި ރާއްޖެއަންނަ ދުވަހެއް މުސްކާންއަށް އަންގާކަށް ރުހައިމް ބޭނުމެއްނުވިއެވެ. އޭނާގެ ނިޔަތަކީ މުސްކާންއަށް ސަޕްރައިޒްއެއް ދިނުންކަން ވިސްނި އެކަމުގައި ކާއިލްވެސް އެއްބާރުލުން ދިނެވެ.

އުފަލާއި މަޖަލުގައި ދެމަސްދުވަސް ފާއިތުވެދިޔައީ ހީވެސްނުކުރާހައި އަވަހަށެވެ. ޑޮކްޓަރ ޗާލްސްއާއެކު ހަމަޖެހިފައިއޮތް އެންމެ ފަހުގެ ޗެކަޕް ނިންމައިލުމަށްފަހު ހޮސްޕިޓަލުން ކާއިލްއާ އެކުގައި ރުހައިމް ނުކުތެވެ. އަތުގައި އޮތް އަވި އައިނުން ދެލޯ ފޮރުވައިލުމާއެކު ވަށައިގެންވި މާޙައުލަށް އޭނާ ނަޒަރު ހިންގައިލިއެވެ. ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއްނެތި ސާފުކޮށް ރުހައިމްގެ ދެލޮލަށް މިހާރު ފެނެއެވެ. ފަނޑު ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވުމާއެކު ހަށިފުރާ ނޭވާއެއް ފަޒާގެ ތެރަށް ދޫކޮށްލެވުނެވެ.

"މިކަންވެސް މި ނިމުނީނު.. އަވަހަށް އެނބުރި ރާއްޖެ ދާހިތްވަނީ.." ކުއްޔަށް ނަގައިގެން އުޅުނު ކާރާ ދިމާއަށް މިސްރާބުޖަހަމުން ރުހައިމް ބުނެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތުކަމުން މަގުމަތީގައި ހިނގައިފައި އުޅޭ މީހުން މަދެވެ. ރުހައިމްގެ މޫނަށް ބަލައިލަމުން ކާއިލް ހިނިތުންވެލީ ލާނެއް ގޮތަކަށެވެ.

"ކިހިނެއްވީ؟ އަނބި ގޮއްޔެއާ ދުރުގަ މާ ގިނަ ދުވަސްވީ ދޯ.." ރުހައިމްގެ ކޮނޑުގައި ޖަހައިލަމުން ކާއިލް ދިމާކޮށްލިއެވެ.

"ހެހެ.. އައި ޖަސްޓް.. ކާންޓް ވެއިޓް ޓް ސީ ހާރ.."

"ސިމްޕަލް... އަހަރެން މިހާރު ބުނެފިން އަހަރެންގެ ލެޕްގަ ހުންނާނޭ ތިދެމީހުންގެ ކައިވެނީގެ ފޮޓޯތައް.. އެކަމަކު އެއިން ފޮޓޯއެއް ބަލާން ހައިމް ހަމަ ހިލާ އެއްބަހެއްނުވި.. އަނެއްކޮޅުން ވީޑިއޯ ކޯލްވެސް ކުރެވިދާނު.. އޭރަށްވެސް ތިނުފެނިގެން އުޅޭ މީހާ ފެންނާނެ.. މިހުރީ ހައްތަހައިވެސް ގޮތް ގޮތް.. އެކަމަކު ކީއްކުރާނީ.. ހަމަލޮލުން ނޫނީ މުސްކާންގެ ސޫރަ ދެކެން ހައިމް ބޭނުންނުވަނީނު.." ދެފަރާތަށް ބޯހޫރައިލަމުން ކާއިލް ބުނެލީ ހިނިއައިސްފައި ހުރެއެވެ.

"އާނ.. އަހަރެން ބޭނުންވަނީ އެ ފުރިހަމަ ސޫރަ ހަމަލޮލުން ދެކިލަން.." ހުވަފެނީ ގޮތަކަށް ހިނިތުންވެ ހުރެ ރުހައިމް ބުނެލިއެވެ. ދެފަރާތަށް ބޯހޫރައިލަމުން ކާއިލް ޖަހައިލީ ހިނިގަނޑެކެވެ. ރުހައިމްގެ ދެލޮލުން އެކަނިވެސް އޭނާއަށް މުސްކާން ޚާއްސަވާވަރު ސާފުކޮށް ފެންނަން ހުއްޓެވެ. އެހިތުގައި އެއަންހެން ކުއްޖާއަށްޓަކައިވި ފުން ލޯބި ކާއިލް އަށް އިހުސާސުވިއެވެ. ކޮއްކޮގެ އެ އުފައުވެރިކަން އަބަދަށް ދެމިގެން ދިއުމަށް އޭނާއަށް އެދެވުނެވެ.

* * * * *

ރުހައިމް ދިރިއުޅޭ އެޕާރޓްމަންޓް ހުންނަ އިމާރާތުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އެންމެ ކުރިންވެސް ފޭބީ ރުހައިމް އެވެ. އަދި އަވަސް ހަރަކާތަކާއެކު ފަހަތަށް ޖެހިލަމުން ރައުލާއާއި މާލިކް ފޭބުމަށްޓަކައި ކާރުގެ ދޮރު ހުޅުވައިލިއެވެ. ކާރު ދުއްވަން އިން އަރުން ވެސް ހިނިއައިސްފައި ހުރެ ކާރުން ފައިބަމުން ޑިކީއާ ދިމާއަށް ހިނގައިގަތީ ރުހައިމް މެންގެ ލަގޭޖްތައް ބޭލުމުގެ ނިޔަތުގައެވެ. ރުހައިމް އާއި ކާއިލް އެނބުރި މާލެ އައިއިރު އައީ ރައުލާ އާއި މާލިކްގެ އިތުރުން ސާމިޔާ ވެސް ގޮވައިގެނެވެ. ވިޔަފާރިއާ ދުރުގައި އާއިލާއާއެކު ޗުއްޓީއެއް ހޭދަކޮށްލުމަށް މާލިކް ނިންމީއެވެ. މުސްކާންއާ ބައްދަލުކޮށްލާ ހިތުން އެދެމަފިރިން ތިބީ ކެތްތެރިކަން ކުޑަވެފައެވެ. ރުހައިމްއަށް އައި ހުރިހައި ހެޔޮބަދަލެއްގެ ފަހަތުގައިވީ އެ އަންހެންކުއްޖާކަން ކާއިލް ހާމަކޮށްދިނެވެ. އެއާއެކު އެދެމަފިރިންގެ ހިތުގައި މުސްކާންއަށްޓަކައިވި ލޯތްބާއި ގަދަރު އެތައް ދަރަޖައެއް އުފުލިގެން އައެވެ.

"އަރުން އަށް ޔަގީން ދޯ މުސް ވީ ޑިއުޓީގަކަން.. ހަވީރުން ދޯ އެއްކޮށް ޑިއުޓީ ނިންމާފަ އަންނާނީ.." އަރުންއާ ގާތަށް ޖެހިލަމުން ރުހައިމް އަހައިލީ ޔަގީންކޮށްލަން ބޭނުންވެފައި ހުރި ފަދަ ގޮތަކަށެވެ. ލާނެތް ހުނުމަކާއެކު އަރުން ބޯ ޖަހައިލިއެވެ. "އައި ރިއަލީ ވޯންޓް ސަޕްރައިޒް ހަރ.." ބޮލުގެ ފުށްކިބައިގައި އަތް ހިންގައިލަމުން ރުހައިމް ބުނެލިއެވެ. ވަގުތުން ރުހައިމް އަންނަކަން މުސްކާންއަށް ނޭނގޭނެކަމުގައި އަރުން ބުނެލީ ސީރިއަސްކަމާއެކުއެވެ. އަރުންގެ ކޮނޑުގައި ޖަހައިލުމާއެކު އޭނާގެ ފޮށި ހިފައިގެން ރުހައިމް މިސްރާބުޖެހީ ގެއަށް ވަނުމަށެވެ. އޭނާގެ މައިންބަފައިން އަންނާތީވެ އެ އެޕާރޓްމަންޓްގެ މަތީގައިހުރި ފަންގިފިލައިން ރުހައިމް އިތުރު އެޕާރޓްމަންޓްއެއް ކުއްޔަށް ނެގިއެވެ. އެތަނަށް އެމީހުން ގެންދިއުމަށްފަހު ރުހައިމް އެނބުރި އޭނާ އުޅޭ ބައަށް އައީ މުސްކާން އަންނަންވާއިރަށް ފެންވަރައި ތާޒާވެލުމަށްޓަކައެވެ. އަތުކުރީ ގަޑިއަށް ބަލައިލަމުން އޭނާ އަވަސް އަރުވައިލައިފައި އައިސް ކޮޓަރިއަށް ވަނެވެ.

ވަށައިގެން ކޮޓަރީތެރަށް ނަޒަރު ހިންގައިލުމާއެކު ފުޅާ ހިނިތުންވުމެއް ރުހައިމްގެ ތުންފަތުގައި ކުޅެލިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ފޮށި ހުޅުވައިލަމުން އޭގައިހުރި އަންނައުނުތައް ނަގައި އަލަމާރިއާ ދިމާއަށް މިސްރާބުޖެހިއެވެ. ތަރުތީބުކަމާއެކު އަވަސް އަރުވައިލައިފައި އޭނާ އެ އެއްޗެއް ހުންނަންވާ ތަނެއްގައި އަތުރަމުންދިޔައެވެ. އަތުގައިހުރި މުހިންމު ލިޔުންތައް މަތީ ވަށްގަނޑެއް ހުޅުވައިލުމަށްފަހު އެތަނަށްލާން އުޅުނު ވަގުތު ހެދުނު ގޮތަކުން ވަތްގަނޑުގައި އޮތް އެއްޗެއް ތިރިއަށް ވެއްޓުނެވެ. ޗުސް ތަޅާލުމާއެކު އެއެއްޗެއް ނެގުމުގެ ނިޔަތުގައި ރުހައިމް ތިރިއަށް ބަލައިލިއެވެ. އެއާއެކު ފެނުނު އެއްޗަކުން ދެލޯ ބޮޑުވެ މީހާ ގަނޑުވާގޮތްވިއެވެ. ލައިލައިހުރި ނޭވާވެސް ހީވީ ހިނދުކޮޅަކަށް ހޮޅީގައި ތާށިވީހެނެވެ. ރުހައިމްގެ ވަށައިގެންވި މާހައުލު އެނބުރިގަތްކަހަލަ އިހުސާސަކާއެކު އޭނާއަށް ނިތުގައި އަތްހިންގައިލެވުނެވެ. މީހާ ހަމައަކަށް އެޅެން މަސައްކަތްކުރަމުން އަނެއްކާވެސް ފައިކައިރީގައި ވެއްޓިފައި އޮތް އެއްޗަކަށް އޭނާ ބަލައިލިއެވެ. ފެނުނު މަންޒަރު ބަދަލެއް ނުވިއެވެ. އެއީ އޭނާއަށް ހީވިގޮތެއް ނޫންކަން ޔަގީނެވެ. ތުންފަތް ތުރުތުރުއަޅައިލުމާއެކު ރުހައިމް އަށް ތިރިވެވުނީ ބޭއިޚުތިޔާރުގައެވެ. ފޮޓޯ ޖަހައިފައިހުރި ފަޅި މައްޗަށްވާގޮތަށް ވެއްޓިފައިއޮތް އޭނާގެ ކައިވެނީގެ ސެޓްފިކެޓަށް ބަލައިލިއެވެ. ތުރުތުރުއަޅަމުންދިޔަ އަތުން ކައިވެނީގެ ސެޓްފިކެޓް ނެގުމާއެކު އޭގައިވި އަންހެންކުއްޖާގެ ފޮޓޯއަށް ރުހައިމް ބަލައިލީ ފުން ނަޒަރަކުންނެވެ.

"ހައު އިޒް ދިޒް ޕޮސިބަލް.. އަ.. އައިޝް..." އޭނާގެ ފޮޓޯއާ ޖެހިގެން ހުރި އަންހެންކުއްޖާގެ ފޮޓޮއަށް ބަލަން އިނދެ ރުހައިމް އަހައިލީ އަމިއްލަ ޟަމީރު ކުރެއެވެ. ހިންދިރުވައިލުމާއެކު އޭގައި ލިޔެފައިވި މައުލޫމާތުތައް ރުހައިމް ކިޔައިލިއެވެ.

"އައިޝަތް މުސްކާން... އައިޝް.." ހިތަށް ވެރިވެގަތް ބަޔާންކުރަން ދަތި ޖަޒުބާތުތަކާއެކު ނުވެސް އެނގި ހުއްޓައި ރުހައިމްގެ ދެލޯ ފުސްވެގެން އައީ ކަރުނުންނެވެ. އޭރުވެސް އެސްފިޔަޖަހައިލުމެއް ނެތި އޭނާ ބަލަހައްޓައިގެން އިނީ މުސްކާންގެ ތަސްވީރަށެވެ. މިއީ ކޮންފަދަ އިއްތިފާގެއް ބާއެވެ؟

(ނުނިމޭ)

Ads by Ooredoo
  1. ނަޝީ

    ��މާޝާ ﷲ ވވވ ރީިތި ނެކްސްޓް ޕާޓް ވ އަވަހަށް ️️އަޕްކޮށްދެއްޗޭޭ️️️️️️ ️️ނައުުު️️️️️️️️️

  2. ސަންމަ

    ޢަނެއް ޕާޓް ކިޔަން ބޭނުން… ކާންޓް ވެއިޓް.

  3. ގާލް

    ވާއު ވަރަށް ރީތި މި ޕާޓް….

  4. މުސްކާން

    ماشاءاللهވ ރީީތި

  5. ާަަެުިޮަާަައައިޝާ

    ماشاءاللهވ ރީީތި