Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނީ ޒިންމާދާރުކަން ކުޑަ ބަޔާނެއް: މޭޔަރު

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނީ ޒިންމާދާރުކަން ކުޑަ ބަޔާނެއް: މޭޔަރު

މާލެއިން ޕާކިން ސްލޮޓްތައް ސިޓީ ކައުންސިލުން ވިއްކާކަމަށް ތުހުމަތުކޮށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ބަޔާން ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ޕާކިން މައްސަލައަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް މާލޭގައި ޕާކިން އިމާރާތްތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ ތަންތަން އެޅުމަށް ވަގުތު ނަގާނެތީވެ ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގެ އެކި ދިމަދިމާލުން ޕާކް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

"ޕާކިން މައްސަލައަށް ވަގުތީގޮތުން ހައްލެއް ގެނެސްދިނުމަށް މަގުމަތީގައްޔާއި ހުސްބިންތަކުގައި ޕާކްކުރެވޭނެ ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމައިފައި. އެގޮތުން އުސޫލެއް ފާސްކޮށް މާލޭގެ މަގުމަތީގައްޔާއި ހުސްބިންތަކުގައި ޕާކް ކުރެވޭނެ ގޮތަށް ހަމަޖައްސައިދޭން ނިންމައިފައިވާނެ" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގައި ބޭނުންކުރާ ބައެއް ވެހިކަލްތައް ރަޖިސްޓަރީ ނުކޮށް ހުންނަ ކަމަށާއި އެއީ ރަޖިސްޓަރީކުރަން ގަރާޖެއް ހަމަނުޖެހި ހުންނާތީ ކަމަށާއި އަދި މާލޭގައި ވެހިކަލް ރަޖިސްޓަރީކުރަން ގަރާޖް ފަސޭހައިން ނުލިބޭ ކަމަށެވެ. އަދި އެކަމަކީ ބޮޑު ވިޔަފާރިއަކަށް ހަދައިގެން ކުރަމުންދާ ކަމެއް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް