Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީނަކީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއް، ތާއީދު ކުރަނީ އެހެންވެ: މުންދު

ރައީސް ޔާމީނަކީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއް، ތާއީދު ކުރަނީ އެހެންވެ: މުންދު
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއް ކަމަށާއި، އެ މަނިކުފާނަށް ތާއީދު ކުރައްވަނީ އެހެންވެގެން ކަަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު(މުންދު) ވިދާޅުވެއްޖެއެެވެ. ޗެނަލް13އިން ގެނެސްދިން "ނިއުސްޓޯކް" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއް ކަމަށާއި އަދި އެއީ ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއް ކަމަށެވެ. އަދި މާދަމާ އެމަނިކުފާނު  އެހެން ސިޔާސީ ޕާޓީއެއް ހެއްދެވިޔަސް، އެ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ލީޑަރޝިޕް. އަޅުގަނޑު ގަބޫލުކުރާ ސިފަތަކެއް، ފަލްސަފާތަކެއް ދަމަހައްޓަވާ، ހިފަހައްޓަވާ ބޭފުޅެއް(ރައީސް ޔާމީން) އެއީ." މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި، އިންޑިއާއިން ކުރިން ހިލޭ ދިނުމަށް ވައުދުވެފައި އޮތް އެމްއާރްއައި މެޝިން ހޯއްދެއްވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ ތެރެއިން، އެ މެޝިނުގެ ވާހަކަ އެކި ފަހަރު ދަންނަވައިގެން ވެސް، އެކި ބަހަނާތައް ދައްކައި، އެކަން ލަސްކުރަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންމެފަހުން، އެ މެޝިނުގެ ބަދަލުގައި އަސްކަރީ އުޅަނދެއް ރާއްޖެ ގެންނަ ވާހަކަ އިންޑިއާއިން ދެއްކުމުން، ރައީސް ޔާމީން ނިންމެވީ، ރާއްޖެއިން އަމިއްލައަށް އެމްއާރްއައި މެޝިން ހޯއްދެވުމަށް ކަމަށާއި، އެސްޓީއޯ މެދުވެރިކޮށް އެކަން ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ. މުންދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީނަކީ، މި ގައުމު ކުޑަ ނަމަވެސް އަމިއްލައަށް ކަންކަން ނިންމުމުގެ ކުޅަދާނަކަން ލިބިފައިވާ ގައުމެއް ކަމަށް ގަބޫލު ކުރައްވާ ބޭފުޅެކެވެ. އެގޮތުން ދިވެހީންނަކީ އެމްއާރްއައި މެޝިނެއް ހޯދަން ސަލާން ޖަހަން ޖެހޭ ބައެެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް