ޚަބަރު ސަރުކާރު

މަރު ކޮމިޝަނަށް ރިސަރޗް އޮފިސަރަކު ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މަރައިލައިފައިވާ މީހުންނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ސީނިއާ ރިސާޗް އޮފިސަރެއް ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.

Ads by STELCO

އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު، ޤާބިލްކަން ސާބިތުކޮށްދިނުމާ އެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4(ސެޓްފިކެޓް 4)ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ)ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

މީގެ އިތުރުން ރިސާޗް ކުރުމާއި އެނަލިޓިކަލް ރިސާޗް ރިޕޯޓުތަކާއި ބްރީފްތައް ތައްޔާރުކުރުމާއި، އަމިއްލައަށް މަސައްކަތްތައް ރާވައި ހިންގުމުގެ ޤާބިލުކަން ހުރި، މުވައްޒަފުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި، ފަރިތަކަމާ އެކު ދިވެހި އަދި އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ލިޔުމުގެ ޤާބިލުކަން ހުރި އަދި މައިކްރޮސޮފްޓް އޮފީސްގެ ޕްރޮގްރާމުތައް ބޭނުންކުރުމުގެ ޤާބިލްކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި މަގާމުގެ އަސާސީ މުސާރައެއްގެ ގޮތުގައި 6,295 ރުފިޔާ ކަނޑައަޅައިފައިވާ އިރު އެލަވަންސްތަކާ އެކު ޖުމްލަ 13,627.75 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މި މަގާމަށް ޝަރުތު ފުރިހަމަވާ މީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމާ އެކު، 20 ފެބުރުވަރީ ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް ރައީސް އޮފީހުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!