ޚަބަރު ސަރުކާރު

ކޮމަންޑޫ އިންތިހާބު ނިމުމާ އެކު ރިޒޯޓު ލިސްޓުން އެ އަތޮޅު ތިން ރަށެއް އުނިކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކޮމަންޑޫއާއި އިންވެގެން އޮންނަ ތިން ފަޅުރަށް

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނާއި ދިމާކޮށް ރިޒޯޓު ތަރައްގީކުރަން ބީލަން ހުޅުވައިލި ރަށްތަކުގެ ލިސްޓަށް، ކޮމަންޑޫއާ ކައިރިން އޮތް ށ. ދިގުރަށާއި މެދުރަށާއި މައިރަށް ލުމަށް ފަހު އެ ރަށްތައް ލިސްޓުން އުނިކޮށްފިއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް އެރަށާއި އިންވެގެން އޮތް ތިން ރަށެއްގައި ރިޒޯޓު ތަރައްގީކުރަން ނިންމައި ސަރުކާރުން އެރަށްތައް ބީލަމަށް ލިއެވެ. އަދި ކެމްޕެއިން ޖަލްސާތަކުގައި ރިޒޯޓުތައް ނިމުމުން އޭގެ ސަބަބުން ކޮމަންޑޫ ދާއިރާގެ ތިން ރަށަށް އިގްތިޞާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށާއި ރައްޔިތުންގެ ޖީބުތައް ތަނަވަސް ވާނެކަމަށް ސަރުކާރުން ބުނަމުން ދިޔައެވެ.

އިންތިހާބުގައި ސަރުކާރަށް ކާމިޔާބީ ލިބުމާ އެކު ށ. އަތޮޅުގެ ތިންރަށުގެ މައްސަލަ ޕްރިމިއާ އިކުއިޓީ ކިޔާ ކުންފުންޏަކުން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެކުންފުނިން ދައުވާ ކުރަނީ ކޮމަންޑޫ ކައިރިން ރިސޯޓު ހަދަން ދޫކުރަން އިއުލާނުކޮށްފައިވާ ތިން ރަށަކީ ދިވެހި ދައުލަތުން އެ ކުންފުންޏާ އެކީ ވެފައިވާ ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ދޭން އެއްބަސްވެފައިވާ ރަށްތަކެއް ކަމަށް ބުނެއެވެ.

ޕްރިމިއާ އިކުއިޓީން ރިއާޔަތް ކުރަނީ 2008ވަނަ އަހަރު ހަދައިފައިވާ އެއްބަސްވުމަކަށެވެ. އެއްބަސްވުމުގައި ލ. އަތޮޅު ދެ ރަށެއް ދޭން ކަނޑައެޅި ނަމަވެސް އެތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން ބަދަލުގެ ގޮތުގައި ށ. އަތޮޅުން ތިން ރަށެއް ދިނުމަށް ސަރުކާރާ އެކު މަޝްވަރާ ކުރިކަމަށް އެ ކުންފުނިން ބުނެއެވެ. މި މައްސަލަ ވަކި ގޮތަކަށް ނުނިމެއެވެ. އެހެންކަމުން ޕްރިމިއާ އިކުއިޓީން އެދުނީ ވަކި ގޮތަކަށް މައްސަލަ ނިމެންދެން ރިޒޯޓު ހެދުމުގެ މަސައްކަތް މަޑުޖައްސައިލުމަށެވެ.

މިމައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ށ. އަތޮޅު ތިން ރަށާ ގުޅިގެން އެއްވެސް ސެޓަލްމެންޓު އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ބީލަން ލިސްޓުން އެ ތިން ރަށް ނަގައިފައި ވާތީ އެތަނުގައި ރިޒޯޓު ތަރައްގީކުރެވޭނެކަމާ މެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ސަރުކާރުގެ އިސް ބޭފުޅުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ގިނަ ކަންކަމުގެ ވައުދުވެ، މަޝްރޫއުތައް އިއުލާންކޮށް ފަށަމުން ދިޔުމާ އެކު އިދިކޮޅުން ދިޔައީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން އެއީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ސަރުކާރުން ކުރާ ކަމެއްކަމަށް އިދިކޮޅުން އޭރު ބުނަމުން ދިޔައެވެ.

ކޮމަންޑޫ ކައިރިން އޮތް ތިން ފަޅުރަށުގައި ރިޒޯޓު ތަރައްގީކުރަން ސަރުކާރުން އިއުލާންކުރީ އެތަނުން އެއް ރަށުގައި އެއާޕޯޓެއް ތަރައްގީކުރާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންތާ ދެދުވަސް ފަހުންނެވެ. ސަރުކާރުން ބުނީ ކޮމަންޑޫ ކައިރިން އެއާޕޯޓެއް ބޭނުންވި ނަމަވެސް އެއާޕޯޓު އަޅަންވާނީ އެތަނަށް ފަތުރުވެރިން ދަތުރުކުރާނެ މަންޒިލްތަކެއް ތަރައްގީކޮށްފައި ކަމަށެވެ. އެހެންކަމުން އެއާޕޯޓެއް އަޅާނެ ތަނަކާ މެދު އަދި ޖެހޭނީ ވިސްނަންކަމަށް ސަރުކާރުން އޭރު ބުންޏެވެ.

Ads by Ooredoo
  1. ކިނބޫ

    ހަހަހަ ރާކަނިމަސް ކެވިއްޖެނު. ދެން އަނގަ އައްޕައްޗެއްހެން ހަދައިގެން ތިބޭ.

  2. ޒުމް

    އޮންނާނެ ރާކަނިމަސް ކެވިފަ.ދެން ލަލަލާ.