ވާހަކަ

އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ޓްރެއިލާ) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ފުރަތަމަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދެވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތިންވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ހަތަރުވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(ހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ (ހަތްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ..(އަށްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ނުވަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ދިހަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (އެގާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ބާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ތޭރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސާދަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ފަނަރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސޯޅަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ.. (ސަތާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާރަވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ވިހިވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެކާވިސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ދިފާވުން އެދޭނީ... (ތޭވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައްބީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ހަތާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އަށާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ނަވާވީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (އެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ބައްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ތެއްތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ސައުރަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަންސަތިރީސްވަނަ ބައި) އުމުރަށް ތިޔަ ނަމުގައި ފިދާވުން އެދޭނީ... (ފަހުބައި)

ކަނައަތުގެ ބޮޑުވައި އިނގިލީގެ ނުފުށުން މުސްކާންގެ އޮމާން ކޯތާފަތުގައި ފިރުމައިލުމާއެކު ރުހައިމް ގުދުވެލިއެވެ. އަދި ލުއިލުއިކޮށް މުސްކާންގެ ނިތުގައި ބޮސްދިނެވެ. "ޔޫ ރިއަލީ ވަރ މެންޓް ފޯ މީ.." ރުހައިމްގެ ދުލުން ބޭރުވި އެޖުމުލައިގައި ފޮރުވިފައިވި މާނަ މުސްކާން އަކަށް ނުވިސްނުނެވެ. އެތަން ފެނި ލާނެތް ހުނުމެއް ރުހައިމްގެ އަނގައިން ބޭރުވިއެވެ. މުސްކާންއާ ލޯބިވެތި ސަމާސާއެއް ކޮށްލުމަށް ހިތް އެދުނެވެ. އޭނާ އަކީ ކާކުކަން އެނގޭ ހިނދު މުސްކާންއަށް ވާނީ ކިހިނެއްބާވައޭ ރުހައިމްގެ ހިތަށް އެރިއެވެ.

Ads by MWSC

* * * * *

ރުހައިމް އެނބުރި ގެއަށް އައީ މުސްކާންވެސް ގޮވައިގެނެވެ. ކާއިލް އާއި އަރުންގެ ނަޒަރު ދޮރުން ވަތް ދެމަފިރިންނަށް ހުއްޓުމާއެކު ދެމީހުން އެކީގައި ހިނިތުންވެލިއެވެ.

"އެންމެ ފަހުން ކެތްނުވެގެން ގޮސް މުސްކާން ގޮވައިގެން ދޯ ތިއައީ.." ލާނެތް ރާގަކަށް ކާއިލް ދިމާކޮށްލިއެވެ. އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ރުހައިމް ބަލައިލީ މުސްކާން އަށެވެ. ލަދުރަކި ގޮތަކަށް އިސްދަށަށް ޖަހައިލައިގެން މުސްކާން ހުއްޓެވެ. ކާއިލް އާއި އަރުންއަށް ލޯއަޅައިލަމުން މުސްކާންގެ އަތުގައި ހިފައިގެން އައިސް ރުހައިމް ކޮޓަރިއަށް ވަނެވެ. އެތަންފެނި ކާއިލްގެ ދެފަރާތަށް ބޯހޫރައިލަމުން ހީނގަތެވެ.

* * * * *

މުސްކާން ތައްޔާރުވެ ނިމުމުން އޭނާއާ އެކުގައި އައުމަށްބުނެ ރުހައިމް މިސްރާބުޖެހީ ކޮޓަރިން ނުކުތުމަށެވެ. ސުވާލު އުފެދިފައި ހުރެ ރުހައިމްގެ ފަހަތުން މުސްކާން އައެވެ.

"ކޮންތާކަށްތަ މިދަނީ.." އެޕާރޓްމަންޓްގެ ދޮރު ހުޅުވައިލުމުން މުސްކާން އަހައިލީ ހައިރާންކަމާއެކުއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު އަންނާށޭބުނެ ރުހައިމް މުސްކާންގެ އަތުގައި ހިފައިލިއެވެ. އަދި ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ސުވާލުތަކުން ސިކުނޑި ފުނިޖެހެމުންދިޔަސް މުސްކާން ޚިޔާރުކުރީ ހިމޭންކަމެވެ.

ލިފްޓުން ފޭބުމަށްފަހު ރުހައިމް އައިސް ހުއްޓިލީ އެތަނުން އެޕާރޓްމަންޓެއްގެ ދޮރު ކުރިމަތީއެވެ. އަދި ދޮރު ކައިރީގައިހުރި ފިތަށް އޮބައިލުމާއެކު އޭނާ މުސްކާން އަށް ބަލައިލިއެވެ. ވާނުވާ ނުވިސްނިފައި އޭރުވެސް މުސްކާން ހުއްޓެވެ. އެތެރެއިން ތަޅު ހުޅުވައިލި އަޑު އިވިފައި މުސްކާން ރުހައިމްގެ އަތަށް ބާރުކޮށްލިއެވެ. ދޮރުހުޅުވައިލި ކާއިލް ފެނި މުސްކާން ނިތް އަރުވައިލިއެވެ. އަތުގެ އިޝާރާތުން އެތެރަށް އައުމަށްބުނެ ކާއިލް ހިނގައިގަތެވެ. އެއާއެކު ފުންނޭވާއެއް ދޫކޮށްލަމުން މުސްކާންގެ އަތުގައި ހިފައިގެން ހުރެ ރުހައިމް އެތެރަށް ވަނެވެ. ކުރިމަތީގައިހުރި ސޯފާގައި ވާހަކަދައްކަންތިބީ ކޮންބައެއްކަމެއް މުސްކާން އަކަށް ނޭނގުނެވެ. މުސްކާން ފެނުމާއެކު އެތަނުގައި އިން ދެބައި އުމުރުގެ އަންހެން މީހާގެ މޫނުމަތިން ފައުޅުވެލީ އުފައުވެރިކަމެވެ. އިންތަނުން ތެދުވަން އެމީހާ އުޅުމާއެކު މުސްކާން ލަސްލަހުން ރުހައިމް އަށް ބަލައިލީ މިވަނީ ކިހިނެއްތޯ އަހައިލާފަދަ ގޮތަކަށެވެ.

"މައި ޕޭރެންޓްސް.. އޭރު މުސް ދެއްކި ވާހަކަތައް އަހަރެން ހިތުގެ އަޑިން ގަބޫލުކުރިން.. ތެންކްސް... އަހަންނަށް ހެޔޮގޮތް ވިސްނައިދިނީމަ.. އިފް ނޮޓް ފޯ ޔޫ... އައި ސްޓިލް ވުޑުންޓް ހޭވް ފޯގިވަން ދެމް.. ތީ އަހަންނަށް ލެއްވި ނަސީބެއް.." މުސްކާންގެ އަތަށް ފިތައިލަމުން ކިރިޔާ އަޑުއިވޭ ވަރަށް ރުހައިމް ބުނެލިއެވެ. ގަބޫލުކުރަން ދަތިވެފައި މުސްކާން ރުހައިމް އަށް ބަލަން ހުއްޓެވެ. ބޭއިޚުތިޔާރުގައި ތުންފަތް ދެފަރާތަށް ދެމިގެންދިޔައީ ރުހައިމްގެ ވާހަކަތަކުން ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރައުލާ އައިސް މުސްކާންގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަދި ފުން ނަޒަރަކުން އެއަންހެންކުއްޖާ އަށް އޭނާ ބަލައިލިއެވެ. ހިތާހިތުން އެފުރިހަމަކަމަށް އޭނާ ތަޢުރީފު ކޮށްލިއެވެ. ދެލޯފެންކަޅިވީ ރުހައިމްގެ ހޮވުމާމެދު ފަޚުރުވެރިވީ ވަރުންނެވެ. ދަރިފުޅާއޭ ކިޔައި ގޮވައިލަމުން އޭނާ މުސްކާންގެ ގައިގައި ނުހަނު ލޯބިން ބައްދައިލިއެވެ. އެދެއަތުގެ ތެރެއިން މައިވަންތަކަމުގެ ލޯތްބާއި ކުލުނު މުސްކާން އަށް އިހުސާސު ކުރެވުނެވެ. ރައުލާގެ ގައިގައި ދެއަތް ވަށައިލުމާއެކު މުސްކާން ދެލޯމަރައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މުސްކާން ގަޔާ ދުރުކޮށްލަމުން އެއަތުގައި ހިފައިގެން ގެނެސް އޭނާ އާއި މާލިކްއާ ދެމެދުގައި މުސްކާން ބޭނދިއެވެ. އަދި އެކި އެކި ވާހަކަތައް މުސްކާން އާ ދައްކަން ފެށިއެވެ. އެމުޅި މާހައުލަށް އާދަޔާ ޚިލާފު އުފައުވެރިކަމެއް ވެރިވެފައިވާ ފަދައެވެ.

ދަނޑިވަޅު ބަލައި ރުހައިމް ގޮވައިގެން ކާއިލް އައިސް ހުއްޓިލީ ސިޓިންގްރޫމް ތެރެއިން ލައިފައި ނުކުމެވެން ހުރި ބެލްކަނީގައެވެ. އަދި ރެއިލިންގް ގައި ލެގިލަމުން ލައިގެންހުރި ޖިންސްގެ ޖީބަށް ދެއަތްޖަހައިލުމަށްފަހު ރުހައިމް އަށް އޭނާގެ ނަޒަރު އަމާޒުކޮށްލިއެވެ. ކާއިލްގެ ބޭނުމަކީ ކޮބައިކަން ވިސްނި ރުހައިމް ދެފަރާތަށް ބޯހޫރައިލީއެވެ.

"އަދިވެސް ކިޔައިދޭކަށް ނުވޭތަ.. މުސްކާންގެ ތަސްވީރެއްފެނިގެން ހައިމް އެހައި ހާސްވެގެން އުޅުނު ސަބަބެއް އެނގެން ބޭނުން.." ކާއިލްގެ އަޑުގައިވީ ސީރިއަސްކަމެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ރެއިލިންގްގައި ދެއަތް އަޅުވައިލަމުން ރުހައިމް ދުރަށް ބަލައިލިއެވެ. އިރުއޮއްސެމުން އައި ވަގުތުކަމުން މުޅި އުދަރެހަށް ފާއްދައިލައިފައިވީ ގަދަ އޮރެންޖް ކުލައެވެ. އުޑުމަތީގައި މަޑުމަޑުން ދެފަރާތަށް ދަތުރުކުރަމުންދިޔަ ކުދި ވިލާކޮޅުތަކުން އެމަންޒަރަށް އިތުރު ހިތްގައިމުކަމެއް ގެނުވައެވެ. ޖެހިލާ މަޑު ރޯޅިއާއެކު ހިތަށް ލިބިގެންދަނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ.

ސިކުނޑީގައި ބުރުޖަހަމުންދިޔަ ޚިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު އޭނާ ކާއިލް އާ ކުރިމަތިވާނޭހެން އެނބުރުނެވެ. އަދި ކުރީގައި އެދެމެދުގައި ހިނގައިފައިވި ހާދިސާއެއްގެ ވާހަކަ ހަނދާން ހުރިތޯ ކާއިލް ކުރެ ސުވާލުކޮށްލިއެވެ.

"އޮފްކޯރޒް... އަހަރެން ހަނދާން ނެތޭނެތަ؟ އެހައި ލޯބިން އަންހެންކުއްޖެގެ ނަން ހައިމް ކީ ފުރަތަމަ ފަހަރު އެއީ.. އައިޝް.. ދެޓް ވޯޒް ދި ނޭމް... ނޫންތަ؟" ލާނެތް ގޮތަކަށް ހިނިތުންވެލަމުން ކާއިލް ބުނެލިއެވެ. މަޑުމަޑުން ބޯޖަހައިލަމުން ރުހައިމް އިސްޖަހައިލިއެވެ. އަދި އެހުރިހައި ކަމެއް ފެށިގެން ނިމެންދެން ކާއިލް އަށް ކިޔައިދިނެވެ. ދެލޯ ބޮޑުވެފައި ރުހައިމް އަށް ބަލަހައްޓައިގެން ކާއިލް ހުރީ ގަބޫލުކުރަން ދަތިވީވަރުންނެވެ. ރުހައިމް އެކިޔައިދިން ވާހަކަތަކުން ހަގީގަތުގައިވެސް އޭނާ ހައިރާން ކުރުވައިފިއެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު ލަސްލަހުން ކާއިލްގެ ނަޒަރު ރައުލާ ގާތުގައި އިން މުސްކާން އަށް ދަތުރުކޮށްލިއެވެ.

"ހައިމް އަށް ހަމަ ޔަގީންތަ؟" އެހުރިގޮތަށްހުރެ ކާއިލް އަހައިލިއެވެ.

"އާން.. އަހަންނަށްވެސް ފުރަތަމަ ގަބޫލުކުރަން ދަތިވި.. ޔަގީންކުރަން ބޭނުންވީ އެހެންވެ.. އެކަމަކު... ހަގީގަތް ބަދަލެއް ނުވި.. ދެވަނަ ފަހަރަށްވެސް އަހަންނަށް ލޯބިވެވުނީ ހަމަ އެއްކުއްޖެއް ދެކެ.. އެއީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ލޯބި.. މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން.. އެކަލާނގެއީ ކަންކަން އެންމެ މޮޅަށް ރާއްވަވައި ހިންގަވާ ކުޅަދުންވަންތަ ރަސްކަލާނގެ.. އަހަރެންގެ ހިތުގެ އެދުން ފުރިހަމަކޮށްދެއްވީ އުއްމީދުވެސް ނުކުރާފަދަ ގޮތަކަށް... އަހަރެން ހީކުރީ އުމުރަށް އަހަންނަށް އެލޯބި ގެއްލުނީ ކަމަށް... ހެހެ.. އެކަމަކު އެކަނު އަނދިރިކަމުން އެނބުރި އާދެވުނުއިރު... އެލޯބި ވަނީ އުމުރަށް އަހަރެންގެ ހަޔާތާ ގުޅިލާމެހިފަ... އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ވެފަ... އަލްޙަމްދުލިﷲ..."

"މުސްކާންއަށް އެނގޭތަ؟" ރުހައިމް އަށް ބަލަންހުރި ކާއިލް އަހައިލީ ފަނޑު ހިނިތުންވުމަކާ އެކުއެވެ. އެއާއެކު ރުހައިމް ދެފަރާތަށް ބޯހޫރައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

"ނުބުނާނަންތަ؟" ދެންވެސް ކާއިލް ކޮށްލީ ސުވާލެކެވެ.

"ވެން ދި ޓައިމް އިޒް ރައިޓް.. އަހަރެންގެ ހިތުގަވީ ލޯތްބަށް އިއުތިރާފްވާން ބޭނުން.. އެކަމަށް އަހަންނަށް ދޮންބެގެ އެހީތެރިކަން ބޭނުންވޭ.." ރުހައިމްގެ ޖަވާބުން ކާއިލްގެ ހިނިތުންވުން ފުޅާވެލިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން ރުހައިމްގެ ކޮނޑުގައި އޭނާ މަޑުމަޑުން ޖަހައިލިއެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރީތެރެއިން ލައިފައި ނުކުމެވެންހުރި ފުޅާ ބެލްކަނީގައިހުރި އުނދޯލީގައި އޮށޯވެލައިގެން ރުހައިމް އޮތެވެ. ފާއިތުވެދިޔަ ތިން ދުވަސް އޭނާ މުޅިންހެން ހޭދަކުރީ މުސްކާންއަށް ލޯބި ހުށައަޅާނެ ޚާއްސަގޮތެއް ވިސްނުމުގައެވެ. އުޑުމެދުގައި ރަނިކަން ކުރަމުންދިޔަ ހަނދަށް ބަލަހައްޓައިގެން ރުހައިމް އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކުދި ޖަވާހިރުތަކެއްހެން ފިޔަޖަހަމުންދިޔަ ތަރިތަކުގެ ބެބުޅުން ހަނދުވަރުގެ ސަބަބުން ފަނޑުވެފައިވިއެވެ. ޖެހެމުންދިޔަ ރޯޅީގައިވީ ހީކަރުވައިގަންނަފަދަ ތެތްފިނި ކަމެކެވެ. މޭމަތީގައި އޮތް ކުޑަ ކުޝަންގައި ދެއަތް ވަށައިލުމާއެކު ރުހައިމް ދެލޯމަރައިލިއެވެ.

"ކޮން ޚިޔާލެއްގަ؟" އެތަނަށް އައިސް ހުއްޓިލި މުސްކާން އަހައިލިއެވެ. ރުހައިމްއާ ކުރިމަތިވާނޭހެން ހުރި ކުޑަ ސޯފާގައި އޭނާ އިނށީދެ ހަމަޖެހިލިއެވެ. ދެލޯހުޅުވައިލަމުން ފުންނަޒަރަކުން ރުހައިމް މުސްކާން އަށް ބަލައިލިއެވެ. އެ ތޫނު ދެލޮލުގެ ޖާދޫގައި ޖެހި މުސްކާންގެ ގައިން ހީބިހި ހިލިގެން އައީ އެނގުމަކާނުލައެވެ. ހިންދިރުވައިލަމުން އަވަސް އަވަހަށް މުސްކާން އިސްޖަހައިލީ ލަދުގަތްވަރުންނެވެ. އޭރު އެދެކޯތާފަތަށް މަޑު ރަތްކަމެއް ފާއްދާލައިފިއެވެ. އެތަންފެނި ރުހައިމްގެ މޫނުމައްޗަށް ވެރިވީ ލާނެތް އަސަރުތަކެކެވެ. އިންތަނުން ތެދުވެވުނު އިރުވެސް ރުހައިމް އަށް އިހުސާސުނުވެއެވެ. ދަމާބާރަކުން އޭނާ މުސްކާންއާ ގާތަށް ގެންދާކަހަލައެވެ. މޫނުމައްޗަށް ވެރިވަމުންދިޔަ މަސްތީ އަސަރުތައް ފޮރުވުން ރުހައިމް އަށްވީ ދަތިކަމަކަށެވެ. މުސްކާން އާ ޖެހިގެން ކަހަލަ ގޮތަކަށް ސޯފާގައި އިނށީންއިރު ރުހައިމްގެ ދެލޯވީ މުސްކާންގެ ރަތް ޖަންބެއްފަދަ ކުޑަކުޑަ މޫނުކޮޅަށް ހުއްޓިފައެވެ.

ލަސްހަރަކާތަކާއެކު މަޑުމަޑުން މުސްކާންގެ ދަތްދޮޅި ދަށަށް އޭނާ އަތް ލައްވައިލިއެވެ. އެއާއެކު މުސްކާން އަށް މަޖުބޫރުވީ އިސްއުފުލައި ރުހައިމް އަށް ބަލައިލުމަށެވެ. އެހައި ގާތުގައި ހިތްއެދޭ އިންސާނާވުމުން އޭނާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ބަނޑަށް އިހުސާސުކުރެވުނު ހީލިކެރުވުމާއެކު މުސްކާންގެ ތުންފަތް ތުރުތުރުއަޅައިލިއެވެ. ރުހައިމްގެ ދެލޯ އެމަޑު ފިޔާތޮށި ތުންފަތަށް އަމާޒުވެލި ސަބަބަކަށް އެކަން ވިއެވެ.

ދެއަތުގެ ތެރޭގައި މުސްކާންގެ މޫނުކޮޅު ހެޔޮވަރުކޮށްލުމާއެކު އޭނާގެ ކޯތާފަތުގައި ރުހައިމް ފިރުމައިލިއެވެ. އެދެލޮލުން ފައުޅުވަމުންދިޔަ ބޭގަރާރުކަންފެނި މުސްކާންގެ ލޯލިތައް ކޮޅަށްޖެހިގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"ތި ފުރިހަމަ ކަމަށް ބަލަން ކިތަންމެ އިރެއްވިއަސް އަހަންނަށް މިގޮތުގަ އިނދެވިދާނެ.. އެކަން އެނގޭތަ؟" ދެއަތުގެ ބޮޑުވައި އިނގިލިން މުސްކާންގެ ކޮލުގައި ފިރުމަމުން ރުހައިމް ބުނެލީ ސިއްރެއް ފަދައިންނެވެ. އެއަޑުއިވި ލަދުގަތްވަރުން އަވަސް އަވަހަށް އިސްޖަހައިލަން މުސްކާން އުޅުނެވެ. ނަމަވެސް އެކަން އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ރުހައިމް ހިފަހައްޓައިގެން އިންގޮތުން ނަޒަރު ވަކިކޮށްލުންވެސްވީ ދަތިކަމަކަށެވެ. ހަދާނެ ގޮތެއް ނޭނގި މުސްކާން އަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ.

"ތިވަރަށް ތުންފަތް ހަފަންވެއްޖެނަމަ ރަތް ލޭކޮޅަކަށް ވެދާނެ.." މުސްކާންގެ ތުންފަތުގެ ތިރީގައި އަތްހިންގައިލަމުން ރުހައިމް ބުނެލީ ލާނެތް ރާގަކަށެވެ. ރުހައިމްގެ އެސިފަ ފެނި ބުނާނެ އެއްޗެއް ނުވިސްނިފައި މުސްކާން އިނެވެ. އެލާނެތް ސަމާސާތަކަށް ދޭނެ ރައްދެއް އޭނާއަކަށް ނޭނގުނެވެ. މަޑުމަޑުން ރުހައިމްގެ ނަމުން ގޮވައިލުން ފިޔަވައި އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް މުސްކާން އަކަށް ނުލިބުނެވެ.

މުސްކާންއަށް ވީގޮތްފެނި ހީނގަންނަމުން ރުހައިމް ކުޑަކޮށް ދުރަށް ޖެހިލިއެވެ. އަދި ސޯފާގައި ހަމަޖެހިލަމުން އުޑުމައްޗަށް ނަޒަރު ސީދާ ކޮށްލިއެވެ. އަވަސްވެފައިވި ހިތުގެ ހިނގުން ހަމައަކަށް އަޅުވައިލަމުން މުސްކާން ރުހައިމް އަށް ބަލައިލިއެވެ.

"އަހަރެން... މުސްކާންއާ ދައްކަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް.." ދެމެދަށް ވެރިވެފައިވި ހިމޭންކަން ނައްތައިލަމުން ރުހައިން ބުންޏެވެ. ބޯޖަހައިލަމުން އޭނާގެ ހުރިހައި ސަމާލުކަމެއް ރުހައިމް އަށް ހުއްޓައިލައިގެން މުސްކާން އިނީ އެ ބުނަން އުޅޭ ވާހަކައަކާމެދު ޝައުގުވެރިވެފައެވެ.

"ވައުދުވޭ އަހަރެން ކޮންމެ ވާހަކައެއް ދެއްކިއަސް މުސް އަޑުއަހާނަން ކަމަށް.." ސީރިއަސްކަން އަޑަށް ވެރިކޮށްލަމުން ސީދާ މުސްކާންގެ ދެލޮލަށް ބަލަން އިނދެ ރުހައިމް ބުނެލިއެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް މުސްކާންގެ ނަފުސަށް ވެރިވާގޮތް ވިއެވެ. އެހެނަސް އެކަން ފައުޅުކުރުމެއްނެތި އަވަސް އަވަހަށް މުސްކާން ބޯޖަހައިލީ ރުހައިމްގެ އެދުމަށް އެއްބަސްވަމުންނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ރުހައިމް ބުނެލި ބަސްތަކާއެކު މުސްކާންއަށް ލިބުނީ ސިހުމެވެ. ދެލޯ ބޮޑުވެފައި ރުހައިމްގެ މޫނަށް ބަލަން އޭނާ އަށް އިނދެވުނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައި ކަހަލައެވެ.

(ނުނިމޭ)

Ads by HDC
  1. ޢަހަރެން

    ދެން ނޫން ހާދަ ކުރޭ 🙁

  2. ޛޖުޖހދދނުތުޖުޔުނރފފދރފޖޖދދރދެދނޖޖުޖ