ކޮވިޑް ބަލީގެ އިތުރު މަރެއް: އަދަދު 294އަށް

ކޮވިޑް ބަލީގައި މިއަދު ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ގދ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނެއް މިއަދު ހަވީރު 6:54ގައި ނިޔާވެފައިވާ ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 294ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون