Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

ސްޓެލްކޯއިން މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވޭ: މުޣްނީ

ސްޓެލްކޯއިން މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވޭ: މުޣްނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުގައި މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ކަމަށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣްނީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުޣްނީ ވިދާޅުވީ މުޅި ދުނިޔެ މިސްރާބު ޖަހާފައިވަނީ އިއާދަކުރަނިވި ހަކަތައާ ދިމާއަށް ކަމަށާއި، ރާއްޖެއިން ވެސް ދަތުރުކުރަން ޖެހެނީ އެދިމާލަށް ކަމަށެވެ.

އެގޮތުން އިއާދަކުރަނިވި ހަކަތައިގެ އެކި ޕްރޮޖެކްޓްތައް އެކި ލެވެލްގައި ކުރިއަށް ގެންދާއިރު، މިހާތަނަށް އައިއިރު 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައަށް މުޅި ރާއްޖެ ބަދަލުކުރުމަކީ މަގުސަދެއް ކަމަށާއި ކަމާގުޅުންހުރި މުއައްސަސާތައް އެ އަމާޒަށް ވާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ވެސް މުޣްނީ ވިދާޅުވިއެވެ.

"ސްޓެލްކޯގެ ޕެކޭޖްތަކާއެކު އާއްމުންގެ ދިރިއުޅުމަށް ވަރަށް ފަސޭހަވާނެ. ފަސޭހަކަމާއެކު ސޯލާތައް ހަރުކުރެވޭނެ" އާންމު ފަރުދުންގެ ގޭގޭގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މުޣުނީ ވިދާޅުވިއެވެ.

އެގޮތުން ސޯލާ ޕެނަލްތައް ގާއިމްކުރުމުގައި ދިމާވާ ދަތިތަކަށް އިޝާރާތް ކުރައްވައި މުޣުނީ ވިދާޅުވީ މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ޖާގައިގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އެގޮތުން މިހާރު ބޮޑަށް މަސައްކަތް ކުރަނީ ފްލޯޓިން ސޯލާ ގާއިމް ކުރުމަށް ކަމަށާއި، އޭގެ ޓެސްޓިން މަރުހަލާ ކުރިއަށްދާ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް