ވިޔަފާރި

ސޯލާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެވަރަށް ބިން ނެތުން: މުޣުނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ މުޣުނީ ވާހަަކަދައްކަވަނީ: ފޮޓޯ ދެން ، މުޙައްމަދު ހައްޔާން

ސޯލާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ސޯލާ ޖެހުމަކީ ވަރަށް ބޮޑު ސަރަހައްދެއް ބޭނުންވާ ކަމަކަށްވެފައި އެވަރަށް ބިން ނެތުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުޣުނީ ރޭ ވިދާޅުވީ، ސޯލާއަށް އޮތް ދެވަނަ ހައްލަކީ، ފްލޯޓިން ސޯލާ ކަމަށާއި ސްޓެލްކޯގެ ޕްރޮޑަކްޓެއް މިހާރުވެސް އެބައުޅޭ ކަމަށާއި ސްޓެލްކޯއިން ފަރުމާކުރާ ފްލޯޓިން ސޯލާގެ އިތުރު ޕްރޮޑަކްޓެއް ވަރަށް އަވަހަށް ލޯންޗުކުރެވިގެންދާނެ ކަމަށެވެ.

މުޣުނީ ވިދާޅުވީ، އެ ސްޓެލްކޯގެ މިހާރުގެ އަމާޒަކީ އެ ކުންފުނީގެ އިންޖީނުގެތަކާއި އޮފީސްތަކަކީ ސޯލާއިން އޮޕަރޭޓްކުރާ ތަންތަނަށް ހެދުން ކަމުގައެވެ.

އެގޮތުން މާލޭ ސަރަހައްދުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން މުޣުނީ ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރަން ޖެހޭކަމަށާއި އެ ކުންފުނީގެ އަމާޒަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ 40 އަށް ވުރެ ގިނަ މަޝްރޫއު ސްޓެލްކޯއިން އެކަނިވެސް ހިންގާފައިވާ ކަމަށާއި ސޯލާ ޖަހާލުމަށް ސްޓެލްކޯގެ އަމިއްލަ ޕެކޭޖުތަކެއްވެސް އެބަހުރި ކަމަށެވެ.

އެގޮތުން ކުޑަކުޑަ ޑައުންޕޭމެންޓެއް ދެއްކުމުން ބިލުން ރައްކާކުރެވޭ އަދަދުން އަނބުރާ ދެއްކޭ ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!