ޚަބަރު ދީން

ކީރިތި ނަބިއްޔާގެ ސުންނަތުން އައިސްފައިވާ މުހިންމު ދުޢާއެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާތްﷲ ރުއްސުން ލެއްވި އުތުބާ ބިން މާލިކްގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ދުޢާ ވިދާޅުވިއެވެ.

Ads by STELCO

اللَّهُمَّ جَنِّبْنِي مُنْكَرَاتِ اَلْأَخْلَاقِ، وَالْأَهْوَاءِ، وَالْأَعْمَالِ، وَالْأَدْوَاءِ

މާނައީ:

اللَّهُمَّ جَنِّبْنِي : އޭ ހައްދަވާ ބޮޑުކުރެއްވި އިލާހެވެ! މިއަޅާ ދުރުކުރައްވާންދޭވެއެވެ.

مُنْكَرَاتِ اَلْأَخْلَاقِ: އެންމެހައި ނުބައި އަޚުލާޤުން

وَالْأَهْوَاءِ، : އަދި އެންމެހައި ނުބައި އެދުންތަކުން

وَالْأَعْمَالِ، : އަދި އެންމެހައި ނުބައި ޢަމަލުތަކުން

وَالْأَدْوَاءِ : އަދި އެންމެހައި ނުބައި ބަލިތަކުން

މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހުން އައިސްފައިވާ ވަރަށް މުހިންމު ދުޢާއެކެވެ. ދުޢާ އިޖާބަ ކުރެއްވޭ ވަގުތުތަކުގައި ޚާއްޞަކޮށް ކިޔުން މުހިންމު ދުޢާއެކެވެ. އެ ގޮތުން ހެނދުނުގެ ވަގުތުތަކުގައްޔާއި ބަންގިއާއި ގަމަތާ ދެމެދުގައްޔާއި ދަމުނަމާދުގެ ސަޖިދައިގައި ވެސް ކިޔުން ވަރަށް މުހިންމު ދުޢާއެކެވެ.

މި ދުޢާގައި ހިމެނިފައި މި ވަނީ އިންސާނަކަށް ދެދުނިޔޭގެ ބާއްޖަވެރިކަމަށް ބޭނުންވާ ވަރަށް މުހިންމު ކަންކަމެވެ. ތިމާގެ ކިބައިގައި ހުރިނަމަ ހުރި ގޯސް ސިފަޔަކުން ދުރުކޮށްދިނުމާއި ހަވާނަފުސްގެ އެންމެހައި ނުބައި އެދުންތަކާއި ނުބައި އަމަލުތަކުގެ އިތުރުން ފުރިހަމަ ޞިއްޙަތަކަށް ބޭނުން ވާނޭ ނުބައި ބަލިތަކުން ދުރުކޮށްދިނުމަށް މި ދުޢާގައި އެ ވަނީ ހިމެނިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!